logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ނެތް ކަމަށް ބުނުމުގެ އެއްވެސް ޖާގައެއް ނެތް : މުހައްމަދު އިސްމާއީލް

މުހައްމަދު މޫސާމުހައްމަދު މޫސާ
13 މޭ 2026 - 05:26
ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ނެތް ކަމަށް ބުނުމުގެ އެއްވެސް ޖާގައެއް ނެތް : މުހައްމަދު އިސްމާއީލް

ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ނެތް ކަމަށް ބުނުމުގެ އެއްވެސް ޖާގައެއް ނެތް ކަމަށާއި، ނޫސްވެރިކަމުގެ މިނިވަންކަން މިހާރު އޮތީ "ތައްމިނަށް" ހުޅުވާލެވިފައި ކަމަށް ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލަމެންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު، ވިލިމާލޭ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓްތަކެއްގައި މުހައްމަދު އިސްމާއީލް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަފްތާއަކު އެއްދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވައި، ކުރަން ބޭނުންވާ ހުރިހާ ސުވާލެއް ކުރުމުގެ ފުރުސަތު އިމެއްނެތި ދެއްވަމުން ގެންދަވާ ކަމަށެވެ. މިއީ މުޅި ރާއްޖެއަށް ފެންނަން އޮތް ހަގީގަތެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކުރީގެ ވެރިންނަށް ފާޑުވިދާޅުވަމުން މުހައްމަދު އިސްމާއީލް ވިދާޅުވީ، ކުރީގެ ރައީސުން ކަމަށްވާ އިބްރާހީމް މުހައްމަދު ސޯލިހާއި، މުހައްމަދު ނަޝީދާއި، އަބްދުﷲ ޔާމީން އަދި ޑރ. މުހައްމަދު ވަހީދު ވެރިކަން ނިންމަވާލެއްވީ ނޫސްވެރިންނަށް ފިއްލަވައިގެން ތިއްބަވައިގެން ކަމަށެވެ. އަދި އެމްޑީޕީން ވެރިކަމުގެ ތަހުތު ހޯދުމަށްޓަކައި ހީލަތްތެރި ރޭވުންތައް ރާވަމުންދާ ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.

 

View post on Twitter

 

ނޫސްވެރިކަމުގެ މިންގަނޑުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، ނޫސްވެރިކަމަކީ ހިތުހުރި ގޮތަކަށް، ދޮގުތެދު ބެލުމެއްނެތް ގޮތުގައި މީހުންނާ ދިމާލަށް އެއްޗެހި ގޮވުން ނޫން ކަމަށެވެ. 

"ކޯޓުން އަމުރެއްގައި ވަކިކަމެއް ނުކުރުމަށް އަމުރުކޮށްފައި އޮއްވާ، އެ އަމުރަކާ ހިލާފުވުމަކީ ކުށެއްކަން ނޫސްވެރިންނަށް ނޭގޭނެތަ؟" މުހައްމަދު އިސްމާއީލް ސުވާލު ކުރެއްވިއެވެ.

މީގެ އިތުރުން، ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަނެކާގެ ހައްގުތަކަށް އިހުތިރާމް ކުރަންޖެހޭނެ ކަމަށާއި، މިހާރު އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަކީ ގާނޫނީ އަދި ދުސްތޫރީ ހަމަތަކުން ދައްކާ ވާހަކަތަކެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނޮވެމްބަރު 3 ގެ ހާދިސާއަށް އިޝާރާތް ކުރައްވައި، އެ ދުވަހު އިސްކޮށް ތިބީ ކޮންބައެއްތޯ ސުވާލު އުފައްދަވައި، ރައްޔިތުން މިކަންކަމާ މެދު ވިސްނާ ފިކުރު ކުރުމަށް އޭނާ ގޮވާލެއްވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕީއެންސީ އެތެރޭގެ އިންތިހާބުގެ ވޯޓްލުން ފަށައިފިޚަބަރު | 15 ދުވަސް ކުރިންޝުޖާޢު ޝާހިދަށް: މިސަރުކާރުން ޤާނޫނާ ޚިލާފަށް އެއްވެސް ކަމެއް ނުކުރާނެޚަބަރު | 21 ދުވަސް ކުރިންޕީއެންސީގެ ދާއިރާ ރައީސުންނާއި ޚާއްސަ ވޮލަންޓިއަރުންގެ ޓީމާ ޕާޓީގެ ލީޑަރޝިޕުން ބައްދަލުކޮށްފިޚަބަރު | 25 ދުވަސް ކުރިން''ޕީއެންސީގެ ސަޕޯޓަރުންނަށް ކޮށްދެވޭނެ އެންމެ އަގުބޮޑު ޚިދުމަތަކީ ބައިބައިނުވެ ރައީސް ދެވަނަ ދައުރަކަށް ހޮވަން މަސައްކަތްކުރުން''ޚަބަރު | މަހެއް ކުރިން