logo
Bank of Maldives

Bank of Maldives

ޚަބަރު

މި މަހުގެ 24 އަދި 25 ވަނަ ދުވަހު ސަރުކާރު ބަންދު

އައިޝަތު ނަޝާ
13 މޭ 2026 - 10:06
 މި މަހުގެ 24 އަދި 25 ވަނަ ދުވަހު ސަރުކާރު ބަންދު

އަޟްހާ ޢީދު ބަންދާ ގުޅިގެން މި މެއި މަހުގެ 24 ވާ އާދިއްތަ ދުވަހާއި 25 ވާ ހޯމަ ދުވަސް، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިފިއެވެ.

ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މި މެއި މަހުގެ 24 ވާ އާދިއްތަ ދުވަހާއި 25 ވާ ހޯމަ ދުވަސް، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށް ރައީސުލްޖުމްޙޫރިއްޔާ ވިދާޅުވެފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތަށް ހަމަޖެއްސެވީ، އަޟްހާ ޢީދު ބަންދާ ގުޅިގެން އާއިލާއާއެކު ވީހާވެސް ގިނަ ދުވަސްތަކެއް އެކުގައި ހޭދަކުރުމަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކަމަށާއި، މެދުނުކެނޑޭ ގޮތަށް ބަންދު ދުވަސްތައް މުވައްޒަފުންނަށް ލިބޭ ގޮތަށް ހަމަޖައްސަވައި ދެއްވުމަށްޓަކައި ކަމަށް ރައީސް ވިދާޅުވި ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ..

އަދި ޢީދު ބަންދަށްފަހު ސަރުކާރު އޮފީސްތައް ހުޅުވޭނީ މިހާރު ވެސް ކަލަންޑަރުގައިވާ ގޮތުގެ މަތިން މެއި 31 ވާ އާދިއްތަ ދުވަހު ކަމަށް އެ އޮފީހުން ބުންޏެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މި މަހުގެ 24 އަދި 25 ވަނަ ދުވަހު ސަރުކާރު ބަންދުޚަބަރު | ގަޑިއިރެއް ކުރިންއީދު ފާހަގަ ކުރުމަށް މާލެ ސަރަހައްދުގައި ފޯރި ގަދަ ހަރަކާތަކެއް ކުރިއަށް ގެންގޮސްފިޚަބަރު | އަހަރެއް ކުރިންއިސްރާޢީލްގެ ޓަވަރަކަށް ޑްރޯން ޙަމަލާއެއް ދިނުމަށް މާފަރު ރައްޔިތުން ރާވަނީ ޚަބަރު | އަހަރެއް ކުރިން