logo
ޚަބަރު

މާފަރުން ގެވަޅު ދޫކުރުން މަޑުޖައްސާލުމަށް އަނެއްކާވެސް ވަގުތީ އަމުރެއް

އަޙްމަދު ޒަލީފް
3 އޯގަސްޓު 2025 - 06:12
މާފަރުން ގެވަޅު ދޫކުރުން މަޑުޖައްސާލުމަށް އަނެއްކާވެސް ވަގުތީ އަމުރެއް

މާފަރުން ދޫކުރުމަށް އިއުލާންކޮށްފައިވާ ގެވަޅުތައް ދޫކުރުން މި ވަގުތަށް މަޑުޖައްސާލުމަށް އަނެއްކާވެސް ވަގުތީ އަމުރެއް، އެރަށު މެޖިސްޓްރޭޓް ކޯޓުން ނެރެފިއެވެ.

ގެވަޅު ދޫކުރުމުގެ އުޞޫލު އެކުލަވާލާފައި އޮތް ގޮތުން ފާޅުކަންބޮޑު ބޭއިންސާފެއް ކުރިމަތިވެފައިވާކަމަށް ބުނެ މާފަރު ކޯޓަށް ހުށަހެޅި މި މައްސަލައާ ގުޅިގެން، ގެވަޅު ލިބޭ މީހުންގެ ދާއިމީ ލިސްޓް އާއްމުކުރުމާއި ގެވަޅު ދިނުމާ ގުޅޭ ކަންކަން ކުރުން ހުއްޓުވުމުގެ އަމުރެއް ނެރިފައިވާއިރު، މީގެ ކުރިންވެސް ކައުންސިލްގެ މައްޗަށް މިފަދަ އަމުރެއް ނެރެފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ގެވަޅަށް އެދި ހުށަހެޅި މީހަކަށް ލިބެންޖޭހޭ ޕޮއިންޓް އުނިކޮށްފައިވާތީ، މި ޕޮއިންޓް ދިނުމަށް ކައުންސިލްގެ މައްޗަށް ހުކުމް ކުރުމުންވެސް އެ ހުކުމަށް ތަބާވުމުގެ ބަދަލުގައި ކައުންސިލުން ވަނީ މުޅި އިއުލާން ބާތިލްކޮށް އަލުން ހުޅުވާލާފައެވެ.

މިފަހަރު ކުރި އިޢުލާނުގައިވާ ގޮތުން އެކަނިވެރި މަޔަކަށް ގެވަޅަށް އެދި ހުށަހެޅެނީ ވަރިކުރިތާ 5 އަހަރު ވެފައިވާނަމައެވެ. އަދި ދަރިންގެ ރަޖިސްޓްރީ ރަށުގައި ނެތް ދަރިންނަށް އެއްވެސް ޕޮއިންޓެއް ނުދިނުމަށްވެސް ވަނީ ނިންމާފައެވެ.

މާފަރު ކައުންސިލުން އާއްމުކޮށްފައިވާ ގެވަޅު ދޫކުރުމުގެ އުޞޫލުގެ މަޤްޞަދަށް ބަލާއިރު، "މި އުޞޫލުގެ މަޤްޞަދަކީ ނ.މާފަރުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގައި ކަނޑައެޅޭ އުޞޫލުގެ ތެރެއިން ހަމަހަމަކަމާއިއެކު މާފަރުގެ ރައްޔިތުންގެ ތެރެއިން ބޯހިޔާވަހިކަން އެންމެ ޒަރުރީވެފައިވާ އަދި އެކަށީގެންވާ ބިމުގެ ތަނަވަސްކަމެއް ނެތް ފަރާތްތައް ކަށަވަރުކޮށް އެ ފަރާތްތަކަށް ބަންޑާރަ ގޯތި ދޫކުރުން" ކަން މި އުޞޫލުގެ 3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާފަރުން ގެވަޅު ދޫކުރަން ކުރި އިޢުލާން ދެވަނަ ފަހަރަށް ބާތިލްކޮށްފި ޚަބަރު | 2 ދުވަސް ކުރިންމާފަރުން ގެވަޅު ދޫކުރުން މަޑުޖައްސާލުމަށް އަނެއްކާވެސް ވަގުތީ އަމުރެއްޚަބަރު | މަހެއް ކުރިންތިއްތި ފެނަކަ ވަޒީފާއަށް، މައެއްގެ ލޮލުން އުފާވެރިކަމުގެ ކަރުނަޚަބަރު | މަހެއް ކުރިންއުއްމީދެއްގައި ހޭދަކުރި 10 އަހަރަަށް ނިމުން؛ ރައީސް އެންގެވީ ތިިއްތި އަށް ވަޒީފާ ހަމަޖެއްސުމަށްޚަބަރު | މަހެއް ކުރިން