logo
ޚަބަރު

އީދު ފާހަގަ ކުރުމަށް މާލެ ސަރަހައްދުގައި ފޯރި ގަދަ ހަރަކާތަކެއް ކުރިއަށް ގެންގޮސްފި

ހުސައިން ވަސީމް
6 ޖޫން 2025 - 13:18
އީދު ފާހަގަ ކުރުމަށް މާލެ ސަރަހައްދުގައި ފޯރި ގަދަ ހަރަކާތަކެއް ކުރިއަށް ގެންގޮސްފި

އީދު ފާހަގަކުރުމަށް މާލެ ސަރަހައްދުގައި މިއަދު ހަވީރު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި އެވެ.

އީދު ފާހަގަކުރުމަށް ގިނަ ހަރަކާތައްތަކެއް ކުރިއަށް ގެންދިޔަ އިރު މިއަދު މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮޑު ޖަމާއަތުގައި ވަނީ އީދު ނަމާދު ކޮށްފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

އީދު ހަވީރު 1446 ގެ ނަމުގައި މާލޭ ސަރަހައްދުގައި ސަރުކާރުގެ އިދާރާތަކާއި ކުންފުނިތައް ގުޅިގެން ސިފައިން އިސް ނަގައިގެން މިއަދު ހަވީރު ގިނަ ހަރަކާތައްކެއް ވަނީ ކުރިއަށްގެންގޮސްފަ އެވެ. މި ހަރަކާތްތަށް ބާއްވަނީ ގައުމީ ފެންވަރުގަ އެވެ. އަދި މިއީ ރައީސް މުހައްމަދު މުއިއްޒުގެ އިސްނެގެވުމަށް ބާއްވާ ހަރަކާތެއްކަން ސިފައިން ފާހަގަކުރި އެވެ. 

bdbe2c7c-9a0e-44e3-8f2a-e7427fd13ee9.jpeg

 

ސަރުކާރު ވުޒާރާތަކާއި ދައުލަތުގެ އެކި މުއައްސަސާތަކާއި ކުންފުނިތަކުގެ ބައިވެރިވުމާ އެކު ދިވެހިރާއްޖޭގެ ގައުމީ ދިފާޢީ ބާރުން އިންތިޒާމްކޮށްގެން މިއަދާ މާދަމާ ކުރިއަށްގެންދަން ނިންމަވާފައިވާ ޢީދުގެ ހަރަކާތްތައް އޮންނާނީ، މާލޭގައި ސަލްޓަން ޕާކާއި، ޖުމްހޫރީ މައިދާނުގެ އިތުރުން ހުޅުމާލޭގެ ސެންޓްރަލް ޕާކާއި، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޕާކް ސަރަހައްދުގައެވެ.

b9369e0a-1c83-4149-af6f-cc0d6d181e40.jpeg

 

މި ހަރަކާތައްތައް ރާވަފައި ވަނީ ވީހާ ވެސް ގިނަ ބަޔަކަށް ބައިވެރިވެވޭ ގޮތަށް އަދި އެކި އުމުރުފުރާގެ ކުދިންނާއި މީހުން ވެސް ޝައުގުވެރިވާނެހެން ތަފާތު ހަރަކާތްތަކާއި ކުޅިވަރުތައް ހިމަނައިގެން ކަމަށް އެމްއެންޑީއެފްއިން ބުނެ އެވެ. މި ހަރަކާތްތަކުގައި، ރާއްޖޭގެ އިހުގެ ސަގާފަތާއި އިހުގައި ދިވެހިން ކުޅެއުޅުނު ކުޅިވަރުތައް ސްޓޯލްތަކުން ދައްކާލުމަށް ވަނީ ހަމަޖެހިފައި އަދި ޒަމާނީ ކެރެކްޓާތައް ވެސް ދައްކާލާފައިވެ އެވެ.

20a5bb1b-2a94-4fd3-88e2-e66d8ae4e4b3.jpeg

 

އީދު ހަވީރުގައި ސީދާ އެމްއެންޑީއެފްއިން ކުރިއަށްގެންދާ ހަރަކާތްތަކުގެ ގޮތުގައި ސިފައިންނާއި ފުލުހުންގެ ޔުނިފޯމްތަކާއި އޮޕަރޭޝަންތަކުގައި ބޭނުންކުރާ އެކިކަހަލަ ހަތިޔާރުތަކާއި އެއްގަމާއި ކަނޑުމަތީ ބޭނުންކުރާ އެކި އުޅަނދުތައް ދައްކާލުމާއި އެ ތަކެއްޗާ އެކު ފޮޓޯ ނެގުމާއި ކުޑަކުދިންނަށް އެތަކެތި ތަޖުރިބާ ކޮށްލާނެ ފުރުސަތުތައް ވަނީ ފަހިކޮށްދީފަ އެވެ. މީގެ އިތުރުން ފޯމްބާތް ޕޫލަކާއި ފެންކުޅީގެ އެކި ހަރަކާތްތައްވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އީދު ފާހަގަ ކުރުމަށް މާލެ ސަރަހައްދުގައި ފޯރި ގަދަ ހަރަކާތަކެއް ކުރިއަށް ގެންގޮސްފިޚަބަރު | 3 މަސް ކުރިންއިސްރާޢީލްގެ ޓަވަރަކަށް ޑްރޯން ޙަމަލާއެއް ދިނުމަށް މާފަރު ރައްޔިތުން ރާވަނީ ޚަބަރު | 3 މަސް ކުރިން