logo
ޚަބަރު

ތިއްތި ފެނަކަ ވަޒީފާއަށް، މައެއްގެ ލޮލުން އުފާވެރިކަމުގެ ކަރުނަ

އަޙްމަދު ޒަލީފް
22 ޖުލައި 2025 - 04:58
ފެނަކަ ވަޒީފާ ޗިޓް ތިއްތިއާ ހަވާލުކުރުން
ފެނަކަ ވަޒީފާ ޗިޓް ތިއްތިއާ ހަވާލުކުރުން

ނ.މާފަރު ޝަބުނަމްގެ ޢާއިޝަތު ޙަސަނަށް މިއަދަކީ ތަފާތު އިހްސާސެއް ކުރެވޭ ދުވަހެކެވެ. އޭނާގެ ފިރިހެން ދަރިންގެ ތެރޭގައި ހިމެނޭ ޙަސަން ސިރާޖު (ތިއްތި) އަކީ އުފަންވިއިރުވެސް ނުކުޅެދުންތެރިކަމެއް ހުންނަ ކުއްޖެކެވެ.

ތިއްތިއަށް ރަނގަޅު މުސްތަޤުބަލެއް ހޯދައިދޭން އޭނަގެ މަންމަ އުފުލި ބުރައާއި ވީ ޤުރުބާނީގެ އަގު އަދައެއް ނުކުރެވޭނެއެވެ. އެކަން ބަޔާންކޮށްދިނުމަކީވެސް ދަތި ކަމެކެވެ. ފޮތް ފަންސޫރު ހޯދައިދީ، ސުކޫލަށް ފޮނުވިއެވެ. ޤުރުއާން ކުލާސްތަކުގައި ބައިވެރިކުރުވިއެވެ. ރަށުގައި ހިންގި ތަފާތު ކޯސްތަކުން ޖާގަ ހޯދައިދިނެވެ. 

Ad by Hajj Corporation

Ad by Hajj Corporation

IMG_8297.jpeg

ތިއްތި މާފަރު ސުކޫލުގެ މުބާރާތެއްގައި ކުޅެނީ

އެކަމުގެ ހެޔޮ ބަދަލާއި ނަތީޖާ ތިއްތިގެ ކިބައިގެން ފެންނަން ފެށީ ދާދި އަވަހަށެވެ.

ރަށުގެ މުޖުތަމަޢަށް ނިކުމެ، އެންމެންނާއެކު އުޅެން ދަސްކޮށްދިނެވެ. ތިއްތި އަކީވެސް މުޖުތަމަޢުގައި މުޙިއްމު މީހެއްގެ އިހްސާސް އަމިއްލަ ނަފްސަށް ކޮށްދިނެވެ. ވަޒީފާއަކަށް އެދެވުނީވެސް އެ އިޙްސާސްގެ ތެރެއިންނެވެ. އެއީ ކާމިޔާބު މީހަކަށްވުމަށް ދުށް ހުވަފެނެވެ.

IMG_8298.jpeg

ތިއްތި ޖަލްސާއެއްގައި ވާހަކަ ދައްކަނީ

މިއަދުގެ ހެނދުނު 9 ޖެހިއިރު، ގެއިން ނިކުމެ، ހަސަން ސިރާޖް އެ ދިޔައީ، ގެއާ މާ ދުރުނޫން ހިސާބެއްގައި ހުންނަ މާފަރު ފެނަކަ އޮފީހަށެވެ. މި ރަސްމިއްޔާތުގައި ބައިވެރިވުމުގެ ދަޢުވަތު ތިއްތިއަށް އޮތީ ރޭ ލިބިފައެވެ. ތިއްތިގެ ޝަރަފުގައި ބޭއްވި މި ހަފްލާއަކީ ފެނަކައިގެ ވަޒީފާގެ ޗިޓު ހަވާލުކުރުމަށް ބޭއްވި ކުޑަ ހަފްލާއެކެވެ. 

ރީތި މާ ބޮނޑިއަކާއެކު ދާއިމީ ވަޒީފާއެއްގެ ޗިޓް ހަވާލުކޮށްފިއެވެ. މޫނުމަތިން އެ ފެންނަ އުފާވެރިކަމަކީ ދިރިއުޅުމަށް ކުރަމުން އައި ފޮނި އުއްމީދުގެ އަސަރެވެ. 

IMG_8295.jpeg

ތިއްތިއަށް ފެނަކަ ވަޒީފާ ހަމަޖެއްސުން

ރައީސް ޑރ މުޙައްމަދު މުޢިއްޒު އިއްޔެ މާފަރަށް ވަޑައިގެން ތިއްތިގެ ވަޒީފާ ހަމަޖެއްސުމަށް ފެނަކަ އެމްޑީއަށް ދެންނެވި ދެންނެވުމަށް އިޖާބަ އެ ދެއްވީ ދާދި އަވަހަކަށެވެ. މިއަދު ފެނަކަ ވެފައި މިއޮތީ މިފަދަ އެތަކެއް ކުދިންނެއްގެ އުފާވެރިކަމާއި އުއްމީދުތައް ގުޅިފައިވާ ހިޔާވަހިކަމަކަށެވެ. ލޯތްބާއި އޯގާތެރިކަމުގެ ނަމޫނާ މުޢައްސަސާއަކަށެވެ.

ފެނަކައާއެކު ތިއްތިގެ ޙަޔާތުގައި މި ފެށުނީ އާ ބާބެކެވެ. މުޅިން އާ ސަފުހާއެކެވެ. މި ދުވަސް ދެކެން ތިއްތިގެ ބައްޕަ ދުނިޔޭގައި ހުރިނަމައޭ ހިތަށް އަރައެވެ. އުޖާލާ މުސްތަޤުބަލެއް ތިއްތި އަށް ލިބުމަށް އެދި އަބަދުވެސް ދުޢާ ކުރަމެވެ. 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާފަރުން ގެވަޅު ދޫކުރަން ކުރި އިޢުލާން ދެވަނަ ފަހަރަށް ބާތިލްކޮށްފި ޚަބަރު | 2 ދުވަސް ކުރިންމާފަރުން ގެވަޅު ދޫކުރުން މަޑުޖައްސާލުމަށް އަނެއްކާވެސް ވަގުތީ އަމުރެއްޚަބަރު | މަހެއް ކުރިންތިއްތި ފެނަކަ ވަޒީފާއަށް، މައެއްގެ ލޮލުން އުފާވެރިކަމުގެ ކަރުނަޚަބަރު | މަހެއް ކުރިންއުއްމީދެއްގައި ހޭދަކުރި 10 އަހަރަަށް ނިމުން؛ ރައީސް އެންގެވީ ތިިއްތި އަށް ވަޒީފާ ހަމަޖެއްސުމަށްޚަބަރު | މަހެއް ކުރިން