logo
ޚަބަރު

މާފަރުން ގެވަޅު ދޫކުރަން ކުރި އިޢުލާން ދެވަނަ ފަހަރަށް ބާތިލްކޮށްފި

އަޙްމަދު ޒަލީފް
2 ސެޕްޓެމްބަރު 2025 - 12:28
ނ.މާފަރު
ނ.މާފަރު

ނ.މާފަރުން 110 ގެވަޅު ދޫކުރުމަށް މި އަހަރުގެ ފެބްރުއަރީ މަހު ކުރި އިޢުލާން އެރަށު ކައުންސިލުން ބާޠިލްކޮށްފިއެވެ.

މި އިޢުލާން ބާޠިލްކޮށްފައިވަނީ މާފަރު ގެވަޅު ދޫކުރުމާ ގުޅޭ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދިއުމަށް އެ ރަށު ކޯޓުން އަމުރެއް ނެރެފައި ވަނިކޮށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށް މާފަރު ކައުންސިލުން އެންމެ ފަރަތަމަ ކުރި އިޢުލާނާ ގުޅިގެންވެސް، ޕޮއިންޓް ދިނުމުގައި މައްސަލަތަކެއް ހުރި ކަމަށް ބުނެ، މާފަރު ކޯޓަށް އާއްމު ފަރާތަކުން މައްސަލަ ހުށަހެޅިއެވެ. އެ ފަހަރުވެސް ކޯޓުން ނިންމީ، މާފަރު ކައުންސިލުން އެ ފަރާތަށް ޕޮއިންޓް ދީފައިވަނީ އިންސާފުން ނޫން ކަމަށާއި، އެ ފަރާތަށް މިވެނި ވަރަކަށް ޕޮއިންޓް ލިބެންޖެހޭނެ ކަމަށެވެ.

މާފަރު ކޯޓުގެ މި ނިންމުމާ އެއްގޮތަށް ޢަމަލު ކުރުމުގެ ބަދަލުގައި، ކައުންސިލުން ނިންމީ މުޅި އިޢުލާން ބާޠިލްކޮށް، ގެވަޅު ދޫކުރުމާ ގުޅޭ އުޞޫލު އިސްލާޙުކޮށް އަލުން އިޢުލާން ކުރުމަށެވެ. އެގޮތުން އޭގެ ދުވަސްތަކެއް ފަހުން، މާފަރުން ބަންޑާރަ ގޯތި ދޫކުރުމަށް ކައުންސިލުން އަނެއްކާވެސް އިޢުލާން ކުރިއެވެ. މި އިޢުލާންވެސް ވަނީ އޯގަސްޓް މަހުގެ 27 ވަނަ ދުވަހު ބާޠިލްކޮށްފައެވެ.

މާފަރު ކައުންސިލުން އާއްމުކޮށްފައިވާ ގެވަޅު ދޫކުރުމުގެ އުޞޫލުގެ މަޤްޞަދަށް ބަލާއިރު، "މި އުޞޫލުގެ މަޤްޞަދަކީ ނ.މާފަރުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގައި ކަނޑައެޅޭ އުޞޫލުގެ ތެރެއިން ހަމަހަމަކަމާއިއެކު މާފަރުގެ ރައްޔިތުންގެ ތެރެއިން ބޯހިޔާވަހިކަން އެންމެ ޒަރުރީވެފައިވާ އަދި އެކަށީގެންވާ ބިމުގެ ތަނަވަސްކަމެއް ނެތް ފަރާތްތައް ކަށަވަރުކޮށް އެ ފަރާތްތަކަށް ބަންޑާރަ ގޯތި ދޫކުރުން" ކަން މި އުޞޫލުގެ 3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވެއެވެ.

މާފަރުން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓު މިހާރު އާއްމުކޮށްފައިވާއިރު، މި މައްސަލައާ ގުޅިގެން އެ ފަރާތްތަކުން ވަނީ ކައުންސިލަށް ޝަކުވާ ހުށަހަޅާފައެވެ. މާފަރުން ގެވަޅު ދޫނުކޮށް ގިނަ ދުވަސްތަކެއް ވެފައިވާތީ ރައްޔިތުން އަންނަނީ ނުހަނު ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާފަރުން ގެވަޅު ދޫކުރަން ކުރި އިޢުލާން ދެވަނަ ފަހަރަށް ބާތިލްކޮށްފި ޚަބަރު | 19 ގަޑިއިރު ކުރިންމާފަރުން ގެވަޅު ދޫކުރުން މަޑުޖައްސާލުމަށް އަނެއްކާވެސް ވަގުތީ އަމުރެއްޚަބަރު | މަހެއް ކުރިންތިއްތި ފެނަކަ ވަޒީފާއަށް، މައެއްގެ ލޮލުން އުފާވެރިކަމުގެ ކަރުނަޚަބަރު | މަހެއް ކުރިންއުއްމީދެއްގައި ހޭދަކުރި 10 އަހަރަަށް ނިމުން؛ ރައީސް އެންގެވީ ތިިއްތި އަށް ވަޒީފާ ހަމަޖެއްސުމަށްޚަބަރު | މަހެއް ކުރިން