logo
Bank of Maldives

Bank of Maldives

ދުނިޔެ

ނުރައްކާތެރި ޑްރަގެއް އަޅާފައި ހުރި ވޭޕެއް ބޮއެގެން 13 އަހަރުގެ އެއްމާބަނޑު ދެބެން މަރާ ހަނގުރާމަ ކުރަނީ

މުހައްމަދު މޫސާމުހައްމަދު މޫސާ
12 މޭ 2026 - 02:56
އެއްމާބަނޑު ދެބެއިން ކުރެ އެއް ކުއްޖަކު އެޑްމިޓްކޮށްފައި
އެއްމާބަނޑު ދެބެއިން ކުރެ އެއް ކުއްޖަކު އެޑްމިޓްކޮށްފައި

އިނގިރޭސިވިލާތުގެ ހަލް ސިޓީގައި ޢުމުރުން އެންމެ 13 އަހަރުގެ އެއްމާބަނޑު ދެބެން ކަމަށްވާ ސްކާލެޓް އަދި އޮލިވިއާ ބައިވުޑް، ނުރައްކާތެރި މަސްތުވާތަކެތި އަޅާފައި ހުރި ވޭޕެއް ބޮއެގެން ހޭނެތި، ފުރާނައަށް ނުރައްކާވާ ހާލަތަކަށް ގޮސްފިއެވެ.

މި ހާދިސާ ހިނގާފައިވަނީ އެ ކުދިންގެ ރައްޓެހިންތަކެއް ރޭވި 'ސަކަރާތެއްގެ' ތެރެއިން، ޒޮމްބީ ޑްރަގްގެ ގޮތުގައި މަޝްހޫރު 'ސްޕައިސް' އަދި 'އެމްޑީއެމްއޭ' އަޅާފައިވާ ވޭޕެއް އެ ކުދިންނަށް ދިނުމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިދިޔަ އޭޕްރިލް މަހުގެ 29 ވަނަ ދުވަހު ހިނގި މި ހާދިސާގައި، އެ ދެބެން ވޭޕް ބުއިތާ މަދު މިނެޓްކޮޅެއްގެ ތެރޭގައި އަނގަޔަކުން ފޮނުއަރައި، ހޭނެތިގެން ޕާކު ތެރެއަށް ވެއްޓުނެވެ. އެ ކުދިންނަށް ވޭޕް ދިން ކުދިން ވަނީ އެމީހުން އެ ހާލަތުގައި ދޫކޮށްލުމަށްފަހު ފިލާފައެވެ. ނަސީބަކުން، އެ ކުދިންގެ އަވަށްޓެރިއަކަށް އެ މަންޒަރު ފެނިގެން ވަގުތުން އެމްބިއުލާންސަށް ގުޅައި، އާއިލާއަށް އެކަން އެންގިއެވެ.

Screenshot 2026-05-12 080043.png

އެއްމާބަނޑު ދެބެއިން ކުރެ އެއް ކުއްޖަކު އެޑްމިޓްކޮށްފައި

 

ކުދިންގެ މަންމަ ކޭ ފޯރެސް ބުނި ގޮތުގައި، އޭނާ ހޮސްޕިޓަލަށް ދިޔައިރު ދެ ކުދިން ތިބީ އައިވީ ގުޅާފައި، ހޭނެތިފައެވެ. ވެއްޓުމުގެ ސަބަބުން އެއް ކުއްޖެއްގެ ބޯ ފަޅައިގެން ގޮސްފައިވާއިރު، އަނެއް ކުއްޖާގެ ލޯ މަތި އޮތީ ދުޅަވެ ކަޅުވެފައެވެ. ޑޮކްޓަރުން ހެދި ޓެސްޓުތަކުން ކަށަވަރުވީ އެ ކުދިން ބުއި ވޭޕްގައި ސްޕައިސް އާއި އެމްޑީއެމްއޭ ހުރި ކަމެވެ. އެ ކުދިން ހޭއެރީ ހަ ގަޑިއިރު ފަހުންނެވެ.

"އެ ކުދިން ޕާކުން ނުފެނުނުނަމަ މިއަދު ދުނިޔޭގައި ނުތިބޭނެ،" ކޭ ފޯރެސް ބުންޏެވެ. އޭނާ އިތުރަށް ބުނީ މިއީ އެހެން ބެލެނިވެރިންނަށް ލިބޭ ވަރަށް ބޮޑު އިންޒާރެއް ކަމަށާއި، އެހެން މީހުން ދޭ ވޭޕްގައި ހުންނަނީ ކޮން އެއްޗެއްކަން ނޭނގޭނެތީ އެފަދަ ތަކެއްޗާ ދުރުހެލިވުމަށް އޭނާ އިލްތިމާސްކުރިއެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުންނަށް ރިޕޯޓްކުރަން ނިންމާފައިވާއިރު، އިނގިރޭސިވިލާތުގެ ސްކޫލްތަކުން އަތުލައިގަންނަ ކޮންމެ ހަތަރު ވޭޕަކުން އެއް ވޭޕްގައި ސްޕައިސް ހުންނަކަން ދިރާސާތަކުން ދައްކައެވެ. މިއީ އާދައިގެ ކެނަބިސްއަށްވުރެ އުފައްދަން އަގުހެޔޮ އެއްޗަކަށް ވުމުން، ވޭޕް ވިއްކާ މީހުން އޭގެ ތެރެއަށް މި ނުރައްކާތެރި މާއްދާ އަޅާ މިންވަރު ދަނީ އިތުރުވަމުންނެވެ.

ކޭ ފޯރެސް އުންމީދު ކުރަނީ މި ހާދިސާގެ ސަބަބުން އެހެން ކުދިންނަށް ފިލާވަޅެއް ލިބި، ނޭނގޭ މީހުން ދޭ އެއްޗެހި ބޭނުންކުރުމުގެ ނުރައްކާތެރިކަން ވިސްނޭނެ ކަމަށެވެ. "އަހަރެން ބޭނުންވަނީ އެހެން ކުދިންނަށް އެނގެން އެއްވެސް މީހަކު ދޭ ވޭޕެއްގައި އަތްނުލުމަށް. ސަބަބަކީ ދެން ހުންނަ ކުއްޖާ މަރުވެސް ވެދާނެތީ،" އޭނާ ބުންޏެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނުރައްކާތެރި ޑްރަގެއް އަޅާފައި ހުރި ވޭޕެއް ބޮއެގެން 13 އަހަރުގެ އެއްމާބަނޑު ދެބެން މަރާ ހަނގުރާމަ ކުރަނީދުނިޔެ | ގަޑިއިރެއް ކުރިން ފޮޓޯ ބޭނުންކުރި މައްސަލައިގައި 15 މިލިއަން ޑޮލަރު ހޯދަން ދުއާ ލިޕާ ސެމްސަންގް ގޮވައިގެން ކޯޓަށްދުނިޔެ | ގަޑިއިރެއް ކުރިންކްރިސްޓިއަން ދީނުން އިސްލާމްދީނަށް ބަދަލުވި މީހެއްގެ ތަޖުރިބާދުނިޔެ | 2 ދުވަސް ކުރިންމަސްކް އާއި އޯޕަން އޭއައިގެ ހަނގުރާމަ: މަސްކް ސްޕާމް ހަދިޔާކުރިކަމުގެ ހެކިބަހާއެކު ހައިރާން ކުރުވަނިވި މައުލޫމާތުތަކެއްދުނިޔެ | 4 ދުވަސް ކުރިން