logo
Bank of Maldives

Bank of Maldives

ދުނިޔެ

ކްރޫޒް ޝިޕެއްގައި ފެތުރެމުންދާ ނުރައްކާތެރި ވައިރަހަކާ މެދު ޑޮކްޓަރުން އިންޒާރު ދީފި

ވައިރަސް ފެތުރެމުންދާ ކްރޫޒްޝިޕް، ޑޮކްޓަރުން ވަނީ އިންޒާރު ދީފައި
ވައިރަސް ފެތުރެމުންދާ ކްރޫޒްޝިޕް، ޑޮކްޓަރުން ވަނީ އިންޒާރު ދީފައި

އެޓްލާންޓިކް ކަނޑުގައި ދަތުރުކުރަމުންދާ ކްރޫޒް ޝިޕެއްގައި ނުރައްކާތެރި ވައިރަހެއް ފެތުރެމުންދާތީ، އެ ބަލީގެ ނުރައްކާ ބޮޑުކަމުން ޑޮކްޓަރުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މި ވައިރަހުގެ ބައެއް ބާވަތްތަކަކީ ޖެހޭ މީހުންގެ 38 އިންސައްތަ މަރުވުމުގެ ފުރުސަތު އޮތް ބައްޔެއް ނަމަވެސް، ބަލީގެ ކުރީކޮޅު ފެންނަ އަލާމާތްތައް އާދައިގެ ރޯގާއަކާ އެއްގޮތްވުމުން ބަލި ދެނެގަތުމަށް ވަނީ ދަތިތަކެއް ކުރިމަތިވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޑރ. ޒައިދު ފަދުލް ބުދަ ދުވަހު ވިދާޅުވި ގޮތުގައި، މި ބަލީގެ ނުރައްކަލާ މެދު ވިސްނާލުމުން އެއީ ވަރަށް ބިރުވެރި ކަމެކެވެ. ކޭޕް ވާޑޭގެ އައްސޭރިފަށުގައި ބަނދަރުކޮށްފައިވާ މި އުޅަނދުގައި ހަންޓާވައިރަހުގެ 'އެންޑީސް' ވޭރިއަންޓް ފެތުރި، މިހާތަނަށް ތިން މީހަކު މަރުވެފައިވާއިރު، އިތުރު ފަސް މީހަކަށް ބަލި ޖެހިފައިވާ ކަމަށް ވަނީ ޝައްކުކުރެވިފައެވެ.

މީދަލުގެ ޒަރީއާއިން ފެތުރޭ މި ބަލީގެ ކުރީކޮޅު ފެންނަ އަލާމާތްތަކުގެ ތެރޭގައި ވަރުބަލިވުން، ފިނިވުން، މަސްތަކުގައި ރިއްސުން، ބޮލުގައި ރިއްސުން އަދި ބޯއެނބުރުން ހިމެނެއެވެ. ޑރ. ފަދުލް ވިދާޅުވި ގޮތުގައި "ބަލީގެ ކުރީކޮޅު މިއީ އާދައިގެ ރޯގާއެއް ކަމަށް ބަލައި ނުބައިކޮށް ބަލި ދެނެގަނެވުމަކީ ވަރަށް އާންމު ކަމެއް" ކަމަށާއި، ނަމަވެސް އެއް ދުވަސް ތެރޭގައި ބަލި ބޮޑުވެ، ލޭހޮޅިތަކަށް ގެއްލުންދީ ފުރާނައަށް ނުރައްކާވާ ހިސާބަށް ދާ ކަމަށެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން މިހާރު ދަނީ މި ހާދިސާ ތަހުގީގު ކުރަމުންނެވެ. އެ ޖަމްއިއްޔާއިން ބުނި ގޮތުގައި ބަލި ފެތުރެން ފަށާފައިވަނީ އޭޕްރީލް 6 އާއި 28 އާ ދެމެދުގައެވެ. ބަލިޖެހޭ މީހުންނަށް ފުރަތަމަ ހުން އައުމާއި ބަނޑުގެ މައްސަލަތައް ކުރިމަތިވި ނަމަވެސް، ވަރަށް އަވަހަށް ނިއުމޯނިއާ އާއި ނޭވާލާ ނިޒާމުގެ ބޮޑެތި މައްސަލަތަކަށް ބަލި ބަދަލުވެގެންދެއެވެ.

މި ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ބަލިޖެހޭ މީހުން އެކަހެރިކުރުމާއި، ސިއްހީ ފަރުވާ ދިނުމުގެ އިތުރުން ކުއްލި ހާލަތުގައި މީހުން އުފުލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެއެވެ. ޑރ. ފަދުލް ވިދާޅުވީ ބަލި ފެތުރުން ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި، ބަލިޖެހިފައިވާ ކަމަށް ޝައްކުކުރެވޭ މީހުން އަށް ހަފުތާގެ މުއްދަތަށް ކަރަންޓީނު ކުރަން ޖެހޭ ކަމަށެވެ.

ކަމާބެހޭ މާހިރުން ވިދާޅުވާ ގޮތުގައި މި ބަލި އާންމުކޮށް ފެތުރެނީ މީދަލުގެ ޒަރީއާއިން ނަމަވެސް، ބަލިޖެހިފައިވާ މީހަކާ ވަރަށް ގާތުން މުއާމަލާތް ކުރުމުން އެކަކު އަނެކަކުގެ ގަޔަށް ބަލި އެރުމުގެ ފުރުސަތު އޮވެއެވެ. ނަމަވެސް މިހާރު އަޅާފައިވާ ފިޔަވަޅުތަކާއެކު ބަލި އިތުރަށް ފެތުރުނަނުދީ ހިފެހެއްޓޭނެ ކަމަށް ޑޮކްޓަރުން އުންމީދު ކުރެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކްރޫޒް ޝިޕެއްގައި ފެތުރެމުންދާ ނުރައްކާތެރި ވައިރަހަކާ މެދު ޑޮކްޓަރުން އިންޒާރު ދީފިދުނިޔެ | ގަޑިއިރެއް ކުރިން''ތިން ފަހަރަށް މަރުވި" ނާސާގެ ސައިންސްވެރިއަކަށް ކޮންމެ ފަހަރަކުވެސް ފެނުނީ އެއް ކަމެއްދުނިޔެ | 10 ގަޑިއިރު ކުރިންއެންޖެލީނާ ޖޯލީގެ ސިފައަށް އައިސްފައިވާ ބަދަލުތަކާއެކު ގިނަ ބައެއްގެ ސަމާލުކަން ހުއްޓިއްޖެދުނިޔެ | 19 ގަޑިއިރު ކުރިންޓުވިޓާގެ ހިއްސާ ގަތް މައްސަލައިގައި މަސްކް ކުޑަ ޖޫރިމަނާއަކާއެކު ސަލާމަތްވެއްޖެދުނިޔެ | 2 ދުވަސް ކުރިން