logo
Bank of Maldives

Bank of Maldives

ދުނިޔެ

މަސްކް އާއި އޯޕަން އޭއައިގެ ގާނޫނީ ހަނގުރާމަ: މަސްކް ސްޕާމް ހަދިޔާކުރިކަމުގެ ހެކިބަހާއެކު ހައިރާން ކުރުވަނިވި މައުލޫމާތުތަކެއް

މަސްކް އަދި ޝިވޯން ޒިލިސް
މަސްކް އަދި ޝިވޯން ޒިލިސް

ސަމާލުކަމަށް: މި ޚަބަރުގައި ދަރިމައިވުމާއި، ދަރިލިބުމަށް އެހީތެރިވުމާ ގުޅޭ އަމިއްލަ ދިރިއުޅުމުގެ މައުލޫމާތުތަކެއް ހިމެނިފައިވެއެވެ. މިފަދަ މައުލޫމާތުތަކަށް ކިޔުންތެރިން ސަމާލުވުމަކީ އެދެވިގެންވާ ކަމެކެވެ.

އީލޮން މަސްކާއި އޯޕަން އޭއައި (OpenAI) ގެ ސީއީއޯ ސޭމް އޮލްޓްމަންއާ ދެމެދު ހިނގަމުންދާ ގާނޫނީ ހަނގުރާމައިގެ ތެރެއިން، މަސްކްގެ އަމިއްލަ ދިރިއުޅުމާ ގުޅޭ ހައިރާންކުރުވަނިވި މައުލޫމާތުތަކެއް ފެންމަތިވެއްޖެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކެލިފޯނިއާގެ އޯކްލޭންޑްގައި ހުންނަ ފެޑަރަލް ކޯޓުގައި މިދިޔަ ބުދަ ދުވަހު ހެކިބަސް ދެއްވަމުން، އޯޕަން އޭއައިގެ ބޯޑުގެ ކުރީގެ މެންބަރެއް ކަމަށްވާ ޝިވޯން ޒިލިސް ވަނީ، އޭނާއަށް ދަރިން ހޯދުމަށް މަސްކް އެހީތެރިކަން (ސްޕާމް ޑޮނޭޝަން) ހުށަހެޅިކަމަށް ބުނެފައެވެ. ޒިލިސްއަކީ މަސްކްގެ ހަތަރު ދަރިންގެ މަންމައެވެ.

ޒިލިސް ކޯޓުގައި ބުނި ގޮތުގައި، 2020 ވަނަ އަހަރު މަސްކް މި ހުށަހެޅުން ހުށަހެޅީ އޭނާ ދަރިއަކު ހޯދަން ބޭނުންވެފައި ހުރި ދަނޑިވަޅެއްގައެވެ.

"އަޅުގަނޑު އޭރުވެސް ބޭނުންވީ މަންމައަކަށް ވާން. އެ ދުވަސްވަރު އީލޮން އެ ހުށަހެޅުން ހުށަހެޅުމުން އަޅުގަނޑު އެކަން ގަބޫލުކުރީ،" ޒިލިސް ބުންޏެވެ. އޭނާ އިތުރަށް ބުނި ގޮތުގައި މަސްކް އޭރު ދިޔައީ އޭނާގެ ވަށައިގެން ތިބި މީހުން ދަރިން ހޯދުމަށް ބާރުއަޅަމުންނެވެ.

މިކަމަކީ ސިއްރެއްގެ ގޮތުގައި ބޭއްވުމަށް ދެމީހުން އެއްބަސްވި ނަމަވެސް، 2022 ވަނަ އަހަރު މިކަން އާންމުވާން އުޅޭކަން އެނގުމުން ޒިލިސް ވަނީ ސޭމް އޮލްޓްމަންއަށް މިކަން އަންގާފައެވެ. ޒިލިސް ބުނި ގޮތުގައި މަސްކް މިހާރުވެސް ދަނީ އެ ދަރިންގެ ކަންކަމުގައި ވަގުތު ހޭދަކުރަމުންނެވެ.

