logo
Bank of Maldives

Bank of Maldives

ދުނިޔެ

ހެނާ ހާޕާ ''އެމެރިކަން އައިޑޮލް ސީޒަން 24 '' ކާމިޔާބުކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
13 މޭ 2026 - 06:09
"އެމެރިކަން އައިޑޮލް" ސީޒަން 24 ކާމިޔާބުކުރި ހެނާ ހާޕާ
"އެމެރިކަން އައިޑޮލް" ސީޒަން 24 ކާމިޔާބުކުރި ހެނާ ހާޕާ

އޭބީސީ ނެޓްވޯކުން ތިން މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ދުނިޔޭގެ މަޝްހޫރު ލަވަކިޔުމުގެ މުބާރާތް "އެމެރިކަން އައިޑޮލް" ސީޒަން 24 ގެ ފިނާލޭ މިދިޔަ މެއި މަހުގެ 11 ވަނަ ދުވަހުގެ ރޭ ބާއްވައި، މުބާރާތުގެ ޗެމްޕިއަންކަން ހެނާ ހާޕާ ކާމިޔާބުކޮށްފިއެވެ.

ފޯރިގަދަ ހުށަހެޅުންތަކަކަށްފަހު ބޭއްވި މި ފިނާލޭގައި ހެނާއާ އެންމެ ގާތުން ވާދަކުރީ ކީލާ ރިޗަޑްސަން އާއި ޖޯޑަން މެކްކަލޯއެވެ. މި މުބާރާތުގެ ފަނޑިޔާރުންގެ ގޮތުގައި ހަރަކާތްތެރިވީ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ ކެރީ އެންޑަވުޑް، ލޫކް ބްރަޔަން އަދި ލަޔޮނަލް ރިޗީއެވެ. ދުނިޔޭގެ ފެންވަރުގެ މަޝްހޫރު ފަންނާނުންގެ ހުށަހެޅުންތަކާއެކު ކުރިއަށްދިޔަ މި ރޭގައި، މުބާރާތުގެ ތިންވަނަ ކީލާ އަށް ލިބުނުއިރު، އެންމެ ފަހު ވަގުތު ތަށީގެ ވާދަވެރިކަން އޮތީ ހެނާ އާއި ޖޯޑަންއާ ދެމެދުގައެވެ. ނަމަވެސް އާންމުންގެ ގިނަ ވޯޓާއެކު 2026 ވަނަ އަހަރުގެ މި ސީޒަންގެ ކާމިޔާބީ ހެނާ ވަނީ ކަށަވަރުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ކާމިޔާބީއާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ ހެނާއަށް މަރުހަބާ ކިޔަމުންނެވެ. އިންސްޓަގްރާމްގައި ފޭނަކު ބުނެފައިވަނީ ހެނާއަކީ ހުނަރުވެރި ލަވަލިޔުންތެރިއެއް ކަމަށާއި، އޭނާއަށް މި ކާމިޔާބީ ހައްގު ކަމަށެވެ. އަދި މި ސީޒަންގެ ގަދަ ތިނެއްގައި ހިމެނުނު ހުރިހާ ފަންނާނުންނަކީވެސް އާދަޔާ ހިލާފު މޮޅު ހުނަރުވެރިންކަން ގިނަ ބަޔަކު ފާހަގަކުރިއެވެ.

 

InstagramInstagramDown chevron icon

InstagramInstagramDown chevron icon

 

ހެނާ ހާޕާ އެންމެ ފުރަތަމަ ފަނޑިޔާރުންގެ ސަމާލުކަން ހޯދީ އޮޑިޝަންގައި އޭނާ ކިޔައިދިން އަމިއްލަ ރާގުގެ ލަވަ "ސްޓްރިންގް ޗީޒް" އިންނެވެ. އެއަށްފަހު ކޮންމެ ހަފުތާއަކުވެސް އޭނާ ދިޔައީ ފަނޑިޔާރުންނާއި އާންމުންގެ ބޮޑު ތަރުހީބެއް ހޯދަމުންނެވެ. ހަމައެފަދައިން، ދެވަނައަށް ދިޔަ ޖޯޑަންއަކީވެސް ފުރަތަމަ އޮޑިޝަނުން ފެށިގެން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ފަންނާނެކެވެ.

 

InstagramInstagramDown chevron icon

InstagramInstagramDown chevron icon

 

މުބާރާތް ކާމިޔާބު ކުރުމަށްފަހު ހެނާ އިންސްޓަގްރާމްގައި ހިއްސާކުރި ޝުއޫރުގައި ބުނެފައިވަނީ، މިއީ ވަރަށް ރީތި ދަތުރެއް ކަމަށާއި މިއީ ހަމައެކަނި ފެށުން ކަމަށެވެ. އަދި އޭނާއަށް ވޯޓުދީ، ހިތްވަރު ދިން އެންމެނަށް ޝުކުރު އަދާކުރަމުން، ވަރަށް އަވަހަށް މިއުޒިކީ ޓުއާއެއްގެ ތާރީޚުތައް އިއުލާން ކުރާނެ ކަމަށްވެސް އޭނާ ބުންޏެވެ.

މި މުބާރާތުގެ ކާމިޔާބީއާއެކު ހެނާގެ މިއުޒިކީ ކެރިއަރުގެ އާ ބާބެއް މިވަނީ ފެށިފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޓްރަމްޕްގެ ދެދަރިނަށް ތުހުމަތުވާ ''ޓްރަމްޕް ފޯނު''ނަމުގައި 59 މިލިއަން ޑޮލަރުގެ ބޮޑު ސްކޭމެއް ދުނިޔެ | ގަޑިއިރެއް ކުރިން ހެނާ ހާޕާ ''އެމެރިކަން އައިޑޮލް ސީޒަން 24 '' ކާމިޔާބުކޮށްފިދުނިޔެ | 2 ގަޑިއިރު ކުރިންގްރޭންޑް ކެންޔަންއަށް ޒިޔާރަތްކުރި އިންޑިއާގެ ދަރިވަރަކު ގެއްލިގެން ހޯދަނިކޮށް މަރުވެފައި އޮއްވާ ފެނިއްޖެދުނިޔެ | 5 ގަޑިއިރު ކުރިންނުރައްކާތެރި ޑްރަގެއް އަޅާފައި ހުރި ވޭޕެއް ބޮއެގެން 13 އަހަރުގެ އެއްމާބަނޑު ދެބެން މަރާ ހަނގުރާމަ ކުރަނީދުނިޔެ | ދުވަހެއް ކުރިން