logo
މާފަންނު ގެއެެއްގައި ވަރަށް ބޮޑަށް އަލިފާން ރޯވެ އަނދަނީBank of Maldives

Bank of Maldives

ދުނިޔެ

މުމްބާއީގެ ސިޔާސީ ލީޑަރު، ބާބާ ސިއްދީގު މަރާލައިފި

މަރްޔަމް މިލްޒަމް މަސްއޫދްމަރްޔަމް މިލްޒަމް މަސްއޫދް
14 އޮކްޓޯބަރު 2024 - 05:40
ފޮޓޯ--- އެންޑީޓީވީ
ފޮޓޯ--- އެންޑީޓީވީ

އިންޑިއާ މުސްލިމުންގެ އިސް ސިޔާސީ ލީޑަރު އަދި މަހާރާޝްތުރާގެ ކުރީގެ މިނިސްޓަރު ބާބާ ސިއްދީގު ބަޑިޖަހާ މަރާލައިފި.

ސިއްދީގު މަރާލާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ މުމްބާއީގައި ހުންނަ އޭނާގެ ދަރިފުޅުގެ އޮފީހުގެ ބޭރުގަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ތިން ފަހަރެއްގެ މަތިން ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުކަން ކުރައްވާފައިވާ އުމުރުން 66 އަހަރުގެ ސިއްދީގު މަރުވީ ލީލާވަތީ ހޮސްޕިޓަލަށް ގެންދިޔަ ފަހުންނެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި، ދާދި ފަހުންޝަނަލް ކޮންގްރެސް ޕާޓީ (އެންސީޕީ) އަށް ބަދަލުކުރެއްވި ސިއްދީގުގެ ގަޔަށް، އެތައް ފަހަރެއްގެ މަތިން ބަޑި ޖަހާފައިވެއެވެ. އެ ޙާދިސާ އާއި އިންޑިޔާގެ ކްރިމިނިލަ ނެޓްވޯކެއް ކަމުގައިވާ ލޯރެންސް ބިޝްނޯއީ ގޭންގާ ގުޅުން ހުރިތޯ އެގައުމުގެ ފުލުހުން ބަލަމުން އަންނަ ކަމުގައި ވެސް ރިޕޯޓުތައް ބުނެއެވެ.

މި ހަމަލާ ދީފައި މިވަނީ ސިއްދީގުގެ ފުރާނައަށް ނުރައްކާވެދާނެތީ އޭނާގެ ސެކިއުރިޓީ ވަރުގަދަކޮށްފައި ވަނިކޮށެވެ.

މަހާރާޝްތުރާގެ ޑެޕިއުޓީ ޗީފް މިނިސްޓަރު އަޖިތު ޕަވާރު ވަނީ މި މަރާ ގުޅިގެން އެކަން ކުށްވެރިކޮށް ފުރިހަމަ ތަހުގީގެއް ކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ހަމަލާގެ މޭސްތިރިވެސް ހޯދާނެކަމަށް އޭނާ ވިދާޅުވިއެވެ.

ބޮލީވުޑްގެ ތަރިންނާއި އެހެނިހެން ޕާޓީތަކާ ގާތް ގުޅުމެއް ބާއްވަމުން އަންނަ ސިއްދީގީ އަކީ މަހާރާޝްތުރާގެ ސިޔާސީ ގޮތުން ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އޭނާ އަކީ ޝިވް ސޭނާ އާއި ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އާ އެކު އެ ސްޓޭޓްގެ ވެރިކަން ކުރާ އެންސީޕީ ކޯލިޝަންގެ ތެރޭގައި އިސް ދައުރެއް އަދާކުރައްވާފައިވާ ބޭފުޅެއް ވެސް މެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިންޑިއާގައި ބެންގާލީ އެކްޓަރަކަށް ގެރިމަސް ދިން ވެއިޓަރަކު ހައްޔަރުކޮށްފިދުނިޔެ | 2 މަސް ކުރިންއިތުރު ޤައުމުތަކަށް ނިޕާ ވައިރަސް ފެތުރުމުގެ ފުރުސަތު ކުޑަ: ޑަބްލިއުއެޗްއޯޚަބަރު | 2 މަސް ކުރިންއިންޑިއާ ގައުމީ ޓީމުގެ ކޯޗުކަމަށް ޒަވީ ކުރިމަތިލުމުން ބޭރުކޮށްލައިފިކުޅިވަރު | 8 މަސް ކުރިންއިންޑިޔާ ކަނޑަށް އަތްގަދަކުރަން ވަރުގަދަ ވާދަވެރިކަމެއް އޮތް ކަމަށް އިންޑިޔާއިން ބުނެފިދުނިޔެ | އަހަރެއް ކުރިން