logo
Bank of Maldives

Bank of Maldives

ޚަބަރު

ދިވެހީންނަށް ލިބިފައިވާ އެންމެ ބޮޑު ފަޚުރަކީ ދިވެހިބަސް: ވަޒީރު ހީނާ

އައިޝަތު ނަޝާ
14 މޭ 2026 - 06:00
ދިވެހީންނަށް ލިބިފައިވާ އެންމެ ބޮޑު ފަޚުރަކީ ދިވެހިބަސް: ވަޒީރު ހީނާ

ދިވެހީންނަށް ދިވެހީންގެ ގޮތުގައި ތިބުމުގެ އެންމެ ބޮޑު ސަބަބަކީ އަޅުގަނޑުމެންގެ އަމިއްލަ މާދަރީ ބަސް ކަމަށް ފަންނާއި، ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ޕީ.އެސް.އެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގުރާމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި ދިވެހިރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން ކިތަންމެ ކުޑަ ޤައުމެއް ނަމަވެސް، އަޅުގަނޑުމެންނަކީ ވަކި ބަހަކުން ވާހަކަދައްކާ، އަދި އަމިއްލަ އަކުރަކުން ލިޔާ ފަޚުރުވެރި ބަޔަކަށް ވުމީ ދިވެހި އަމިއްލަވަންތަކަމުގެ އެންމެ ވަރުގަދަ ތަނބެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން، ރާއްޖޭގެ އެކި އަތޮޅުތަކުގައި ތަފާތު ގިނަ ބަހުރުވަތަކުން ވާހަކަދެއްކުމަކީ ދިވެހިބަހުގެ މުއްސަނދިކަން ހާމަކޮށްދޭ ކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. މި މުއްސަނދިކަމާއެކު، ދިވެހިބަހަކީ ދިވެހީންގެ މެދުގައި އޮންނަ އެއްބައިވަންތަކަމާއި ގުޅުން ދަމަހައްޓައިދޭ މައިގަނޑު ވަސީލަތް ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދިވެހިބަހާއި، ސަގާފަތާއި ތަރިކަ ރައްކާތެރިކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކޮށްލެވެއެވެ. ވަޒީރު ހީނާ ވަލީދު އިތުރަށް ވިދާޅުވީ، ދިވެހިބަހަކީ އަޅުގަނޑުމެންގެ އައިޑެންޓިޓީ ނުވަތަ އަމިއްލަވަންތަކަން ކަމަށްވާއިރު، އެ ބަސް އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ ކޮންމެ ދިވެއްސެއްގެ ޒިންމާއެއް ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގައި ހިރިގަލުން ހަދާފައިހުރި މިސްކިތްތައް ދުނިޔޭގެ ތަރިކައިގެ ލިސްޓަށް އެރުވުމަށް ޔުނެސްކޯގެ ޓީމެއް އަންނަނީޚަބަރު | 6 ގަޑިއިރު ކުރިންމިނިވަންދުވަހުގެ ހަރަކާތްތަކަށް ހަރަދުވީ ޖުމްލަ 4.1 މިލިއަން ރުފިޔާ: މިނިސްޓަރު ހީނާޚަބަރު | 6 ގަޑިއިރު ކުރިންމަސައްކަތް ކުރާނީ އަމިއްލަ ޖަމިއްޔާތަކުގެ ބައިވެރިވުން ހިމަނައިގެން: ވަޒީރު ހީނާޚަބަރު | 22 ދުވަސް ކުރިންޤައުމެއްގެ އަމިއްލަވަންތަކަން ދެމިއޮންނާނީ އެ ބައެއްގެ މާޒީ އެނގިގެން: ވަޒީރު ހީނާޚަބަރު | މަހެއް ކުރިން