logo
Bank of Maldives

Bank of Maldives

ޚަބަރު

އެލްޖީއޭގެ މުވައްޒަފުންނަކީ ސިވިލް ސަރވިސްގެ މުވައްޒަފުން ކަމަށް ހަމަޖެއްސުމުގެ އިސްލާޙު ތަސްދީޤު ކުރައްވައިފި

އެލްޖީއޭގެ މުވައްޒަފުންނަކީ ސިވިލް ސަރވިސްގެ މުވައްޒަފުން ކަމަށް ހަމަޖެއްސުމުގެ އިސްލާޙު ތަސްދީޤު ކުރައްވައިފި

ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް 18 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤުކުރައްވައިފިއެވެ.

މި ބިލު ފާސްކުރައްވާފައިވަނީ، 2026 މޭ 14 ވީ ބުރާސްފަތި ދުވަހު ބޭއްވި، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 19 ވަނަ ޖަލްސާގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބިލަށް ގެނެވުނު މައިގަނޑު އިޞްލާޙުގެ ތެރޭގައި ހިމެނެނީ، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މުވައްޒަފުންނަކީ ސިވިލް ސަރވިސްގެ މުވައްޒަފުން ކަމުގައި ހަމަޖެއްސުމެވެ.

އެގޮތުން، ލޯކަލް ކައުންސިލްތަކުގެ މަސައްކަތްތަކާއި ހަރަކާތްތައް ވިލަރެސްކުރުމުގެ ޒިންމާ މަތިކޮށްފައިވާ އިދާރާ ކަމުގައިވާ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން ގެނެވުނު އިޞްލާޙްތަކުގެ ތެރޭގައި އޮތޯރިޓީގެ މުވައްޒަފުން އައްޔަނުކޮށް ވަކިކުރުމުގައްޔާއި، މުވައްޒަފުންނާ ގުޅޭ އެނޫންވެސް ކަންކަމުގައި، ޒިންމާދާރު އިސްވެރިޔާގެ ދައުރު އަދާކުރާނީ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރުކަމަށް ވަނީ އިޞްލާޙްގައި ބަޔާންކޮށްފައެވެ. އަދި އޮތޯރިޓީގެ ބޯޑުގެ ލަފާގެ މަތީން، މުވައްޒަފުންގެ މަގާމުތަކުގެ އޮނިގަނޑު އެކުލަވައިލައި ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހަޅައި ފާސްކުރަންވާނެކަމަށް އިޞްލާޙުގައިވެއެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފަށާތާ ގިނަވެގެން 30 ދުވަހުގެ ތެރޭގައި އޮނިގަނޑު އެކުލަވައިލައި، ފާސްކުރުމަށް ޓަކައި ސިވިލް ސަރވިސް ކޮމިޝަނަށް އޮތޯރިޓީން ހުށަހަޅަންވާނެއެވެ. ސިވިލް ސަރވިސް ކޮމިޝަނުން 15 ދުވަހުގެ ތެރޭގައި އޮނިގަނޑު ފާސްކުރުމަށް، އަދި އެ ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައި އޮތޯރިޓީގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑު، ނޭޝަނަލް ޕޭ ކޮމިޝަނުން ކަނޑައަޅައި ނިންމަންވާނެކަމަށް ވެސް މި ބިލަށް ހުށަހެޅުނު އިޞްލާޙުގައި ހިމަނާފައިވެއެވެ.

މީގެ އިތުރުންވެސް ރަށްރަށާއި ސިޓީތަކުގައި ޤާނޫނުގެ ދަށުން، ލޯކަލް ކައުންސިލްތަކުން ފޯރުކޮށްދޭންޖެހޭ އާންމު ޚިދުމަތްތަކުގެ ތެރޭގައި ކުނި މެނޭޖުކުރުމުގެ ޚިދުމަތް ވަނީ ގެނެވުނު އިޞްލާޙްތަކުގެ ތެރޭގައި ހިމަނާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރެއްވުމާއެކު، މިހާރު ވަނީ މި ޤާނޫނަށް ޢަމަލުކުރަން ފަށާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕާޓީގެ އެންމެން ތިބީ ރައީސް އާއެކު، ބައިބައިކުރަން ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ: މަޖިލިސް ރައީސްޚަބަރު | ގަޑިއިރެއް ކުރިންއެލްޖީއޭގެ މުވައްޒަފުންނަކީ ސިވިލް ސަރވިސްގެ މުވައްޒަފުން ކަމަށް ހަމަޖެއްސުމުގެ އިސްލާޙު ތަސްދީޤު ކުރައްވައިފިޚަބަރު | ގަޑިއިރެއް ކުރިންކިތަންމެ ފާޑުކިޔުމެއް އަމާޒުވިޔަސް މި ސަރުކާރު ދެމިއޮންނާނީ އިސްލާމް ދީން ހިމާޔަތް ކުރުމުގަ: ރައީސްޚަބަރު | ގަޑިއިރެއް ކުރިންއޭޑީއެޗްޑީ ބޭސް ލިބޭނެ ގޮތް ހަމަޖެއްސުމަށް ރައީސް ޤަރާރެއް ނެރުއްވައިފިޚަބަރު | 2 ދުވަސް ކުރިން