ކްރިސްޓިއަން ދީނުން އިސްލާމްދީނަށް ބަދަލުވި މީހެއްގެ ތަޖުރިބާ
10 މޭ 2026 - 15:44

ޝައްކެތްނެތް ގޮތުގައި ދުނިޔޭގައި އެންމެ ބާރުމިނެއްގައި ފެތުރެމުން ދާ ދީނަކީ އިސްލާމް ދީނެވެ. އެއީ ދުނިޔޭގެ މިނިވަން ހުރިހައި ރިސާޗަނުން ވެސް ފެންނާން އޮތް ޙަޤީޤަތެކެވެ. ދުވާލަކު އެތައް ބަޔަކު އިސްލާމް ވަމުން އަންނައިރު މި ކިޔައިދެނީ އެއިގެ ތެރެއިން އެކެއްގެ ތަޖުރިބާއެވެ.
އިސްލާމްދީނަކީ އިންސާނާއާ އޭނާ ހެއްދެވި ފަރާތާ ދެމެދު އޮންނަ ގުޅުން އެންމެ ސީދާކޮށްދޭ ދީނެވެ. ކްރިސްޓިއަން ދީނުން އިސްލާމްދީނަށް ބަދަލުވި އަންހެނެއްގެ ހަޔާތުން މިކަން ވަރަށް ސާފުކޮށް ފެނިގެންދެއެވެ. ކެނެޑާ އަށް ނިސްބަތްވާ އެ މީހާ ކިޔައިދިން ގޮތުގައި އޭނާ އިސްލާމްދީން އިޚްތިޔާރު ކުރި މައިގަނޑު ސަބަބަކީ، ކަލާނގެއާ ކުއްތަންވުމަށް އެއްވެސް މެދުވެރިއަކަށް ބޭނުންނުވުމާއި، އިންސާނާގެ ކަރާމާތް ހިމާޔަތްކޮށްދޭ ދީނަކަށް އިސްލާމްދީން ވުމެވެ.

Ad by Hajj Corporation
މެދުވެރިއެއްގެ ބޭނުންތެރިކަން ނެތުން
އެ އަންހެންމީހާ ކިޔައިދިން ގޮތުގައި، އޭނާ ކުރިން އުޅުނު ދީނުގައި ފާފައެއް ކުރެވިއްޖެނަމަ، އެ ފާފަ ފުއްސެވުމަށްޓަކައި ފާދިރީއެއްގެ ގާތަށް ދާންޖެހެއެވެ. ފާދިރީގެ ކުރިމަތީގައި ސަޖިދަޖަހައި، ހުރިހާ ސިއްރުތަކެއް އޭނާއަށް ކިޔައިދޭން ޖެހެއެވެ. ފާދިރީން ގަބޫލުކުރާ ގޮތުގައި، އޭނާ ފާފަ ފުއްސަވައިދީފިނަމަ މެނުވީ ކަލާނގެ އެ ފާފައެއް ނުފުއްސަވާނެއެވެ. މިއީ އިންސާނަކު ކަލާނގެއާ އެއްވަރުކުރުން ފަދަ ކަމެކެވެ.
އިސްލާމްދީނުގައި ފާފަ ފުއްސެވުން
ނަމަވެސް އިސްލާމްދީނަށް ބަދަލުވުމަށްފަހު އޭނާއަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ، ފާފައެއް ކުރެވުމުން ސީދާ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ހަޟްރަތުގައި ދަންނަވައި ތައުބާވުމުގެ ފުރުސަތު އޮތުމެވެ. އެއްވެސް މީހަކަށް އޭނާގެ ސިއްރުތައް ކިޔައިދޭކަށް ނުޖެހެއެވެ. އިސްލާމްދީނަކީ އިންސާނާގެ ސިއްރުތައް ހިފަހައްޓައިދީ، އޭނާގެ އަބުރާއި އިއްޒަތް ރައްކާތެރިކޮށްދޭ ދީނެކެވެ.
ޤުރުއާނުގެ ހިދާޔަތް
އޭނާގެ ހިތަށް އެންމެ ބޮޑު އަސަރެއް ކުރީ ކީރިތި ޤުރުއާނުގެ އާޔަތްތައް ކިޔުމުންނެވެ. ޚާއްޞަކޮށް، މީހުން އެމީހުންގެ ދީނީ އިލްމުވެރިންނާއި ފާދިރީން އިލާހުންގެ ގޮތުގައި ބަލައިގަންނަ ކަމަށް ބަޔާންކުރާ އާޔަތާއި، ﷲ އީ އަޅުތަކުންނާ ވަރަށް ކައިރީގައިވާ ފަރާތެއްކަމާއި، ދުޢާކުރާ މީހާގެ ދުޢާ އިޖާބަކުރައްވާނެކަމަށް ބަޔާންކުރާ އާޔަތެވެ. މި އާޔަތްތަކުން އޭނާއަށް ހަގީގީ ހިދާޔަތް ފެނިގެންދިޔައެވެ.
އެންމެ މަތިވެރި ނިއުމަތް
އިސްލާމްދީނުގެ މަތިވެރި ނިއުމަތަކީ އިންސާނާ މިނިވަންކޮށްދޭ ނިއުމަތެކެވެ. އެހެން އިންސާނުންގެ އަޅުވެތިކަމުންނާއި، މެދުވެރިންގެ ކިބައިން ސަލާމަތްކޮށް، ސީދާ ޚާލިޤުވަންތަ ﷲ އަށް އަޅުކަންކުރުމުގެ މަގު ދައްކައިދެއެވެ. އެ އަންހެންމީހާގެ ވާހަކައިން އެނގިގެންދަނީ އިސްލާމްދީނަކީ ފިތުރަތުގެ ދީންކަމާއި، އެއީ ހަމައެކަނި ހައްގު ދީން ކަމެވެ.


