logo
MPL

MPL

ޚަބަރު

'ކުރުވާހަކަ' ލިޔުމަކީ ނޫސްވެރިކަމެއް ނޫން: މެމްބަރ އަބްދުއްސައްތާރު

'ކުރުވާހަކަ' ލިޔުމަކީ ނޫސްވެރިކަމެއް ނޫން: މެމްބަރ އަބްދުއްސައްތާރު

ދޮގުވާހަކަ ދެއްކުމާއި ދޮގު ޚަބަރު ފެތުރުމާއި އެކި ވަސީލަތްތައް ބޭނުންކޮށްގެން ދޮގު ވާހަކަތައް ފެތުރުމަކީ ޑިމޮކްރަސީ ދަންނަ ކަންކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެމްބަރ އަބްދުއްސައްތާރު މުހައްމަދު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ މެންދުރު ޓީވީގެ 'މައުޟޫ' ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެމްބަރ ވިދާޅުވީ ޑިމޮކްރަސީގެ ވާހަކަދައްކާއިރު، އަޅުގަނޑުމެން ވެސް ފޮލޯ މިކުރަނީ ގާނޫނު އަސާސީއެއް ކަމަށާއި އެ ގާނޫނު އަސާސީގައިވާ މާއްދާތަކަކީ މި މުޖުތަމައުގައި ބަލައިގެންފައި ހުރި މާއްދާތަކެއް ކަމަށެވެ. އަދި މުސްލިމު ނޫން ގައުމުތަކުގައި ބޭނުންކުރާ ހުދޫދުގެ ތެރޭގައި އެހާ ފުޅާކޮށް ޑިމޮކްރަސީ އަޅުގަނޑުމެންނަށް ބޭނުން ނުކުރެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެއިތުރުން ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެއް ކަަމަށާއި އެހެންކަމުން މުސްލިމް ނޫން ގައުމުތަކާ އެތައްގުނައެއް ޑިމޮކްރަސީ ތަފާތުވާނެ ކަމަށް ވަނީ ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތީ އެންމެބޮޑަށް ހުޅުވާލާފައި ކަމަށާއި ނަަމަވެސް 'ކުރުވާހަކަ' ލިޔުމަކީ ނޫސްވެރިކަމެއް ނޫން ކަމަށް އެމްޕީ ވިދާޅުވިއެވެ.

އެމްޕީ އިތުރަށް ވިދާޅުވީ މިހާރު އުޅޭ ބައެއް މީހުންނަކީ ޚަބަރު އުފައްދާ މީހުން ކަމަށާއި ތަނެއްގައި ކަމެއް ހިނގުމުން އެކަމެއް ރަނގަޅަށް ނުބަލާ އެކަމެއްގެ ޚަބަރު އުފައްދާކަަމަށެވެ. ޒިންމާދާރު ނޫސްވެރިކަމަކީ ޚަބަރެއް ލިބުމުން އެކަމުގެ ތެދުދޮގު ބެލުން ކަމަށާއި މަސްދަރު ހާމަނުކުކުރިޔަސް، އެކަމުގެ ހަގީގަތް ބަލަންވާނެ ކަަމަށް ވިދާޅުވިއެވެ.

ދޮގުވާހަކަ ފެތުރުމުން އެ ބަދަލުވަނީ ފިތުނައަކަށް ކަމަށާއި ދީނީގޮތުން ބެލިކަމުގައި ވިޔަސް ފިތުނަވެރިކަމަކީ މީހަކު މެރުމަށްވުރެ ނުބައިކަން ބޮޑުކަމުގައި ފާހަގަކުރެއްވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕީއެންސީގެ ދާއިރާތަކުގެ އެތެރޭގެ އިންތިހާބު މާދަމާ ބާއްވަނީޚަބަރު | 2 މަސް ކުރިންޕީއެންސީގެ ދާއިރާތަކުގެ އިންތިޚާބަށްފަހު 2500 އަށްވުރެ ގިނަ މެންބަރުން މަޤާމުތަކަށް އަންނަނީޚަބަރު | 2 މަސް ކުރިން ޕީއެންސީގެ ދާއިރާތަކުގެ އިންތިހާބު، އަންނަ މަހު ބާއްވަން ނިންމައިފިޚަބަރު | 2 މަސް ކުރިން'ކުރުވާހަކަ' ލިޔުމަކީ ނޫސްވެރިކަމެއް ނޫން: މެމްބަރ އަބްދުއްސައްތާރުޚަބަރު | 3 މަސް ކުރިން