logo
Bank of Maldives

Bank of Maldives

ޚަބަރު

ތިން ވަޒީރުންނަށް ރުހުން ހޯދަން މަޖިލީހަށް ފޮނުވައިފި

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
14 އޮކްޓޯބަރު 2024 - 05:16
ބަދަލު ގެންނެވި ތިން ވަޒީރުން، ހުވާ ކުރައްވަނީ --ފޮޓޯ/ ރައީސް އޮފީސް
ބަދަލު ގެންނެވި ތިން ވަޒީރުން، ހުވާ ކުރައްވަނީ --ފޮޓޯ/ ރައީސް އޮފީސް

ސަރުކާރުގެ ކެބިނެޓަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންނެވި ބަދަލާ ގުޅިގެން ، ވުޒާރާ ބަދަލުވި ތިން ވަޒީރުންނަށް ރުހުން ދިނުމަށް މަޖިލީހަށް ފޮނުއްވައިފިއެވެ.

މިދިޔަ މަހުގެ 30 ވަނަ ދުވަހު ސަރުކާރުން ބަދަލު ގެނައީ މާލީ ވުޒާރާ، ޚާރިޖީ ވުޒާރާ އަދި ސިއްޚީ ވުޒާރާއަށެވެ. އެގޮތުން މާލީ ވަޒީރު ކަމުގައި ހުންނެވި ޑރ. މުޙައްމަދު ޝަފީގު އެ މަގާމުން އިސްތިއުފާ ދެއްވުމުން، ޚާރިޖީ ވަޒީރު ކަމުގައި ހުންނެވި މޫސާ ޒަމީރު ބަދަލުކުރެއްވީ މާލީ ވަޒީރު ކަމަށެވެ. އަދި ޚާރިޖީ ވަޒީރު ކަމަށް ސިއްޚީ ވަޒީރު ކަމުގައި ހުންނެވި އަބްދުﷲ ޚަލީލް ހަމަޖެއްސެވިއިރު، ސިއްޚީ ވަޒީރަކަށް ހަމަޖެއްސެވީ ރައީސް އޮފީހުގެ ވަޒީރަކަށް ހުންނެވި ކުރީގެ ސިއްޚީ ވަޒީރު އަބްދުﷲ ނާޒިމްއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ވަޒީރުން ވަނީ އެ ދުވަހު، ވަޒީރު ކަމުގެ ހުވާ ކުރައްވާފައެވެ. އަދި ރައީސް އިންޑިޔާއަށް ކުރެއްވި ދަތުރުފުޅުގައި ވެސް އެ ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ވަޒީރުންނަށް ރުހުން ދިނުމަށް އިތުރަށް ދިރާސާކުރަން އެކަމާ ބެހޭ ދާއިމީ ކޮމެޓީއަށް މިއަދު ވަނީ ފޮނުވާފައެވެ.

 

 

 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ރައީސް ވަރަށް ބުރަ މަސައްކަތްޕުޅުތަކެއް އެބަ ކުރައްވާ: އައިބީޚަބަރު | 12 ގަޑިއިރު ކުރިންއަޅުގަނޑު ރިޔާސަތުގައި އިންނަހާ ހިނދަކު މަޖިލިސް ޖަނަވާރު ކޮށްޓަކަށް ނުހެދޭނެ: ސަލީމްޚަބަރު | 17 ގަޑިއިރު ކުރިންއީޔޫ އާއި ބެލްޖިއަމްގެ ސަފީރަކަށް ދިޔާނާ އައްޔަންކުރަން ރުހުންދީފިޚަބަރު | 18 ގަޑިއިރު ކުރިންއެމްޑީޕީގެ ވެރިކަމުގައި ރައްޔިތުންނާ މެދު އަމަލުކުރި ގޮތް ހަނދާން ނެތޭނެ ކަމަށް ހީކުރުމަކީ ކުށްހީއެއް: ފަލާހްޚަބަރު | ދުވަހެއް ކުރިން