logo
ޚަބަރު

އިސްރާޢީލްގެ ޓަވަރަކަށް ޑްރޯން ޙަމަލާއެއް ދިނުމަށް މާފަރު ރައްޔިތުން ރާވަނީ

އަޙްމަދު ޒަލީފް
28 މޭ 2025 - 15:28
އިސްރާޢީލްގެ ޓަވަރަކަށް ޑްރޯން ޙަމަލާއެއް ދިނުމަށް މާފަރު ރައްޔިތުން ރާވަނީ

މިފަހަރުގެ އަޞްޙާ ޢީދު ފާހަގަކުރުމުގެ ގޮތުން، އިސްރާޢީލް ވެރިރަށް ޓެލްއަވީވް ގައި ހުންނަ އެ ސީޓީގެ އެންމެ އުސް ޓަވަރަށް ޑްރޯން ޙަމަލާއެއް ދޭ މަންޒަރު ދައްކާލުމަށްޓަކައި މާފަރު ރައްޔިތުން ތައްޔާރުވެއްޖެއެވެ.

މިއީ ޔަމަނުގެ ހޫޘީން އިސްވެއޮވެ ދޭން އުޅޭ ޙަމަލާއެއް ކަމަށާއި މިފަހަރުގެ ޢީދުގައި އެ މަންޒަރު މާފަރު ރައްޔިތުންނަށް ދައްކާލުމަށް ވަރަށް ފުރިހަމައަށް ތައްޔާރުވަމުން އަންނަކަމަށް މިކަން ރާވާ އިންތިޒާމު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ފަރާތަކުން މި ނޫހަށް ވަނީ މަޢުލޫމާތު ދީފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

IMG_7162.jpeg

އިމާރާތް އެޅުމުގެ މަސައްކަތުގެ ތެރެއިން

ނ.މާފަރުގައި މިފަހަރުގެ ޢީދު ކުލަގަދަކޮށް ފާހަގަކުރުމަށް ތައްޔާރުވަމުން އަންނައިރު، މީގެ ކުރިން ފާހަގަކުރި ބައެއް ޢީދު ތަކުގައި ވަނީ އެމެރިކާގެ ވޯލްޑް ޓްރޭޑް ސެންޓަރަށް ދިން ޙަމަލާއެއްވެސް ދައްކާލާފައެވެ. ޢީދުގެ އެންމެހާ ހަރަކާތްތައް ރާވާ އިންތިޒާމު ކުރާ ކޮމެޓީއިން މަޢުލޫމާތު ދޭ ގޮތުގައި މިފަހަރު ޢީދުގައިވެސް ތަފާތު ގިނަ ހަރަކާތްތަކެއް ފެންނާނެއެވެ. އަދި މި ކުޅިވަރުތައް ބަލާލުމަށް ވީހާވެސް ގިނަ މީހުން މާފަރަށް ޒިޔާރަތް ކުރުމަށް ދަޢުވަތުދޭ ކަމަށްވެސް އިންތިޒާމު ކޮމެޓީން ވަނީ ބުނެފައެވެ.

105636-39999709-889719914550796-8958944034450046976-n.webp

މާފަރުގައި ގޮއްވާލި އެމެރިކާގެ ޓްރޭޑް ސެންޓަރު

ޙައްޖު ދުވަހާއި އަޟްޙާ ޢީދާ ގުޅިގެން ބަންދުވާނީ، މިހާރުވެސް ކަލަންޑަރުގައި ބަންދުކަމަށް ކަނޑައަޅާފައިވާ 4 ދުވަސްކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. ސަރުކާރުން މިހެން ވިދާޅުވެފައިވަނީ ޙައްޖު ދުވަހާއި ޢީދު ބަންދުގެ ގޮތުގައި ކަލަންޑަރުގައި ފާހަގަކޮށްފައިވާ ދުވަސްތަކުގެ ފަހުން އެހަފްތާގެ ދެންހުރި ދުވަސްތައްވެސް ބަންދުކުރަން ފެންނަކަމަށް ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ޚިޔާލު ފާޅުކުރަމުންދަނިކޮށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކަލަންޑަރުގައިވާގޮތަށް ޙައްޖު ދުވަހަކީ އަންނަ ހަފުތާގެ ބުރާސްފަތި ދުވަސްކަމަށްވުމުން މިހާރު ބަންދުކުރަން ނިންމާފައިވާ ދުވަސްތައް ފިޔަވާ އިތުރު ދުވަހެއް ބަންދުނުވާނެ ކަމަށެވެ. ކަލަންޑަރުގައިވާ ގޮތުން ޙައްޖު ދުވަހަކީ ޖޫން މަހުގެ 5އެއްވާ ބުރާސްފަތި ދުވަހެވެ. އެހެން ކަމުން މިއަހަރުގެ އަޟްހާ ޢީދު ދުވަހަކީ ޖޫން މަހުގެ 6 ވާ ހުކުރު ދުވަހެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާފަރުން ގެވަޅު ދޫކުރަން ކުރި އިޢުލާން ދެވަނަ ފަހަރަށް ބާތިލްކޮށްފި ޚަބަރު | 3 ދުވަސް ކުރިންމާފަރުން ގެވަޅު ދޫކުރުން މަޑުޖައްސާލުމަށް އަނެއްކާވެސް ވަގުތީ އަމުރެއްޚަބަރު | މަހެއް ކުރިންތިއްތި ފެނަކަ ވަޒީފާއަށް، މައެއްގެ ލޮލުން އުފާވެރިކަމުގެ ކަރުނަޚަބަރު | މަހެއް ކުރިންއުއްމީދެއްގައި ހޭދަކުރި 10 އަހަރަަށް ނިމުން؛ ރައީސް އެންގެވީ ތިިއްތި އަށް ވަޒީފާ ހަމަޖެއްސުމަށްޚަބަރު | މަހެއް ކުރިން