މަސްކް އޯޕަން އޭއައިއާ ދެކޮޅަށް ދައުވާ ކުރަނީ ކީއްވެ؟

މި މައްސަލައަކީ މަސްކް އޯޕަން އޭއައިއާ ދެކޮޅަށް ކުރާ ބޮޑު ދައުވާއެއްގެ ބައެކެވެ. މަސްކް ބުނާ ގޮތުގައި އޯޕަން އޭއައި އުފެއްދީ ފައިދާއަށް މަސައްކަތް ނުކުރާ (non-profit) ޖަމިއްޔާއެއްގެ ގޮތުގައި ކަމަށް ބުނެ އޭނާގެ އަތުން އެތައް މިލިއަން ޑޮލަރެއް އަތުލާފައެވެ. ނަމަވެސް މިހާރު އެ ކުންފުނި ފައިދާއަށް މަސައްކަތްކުރާ ކުންފުންޏަކަށް ބަދަލުވަމުންދާތީ، މަސްކް ވަނީ 150 ބިލިއަން ޑޮލަރުގެ ބަދަލެއް ހޯދުމަށާއި، އޮލްޓްމަން ބޯޑުން ވަކިކުރުމަށް އެދި ދައުވާކޮށްފައެވެ.

ކޯޓަށް ހުށަހެޅިފައިވާ އީމެއިލްތަކުން އެނގޭ ގޮތުގައި، މަސްކް ބޭނުންވީ އޯޕަން އޭއައިގެ ފުރިހަމަ ކޮންޓްރޯލް ނުވަތަ އެ ކުންފުނި ޓެސްލާގެ ދަށަށް ގެންދާށެވެ. ނަމަވެސް އޮލްޓްމަން އާއި އެހެން ބާނީން އެކަމާ ދެކޮޅު ހެދިއެވެ.

މި މައްސަލައަކީ ހަމައެކަނި ފައިސާ އާއި އާޓިފިޝަލް އިންޓެލިޖެންސްގެ މުސްތަގުބަލާ ގުޅޭ މައްސަލައެއް ނޫން ކަމަށާއި، މީގެ ތެރޭގައި އަމިއްލަ ގުޅުންތަކާއި ސިއްރު އެއްބަސްވުންތައް ހިމެނޭކަން ޒިލިސްގެ ހެކިބަހުން މިވަނީ ހާމަވެފައެވެ. ޒިލިސް އޯޕަން އޭއައިގެ ބޯޑުން ވަކިވީ 2023 ވަނަ އަހަރުގެ މާރިޗު މަހުގައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަސްކް އާއި އޯޕަން އޭއައިގެ ހަނގުރާމަ: މަސްކް ސްޕާމް ހަދިޔާކުރިކަމުގެ ހެކިބަހާއެކު ހައިރާން ކުރުވަނިވި މައުލޫމާތުތަކެއްދުނިޔެ | ގަޑިއިރެއް ކުރިންކްރޫޒް ޝިޕެއްގައި ފެތުރެމުންދާ ނުރައްކާތެރި ވައިރަހަކާ މެދު ޑޮކްޓަރުން އިންޒާރު ދީފިދުނިޔެ | ދުވަހެއް ކުރިން''ތިން ފަހަރަށް މަރުވި" ނާސާގެ ސައިންސްވެރިއަކަށް ކޮންމެ ފަހަރަކުވެސް ފެނުނީ އެއް ކަމެއްދުނިޔެ | ދުވަހެއް ކުރިންއެންޖެލީނާ ޖޯލީގެ ސިފައަށް އައިސްފައިވާ ބަދަލުތަކާއެކު ގިނަ ބައެއްގެ ސަމާލުކަން ހުއްޓިއްޖެދުނިޔެ | 2 ދުވަސް ކުރިން