logo
MPL

MPL

ޚަބަރު

ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ރައީސް ވަރަށް ބުރަ މަސައްކަތްޕުޅުތަކެއް އެބަ ކުރައްވާ: އައިބީ

މުހައްމަދު މޫސާމުހައްމަދު މޫސާ
29 ޖުލައި 2026 - 15:45
ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ރައީސް ވަރަށް ބުރަ މަސައްކަތްޕުޅުތަކެއް އެބަ ކުރައްވާ: އައިބީ

ދިވެހިރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް އެންމެ ރަނގަޅު ގޮތުގައި ފޯރުކޮށްދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ބުރަ މަސައްކަތްޕުޅުތަކެއް ކުރައްވަމުންގެންދަވާ ކަމަށް ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމްދީދީ (އައިބީ) ވިދާޅުވެއްޖެއެވެ.

މިއަދު މަޖިލީހުގައި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން އައިބީ ވިދާޅުވީ، މި ބިލަކީ ރާއްޖޭގެ ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ދިނުމަށް އުފައްދާފައިވާ ޔުޓިލިޓީސްތައް އެއް ވިއުގައެއްގެ ތެރެއިން ރެގިއުލޭޓްކޮށް، އެއް ފުރާޅެއްގެ ދަށުން ޚިދުމަތްތައް ބެލެހެއްޓުމަށް މަގުފަހިވެގެންދާނެ މުހިންމު އިޞްލާޙެއް ކަމަށެވެ. އަދި ފެނާއި، ކަރަންޓާއި، ނަރުދަމާގެ އިތުރުން ކުނީގެ ޚިދުމަތަކީ ތަފާތު ކުންފުނިތަކުން ދެމުންދާ ޚިދުމަތްތަކަކަށް ވާއިރު، މިކަންކަން ހަރުދަނާކޮށް މެނޭޖްކުރުމަށް ސަރުކާރުން އިސްކަންދޭކަން އޭނާ ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އައިބީގެ ވާހަކަފުޅުގައި ކުރީގެ ސަރުކާރުތަކުން، ޚާއްޞަކޮށް އެމް.ޑީ.ޕީގެ 10 އަހަރުގެ ވެރިކަމުގައި އަސާސީ ޚިދުމަތްތަކުގެ މައްސަލަތައް ޙައްލުކުރުމަށް އެކަށީގެންވާ މަސައްކަތެއް ކުރެވިފައި ނުވާކަމަށް ތުހުމަތުކުރެއްވިއެވެ. އެގޮތުން އައްޑޫ ސިޓީގެ މަގުތަކުގެ މައްސަލައާއި، ކަރަންޓާއި ފެނުގެ އިތުރުން ކުނީގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދެވިފައި ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.

"ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ކަންކަން އޮތީ ބޮއްސުންލާފައި. އެ މަނިކުފާނަށް މިކަންކަން އިޞްލާޙުކުރުމަށް ވަގުތު ބޭނުންވޭ،" އައިބީ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ މިހާރުގެ ސަރުކާރުން ވަރަށް ބާރު ސްޕީޑުގައި މަޝްރޫޢުތައް ކުރިއަށްގެންދާ ކަމަށާއި، ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޕީ.އެން.ސީ ސަރުކާރުން 500 އަށްވުރެ ގިނަ މަޝްރޫޢު ހިންގަމުންދާއިރު، ކުރީ ސަރުކާރުގައި އެ އަދަދު އުޅުނީ 200 އެއްހައި މަޝްރޫޢުގައި ކަމަށެވެ.

މީގެއިތުރުން، މަސްވެރިންނާއި ދަނޑުވެރިންގެ ޙައްޤުތައް ހިމާޔަތްކުރުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ތައުރީފުކުރައްވަމުން އައިބީ ވިދާޅުވީ، ރައްޔިތުންނަށް ދޭ ޚިދުމަތްތަކުގެ ފެންވަރަށް ބަލައި، 2028 ވަނަ އަހަރުގެ އިންތިޚާބުގައި ރައްޔިތުން ގޮތް ނިންމާނެ ކަމަށެވެ. އަދި މިހާރުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާ ރައްޔިތުންނަށް ފެންނަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޒުވާނުންގެ %99 އަކީ ތަޢުލީމީ އާބާދީއެއް: ޤާނޫނު ޒަމާނާ އެއްގޮތަށް ބަދަލުކުރަންޖެހޭ: އައިބީޚަބަރު | 3 ގަޑިއިރު ކުރިންބަޖެޓްގެ ބަހުސްގައި ކޮންމެ މެންބަރަކަށްވެސް 15 މިނެޓްޚަބަރު | 9 ގަޑިއިރު ކުރިންމަޝްރޫއުތަކުގެ މަދުވެގެން 70 ޕަސެންޓް ނިންމަން އަމާޒު، ރިޒާވް 900 މިލިއަން ޑޮލަރަށް އަރާނެ ކަމުގެ އުންމީދުރިޕޯޓް | 3 ދުވަސް ކުރިންއަހަރަކު މަދުވެގެން 195 ދުވަހު ކިޔަވައިދޭންޖެހޭ ގޮތަށް ތައުލީމާ ބެހޭ ގާނޫނަށް އިސްލާހު ގެންނަނީޚަބަރު | 3 ދުވަސް ކުރިން