logo
Bank of Maldives

Bank of Maldives

ޚަބަރު

ކަނޑުގެ ސަރަހައްދު ހިމާޔަތްކުރުމުގައި ގައުމުތަކުގެ އެހީތެރިކަން ބޭނުންވޭ: އިރުތިޝާމް

އައިޝަތު އިނާޝާ
11 މޭ 2026 - 11:18
ކަނޑުގެ ސަރަހައްދު ހިމާޔަތްކުރުމުގައި ގައުމުތަކުގެ އެހީތެރިކަން ބޭނުންވޭ: އިރުތިޝާމް

ކަނޑުތަކާ ގުޅޭ މިންގަނޑުތައް ކަނޑައަޅައި ހިންގުމުގައި ކުދި ޖަޒީރާ ގައުމުތަކަށް ބޭނުންވާ ޚާއްސަ އެހީތެރިކަން އިތުރުކުރުމަށް ފޮރިން މިނިސްޓަރ އިރުތިޝާމް ގޮވާލައްވައިފިއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައި.އޯ.ޓީ.ސީ) ގެ 30 ވަނަ ބައްދަލުވުން އިފްތިތާހްކުރުމަށް މިއަދު ރާއްޖޭގައި ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިނިސްޓަރ އިރުތިޝާމްގެ ވާހަކަފުޅުގައި، ދެމެހެއްޓެނިވި މަސްވެރިކަން ކުރިއެރުވުމުގައި ދިވެހިރާއްޖެއިން އަދާކުރާ މުހިންމު ދައުރު ފާހަގަކުރެއްވިއެވެ. އަދި އިންޑިއާ ކަނޑުގެ ސަރަހައްދު ހިމާޔަތްކުރުމުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވައި، މި ސަރަހައްދަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ހައްލުކުރުމަށް ގައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށް ގޮވާލެއްވިއެވެ.

މީގެ އިތުރުން ކަނޑުތަކުގެ ހިންގުން ހަރުދަނާކުރުމަށް އެކުލަވާލައިފައިވާ ނިޒާމަކީ، ހުރިހާ ގައުމެއްގެ ހާއްސަ ބޭނުންތައް، ހާއްސަކޮށް ކުދި ޖަޒީރާ ގައުމުތަކުގެ މައްސަލަތައް ހައްލުކުރުމަށް އެކަށޭނެ ނިޒާމަކަށްވުމަކީ މުހިންމުކަމެއްކަމުގައި ފާހަގަކޮށް، މަސްވެރިކަމާ ގުޅޭ މުހިންމު ނިންމުންތަކުގައި ކުދި ޖަޒީރާ ގައުމުތަކުގެ ހަމަހަމަ ހިއްސާ ކަށަވަރުކުރުމަށް، މި ގައުމުތަކަށް ބޭނުންވާ މާލީ އަދި ފަންނީ އެހީ ފޯރޮކޮށްދިނުމަކީވެސް މުހިންމުކަމެއްކަމުގައި ވިދާޅުވިއެވެ.

ދެމެހެއްޓެނިވި މަސްވެރިކަން ކުރިއެރުވުމަށް ކުރާ މަސައްކަތުގައި ބައިނަލްއަޤްވާމީ އަދި ސަރަހައްދީ ޖަމުއިއްޔާތައް އެކުއެކީގައި އެއް ލަނޑުދަނޑިއެއް ހާސިލްކުރުމަށް މަސައްކަތްކުރުމަށްވެސް އެކަމަނާ ގޮވާލެއްވިއެވެ. އަދި ދެމެހެއްޓެނިވި މަސްވެރިކަން ކުރިއެރުވުމަށް ކުރާ މަސައްކަތުގައި ދިވެހިރާއްޖެއިން އަބަދުވެސް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން މިނިސްޓަރ އިރުތިޝާމް ދެއްވިއެވެ.

އައި.އޯ.ޓީ.ސީ. ގެ މި ބައްދަލުމުކީ މިމަހުގެ 11 އިން 15 އަށް ރާއްޖެގައި ބާއްވާ ބައްދަލުވުމެކެވެ. 2011 އިން ފެށިގެން އައި.އޯ.ޓީ.ސީ. ގެ މެމްބަރު ގައުމަކަށްވުމަށްފަހު ދިވެހިރާއްޖެއިން ދަނީ މި ޖަމުއިއްޔާގައި އިސް ދައުރެއް އަދާކުރަމުންނެވެ. ހާއްސަގޮތެއްގައި ދެމެހެއްޓެނިވި މަސްވެރިކަމުގެ ދާއިރާއިން ކުދިޖަޒީރާ ގައުމުތަކުގެ މަސްލަހަތު ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތެކެއްދަނީ ކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކަނޑުގެ ސަރަހައްދު ހިމާޔަތްކުރުމުގައި ގައުމުތަކުގެ އެހީތެރިކަން ބޭނުންވޭ: އިރުތިޝާމްޚަބަރު | ގަޑިއިރެއް ކުރިންގައުމީ މަސްލަހަތަށް ބުރޫއަރާނެ ފަދަ ކަންކަމުގައި ވާހަކަދައްކަވާއިރު ސަމާލުވުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފިޚަބަރު | 2 ދުވަސް ކުރިންރާއްޖެއިން ސްވިޑަން އަށް ކަނޑައެޅި ނޮން-ރެސިޑެންޓް ސަފީރު، މަޤާމުގެ ފަތްކޮޅު އަރުވައިފިޚަބަރު | 24 ދުވަސް ކުރިންފޯޅަވަހި މޮރިޝަސްއާ ހަވާލުކުރުން މަޑުޖައްސާލި ނިންމުމަށް ރާއްޖެއިން މަރުހަބާ ކިޔައިފިޚަބަރު | މަހެއް ކުރިން