logo
Bank of Maldives

Bank of Maldives

ދުނިޔެ

ގްރޭންޑް ކެންޔަންއަށް ޒިޔާރަތްކުރި އިންޑިއާގެ ދަރިވަރަކު ގެއްލިގެން ހޯދަނިކޮށް މަރުވެފައި އޮއްވާ ފެނިއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ
13 މޭ 2026 - 02:29
މަރުވެފައި އޮއްވާ ފެނުނު އިންޑިއާ ދަރިވަރު
މަރުވެފައި އޮއްވާ ފެނުނު އިންޑިއާ ދަރިވަރު

އެމެރިކާގެ މަޝްހޫރު ގްރޭންޑް ކެންޔަން ނޭޝަނަލް ޕާކަށް ޒިޔާރަތްކުރި އުމުރުން 26 އަހަރުގެ އިންޑިއާ ދަރިވަރަކު ގެއްލިގެން ހޯދާތާ ހަފުތާއެއްހާ ދުވަސް ފަހުން، އޭނާގެ ހަށިގަނޑު ފެނިއްޖެ ކަމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ.

ނޭޝަނަލް ޕާކް ސާވިސް (އެން.ޕީ.އެސް) އިން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެރިޒޯނާ ސްޓޭޓް ޔުނިވަރސިޓީގައި ކޮމްޕިއުޓަރ ސައިންސްގެ މާސްޓާސް ޑިގްރީއަށް ކިޔަވަމުންދިޔަ ސަންދަރްޝް ކްރިޝްނާގެ ހަށިގަނޑު ފެނިފައިވަނީ މިދިޔަ ހޮނިހިރު ދުވަހު، ގްރޭންޑް ކެންޔަންގެ ސައުތު ރިމް ސަރަހައްދުގެ "ވާކޭމްޕްސް ވިޒިޓަރ ސެންޓަރު" ކައިރިންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކްރިޝްނާ ގެއްލިފައިވަނީ މިދިޔަ އޭޕްރިލް މަހުގެ 27 ވަނަ ދުވަހުއެވެ. އޭނާގެ އާއިލާއަށް އެންމެ ފަހުން ދިން މައުލޫމާތުގައި ބުނެފައިވަނީ، ލާސް ވެގަސްއަށް ދާ މަގުމަތީގައި ގްރޭންޑް ކެންޔަންގެ ސައުތު ރިމްއަށް މަޑުކޮށްލާނެ ކަމަށެވެ. އަދި އޭނާގެ ފައިނަލް އިމްތިހާނަށާއި، މިދިޔަ ހޮނިހިރު ދުވަހު އޮތް ދަސްވެނިވުމުގެ ރަސްމިއްޔާތަށް ވަގުތަށް އެނބުރި އަންނާނެ ކަމަށްވެސް ބުނެފައިވެއެވެ. ނަމަވެސް އޭގެ ފަހުން އޭނާގެ އެއްވެސް ޚަބަރެއް ނުވުމުން، އާއިލާއިން ވަނީ އޭޕްރިލް 28 ވަނަ ދުވަހު އޭނާ ގެއްލިފައިވާ ކަމަށް ރިޕޯޓްކޮށްފައެވެ.

ތަހުގީގު ކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ކްރިޝްނާ އެންމެ ފަހުން ފެނިފައިވަނީ އޭޕްރިލް 27 ވަނަ ދުވަހުގެ ހަވީރު 4 ޖަހާކަންހާއިރު ހާމިޓް ރޯޑްގެ ރިމް ޓްރެއިލްއިންނެވެ. އޭނާ އެ ސަރަހައްދަށް ދިޔައީ ޓެކްސީއެއްގައި ނުވަތަ ރައިޑްޝެއާ ހިދުމަތެއް ބޭނުންކޮށްގެން ކަމަށް ބެލެވެއެވެ. އޭނާ ގެއްލުނު ދުވަހުގެ ފަހު ދުވަހު، ހައިކިންގްއަށް ދިޔަ މީހަކަށް ކްރިޝްނާގެ ދަބަސް ފެނިގެން ވަނީ ބްރައިޓް އެންޖެލް ލޮޖްގެ މުވައްޒަފުންނާ ހަވާލުކޮށްފައެވެ. މި ލޮޖަކީ އޭނާގެ ހަށިގަނޑު ފެނުނު ސަރަހައްދާ ބައި މޭލުވެސް ދުރު ނޫން ހިސާބެއްގައި ހުރި ތަނެކެވެ.

