logo
Bank of Maldives

Bank of Maldives

ދުނިޔެ

އެންޖެލީނާ ޖޯލީގެ ސިފައަށް އައިސްފައިވާ ބަދަލުތަކާއެކު ގިނަ ބައެއްގެ ސަމާލުކަން ހުއްޓިއްޖެ

ހޮލީވުޑްގެ މަޝްހޫރު ބަތަލާ އެންޖެލީނާ ޖޯލީ
ހޮލީވުޑްގެ މަޝްހޫރު ބަތަލާ އެންޖެލީނާ ޖޯލީ

 

ހޮލީވުޑްގެ މަޝްހޫރު ބަތަލާ އެންޖެލީނާ ޖޯލީ އެންމެ ފަހުން އާންމުންގެ ތެރެއަށް ނުކުތްއިރު، އޭނާގެ ސިފައަށް އައިސްފައިވާ ބޮޑު ބަދަލަކާ ގުޅިގެން ގިނަ ބަޔަކު ހައިރާންކަން ފާޅުކުރަން ފަށައިފިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އުމުރުން 50 އަހަރުގެ ޖޯލީ ފެނިގެންދިޔައީ އޭނާގެ ދަރިފުޅު ޒަހާރާ ޖޯލީ ކިޔަވަމުންދާ ސްޕެލްމަން ކޮލެޖުގެ ހަރަކާތެއްގެ ތެރެއިންނެވެ.

އެޕްރީލް 25 ވަނަ ދުވަހު އެޓްލާންޓާގައި ބޭއްވި މި ހަފްލާގައި ޖޯލީ ބައިވެރިވީ ވަރަށް ފުރިހަމަ ކްރީމް ކުލައިގެ ހެދުމެއްގައެވެ. ނަމަވެސް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކާއި ވީޑިއޯތަކުން އޭނާގެ މޫނުމަތިން ފެންނަ ބަދަލުތަކުގެ ސަބަބުން، އޭނާ ވަނީ ޕްލާސްޓިކް ސާޖަރީއެއް ހަދާފައިތޯ ގިނަ ބަޔަކު ސުވާލު އުފައްދާފައެވެ. ބައެއް ފޭނުން ބުނާ ގޮތުގައި އޭނާ މިހާރު ފެންނަނީ "ވަކިކުރަން ނޭނގޭ" މިންވަރަށް ބަދަލުވެފައެވެ.

Screenshot 2026-05-06 234844.png

އެންޖެލީނާ ޖޯލީ, އޭނާގެ ސިފަ ވަރަށް ބޮޑަށް ބަދަލުވެފައި ހުރުމުން ގިނަ ބަޔަކަށް ވަނީ ހައިރާންކަން ލިބިފައި

 

މި ހަފްލާގައި ވާހަކަދައްކަމުން ޖޯލީ ވަނީ މައިންނާއި ދަރިންގެ މެދުގައި އޮންނަ ހާއްސަ ގުޅުމާ ބެހޭގޮތުން ވާހަކަދައްކާފައެވެ. އޭނާ ބުނީ "މިއީ ދިރިއުޅުމުގައި އޮންނަ އެންމެ ރީތި އެއް ގުޅުން" ކަމަށެވެ. އަދި މި ފުރުސަތު ދިން ކަމަށްޓަކައި ޝުކުރު އަދާކުރުމަށްފަހު، އޭނާގެ 21 އަހަރުގެ ދަރިފުޅު ޒަހާރާއާ ޕޯޑިއަމް ހަވާލުކުރިއެވެ.

ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރި ބައެއް މީހުން ބުނެފައިވަނީ އޭނާ ފެންނަނީ އެންޖެލީނާ ޖޯލީ އާއި ނަޓާލީ ޕޯޓްމަން އެއްކޮށްލުމުން ފެންނަ ސިފައެއްގައި ކަމަށެވެ. އަދި ބައެއް މީހުން ވަނީ އޭނާގެ މޫނަށް ބޮޓޮކްސް ޖެހުމުގެ ސަބަބުން ނާރަކަށް ގެއްލުންވެފައިވާ ކަމަށް ތުހުމަތުކޮށްފައެވެ. މީގެ އިތުރުން ބައެއް ވީޑިއޯތަކުގައި ބޭނުންކޮށްފައިވާ ހެވީ ފިލްޓަރުތަކުގެ ސަބަބުންވެސް އޭނާގެ އަސްލު ސިފަ އޮޅޭ ކަމަށް ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ.

 

 

މިއީ ފާއިތުވި މަސްތަކުގައި ޖޯލީގެ ސިފައާ މެދު ސުވާލު އުފެދުނު ދެވަނަ ފަހަރެވެ. މީގެ ކުރިން މާޗް މަހު ޗައިނާގެ ޝަންހާއީގައި ބޭއްވި ޓޮމް ފޯޑްގެ ހަފްލާއެއްގައި ފެނުނު އިރުވެސް މިފަދަ ވާހަކަތަކެއް ވަނީ ދެކެވިފައެވެ. ނަމަވެސް ޖޯލީ މިހާތަނަށް ކޮސްމެޓިކް ސާޖަރީއެއް ހެދިކަމަށް އެއްބަސްވެފައެއް ނުވެއެވެ.

2010 ވަނަ އަހަރު ދިން އިންޓަވިއުއެއްގައި ޖޯލީ ބުނެފައިވަނީ އޭނާ އެއްވެސް ސާޖަރީއެއް ހަދާފައި ނުވާނެ ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް އެފަދަ ކަމެއް ކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ. އެހެންނަމަވެސް މިފަހަކަށް އައިސް އޭނާ ފެންނަ ގޮތުން އާންމުންގެ މެދުގައި ވަނީ ބޮޑު ބަހުސެއް އުފެދިފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެންޖެލީނާ ޖޯލީގެ ސިފައަށް އައިސްފައިވާ ބަދަލުތަކާއެކު ގިނަ ބައެއްގެ ސަމާލުކަން ހުއްޓިއްޖެދުނިޔެ | 2 ގަޑިއިރު ކުރިންޓުވިޓާގެ ހިއްސާ ގަތް މައްސަލައިގައި މަސްކް ކުޑަ ޖޫރިމަނާއަކާއެކު ސަލާމަތްވެއްޖެދުނިޔެ | ދުވަހެއް ކުރިންމެކްސިކޯގެ މަޝްހޫރު ޑްރަގް ބޮޑު 'އެލް ޗާޕޯ' ގައުމުގެ ޖަލަކަށް ބަދަލުކޮށްދިނުމަށް އެދިއްޖެދުނިޔެ | 2 ދުވަސް ކުރިންމަސްތުގެ ހާލަތުގައި ދުއްވި މައްސަލައިގައި ބްރިޓްނީ ސްޕިއާސް ކުށަށް އިއުތިރާފުވެއްޖެދުނިޔެ | 2 ދުވަސް ކުރިން