ކްރިޝްނާ ހޯދުމުގެ މަސައްކަތުގައި 30 އަށްވުރެ ގިނަ ރެސްކިއު މުވައްޒަފުން ހަރަކާތްތެރިވިއެވެ. މި މަސައްކަތުގައި ޑްރޯން، ހެލިކޮޕްޓަރު އަދި ޓެކްނިކަލް ރޯޕް އިންސަރޝަން ފަދަ ވަސީލަތްތައް ބޭނުންކޮށްފައިވެއެވެ. މީގެ އިތުރުން، އާއިލާއިން އަމިއްލަ އިންވެސްޓިގޭޓަރެއްގެ އެހީތެރިކަންވެސް ހޯދާފައިވެއެވެ.

އިންޑިއާއިން 2024 ވަނަ އަހަރު އެމެރިކާއަށް ކިޔަވަން ދިޔަ ކްރިޝްނާއަކީ އާއިލާއާ ވަރަށް ގާތް، ހިތްހެޔޮ ޒުވާނެއްގެ ގޮތުގައި އޭނާގެ އާއިލާއިން ސިފަކުރެއެވެ. "އޭނާއަކީ އެހީތެރިވުމުގެ ރޫހު ހުންނަ، ކުޑަކުއްޖެއް ފަދަ ސާފު ހިތެއްގެ ވެރިއެއް،" ކްރިޝްނާގެ ފަހަރި، ޕޫޖާ ޝިވަނަންޖައްޕާ ބުނެފައިވެއެވެ.

ކްރިޝްނާގެ ހަށިގަނޑު މިހާރު ވަނީ ކޮކޮނިނޯ ކައުންޓީ މެޑިކަލް އެގްޒެމިނަރގެ އޮފީހަށް ގެންގޮސްފައެވެ. އޭނާ މަރުވި ސަބަބު ދެނެގަތުމަށް ނޭޝަނަލް ޕާކް ސާވިސްއިން ދަނީ ތަހުގީގު ކުރަމުންނެވެ.

ގްރޭންޑް ކެންޔަންއަކީ އެމެރިކާގެ އެންމެ ނުރައްކާތެރި އެއް ނޭޝަނަލް ޕާކެވެ. އެތަނުގައި މީހުން މަރުވާ މައިގަނޑު ސަބަބަކީ އުސް ތަންތަނުން ވެއްޓުމަށްވުރެ ބޮޑަށް، ކުއްލިއަކަށް ފިނިހޫނުމިނަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ހީޓް ސްޓްރޯކާއި ހަށިގަނޑުން ފެން މަދުވުމުގެ މައްސަލަތަކެވެ. މިކަމާ ގުޅިގެން، އެ ސަރަހައްދަށް ޒިޔާރަތްކުރާ މީހުން ގިނައިން ފެން ބުއިމަށާއި، އަވިގަދަ ވަގުތުތަކުގައި ހިޔާވާ ތަންތަނުގައި މަޑުކުރުމަށް ކަމާބެހޭ އިދާރާތަކުން އަބަދުވެސް އިލްތިމާސްކުރެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގްރޭންޑް ކެންޔަންއަށް ޒިޔާރަތްކުރި އިންޑިއާގެ ދަރިވަރަކު ގެއްލިގެން ހޯދަނިކޮށް މަރުވެފައި އޮއްވާ ފެނިއްޖެދުނިޔެ | ގަޑިއިރެއް ކުރިންނުރައްކާތެރި ޑްރަގެއް އަޅާފައި ހުރި ވޭޕެއް ބޮއެގެން 13 އަހަރުގެ އެއްމާބަނޑު ދެބެން މަރާ ހަނގުރާމަ ކުރަނީދުނިޔެ | ދުވަހެއް ކުރިން ފޮޓޯ ބޭނުންކުރި މައްސަލައިގައި 15 މިލިއަން ޑޮލަރު ހޯދަން ދުއާ ލިޕާ ސެމްސަންގް ގޮވައިގެން ކޯޓަށްދުނިޔެ | ދުވަހެއް ކުރިންކްރިސްޓިއަން ދީނުން އިސްލާމްދީނަށް ބަދަލުވި މީހެއްގެ ތަޖުރިބާދުނިޔެ | 2 ދުވަސް ކުރިން