logo
Bank of Maldives

Bank of Maldives

ޚަބަރު

ވިސާއާ ނުލައި މިހާރު ސީޝެލްސްއަށް ދަތުރުކުރެވޭނެ: ފޮރިން މިނިސްޓަރު

މަރިޔަމް މާޙީ
15 މޭ 2026 - 10:52
ވިސާއާ ނުލައި މިހާރު ސީޝެލްސްއަށް ދަތުރުކުރެވޭނެ: ފޮރިން މިނިސްޓަރު

ދިވެހިރާއްޖެއާއި ސީޝެލްސްއާ ދެމެދު ވެވުނު ވިސާ އެކްޒެމްޕްޝަން އެގްރީމަންޓަށް މިއަދުން ފެށިގެން އަމަލުކުރަން ފަށައިފިއެވެ.

މިއާއެކު ދިވެހިންނަށް އެއްވެސް އުނދަގުލަކާ ނުލައި ވިސާއާ ނުލައި ސީޝެލްސްއަށް ދަތުރުކުރުމުގެ މަގު މިވަނީ ފަހިވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފޮރިން މިނިސްޓްރީން ހާމަކުރައްވާފައިވާ ގޮތުގައި، މި އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ރައްޔިތުންނަށް ވެސް 30 ދުވަހުގެ ކުރު މުއްދަތަކަށް ވިސާއާ ނުލައި ދަތުރުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިކަމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެ، ދަތުރުފަތުރު ކުރުމުގައި ދިވެހި ރައްޔިތުންނަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މި އެއްބަސްވުމަށް އަމަލުކުރަން ފަށާފައިވަނީ ސީޝެލްސްގެ ޚާރިޖީ ވަޒީރު އޮނަރަބަލް ބެރީ ފޯރް ރާއްޖެއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މިއީ ޖަޒީރާ ދެ ގައުމެއްގެ ގޮތުންނާއި، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ގޮތުގައި ރާއްޖެއާއި ސީޝެލްސްއާ ދެމެދު އޮތް ގާތް އެކުވެރިކަމާއި ބަދަހި އެއްބާރުލުން ރަމްޒުކޮށްދޭ ތާރީޚީ ފިޔަވަޅެކެވެ.

ޚާރިޖީ ވަޒީރު ވިދާޅުވި ގޮތުގައި، މި ނިންމުމުގެ ސަބަބުން ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ އިޖުތިމާއީ ގުޅުންތައް ބަދަހިވެ، ފަތުރުވެރިކަމުގެ ދާއިރާއަށާއި އެ ދާއިރާއާ ގުޅުންހުރި އިންވެސްޓްމަންޓްތަކަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެއެވެ. އަދި ދެ ގައުމުގެ ގުދުރަތީ ރީތިކަމާއި ކަނޑުފަޅުތަކުގެ ތަޖުރިބާ ހޯދުމަށް ދިވެހިންނަށާއި ސީޝެލްސްގެ ރައްޔިތުންނަށް މީގެ ސަބަބުން އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދަނީ ދިވެހިންނަށް ބޭރު ގައުމުތަކަށް ދަތުރުކުރުމުގައި ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ސީޝެލްސްއާއެކު މި ފެށުނު ވިސާގެ ލުއިތަކަކީ އެ މަސައްކަތްޕުޅުގެ ދަށުން ލިބުނު މުހިންމު ކާމިޔާބީއެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސައުދީ އަރަބިއްޔާއަށް ކުރާ ތުހުމަތުތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފިޚަބަރު | 13 ދުވަސް ކުރިންވިސާއާނުލާ ދިވެހިންނަށް ތައިލެންޑަށް ދަތުރުކުރެވޭ މުއްދަތު 30 ދުވަހަށް އިތުރުކޮށްފިޚަބަރު | 15 ދުވަސް ކުރިންސަޢޫދީ އަށް ދިން ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިޚަބަރު | 22 ދުވަސް ކުރިންހާމަނާއީގެ ޖަނާޒާގައި ބައިވެރިނުވެވުނީ ސަފީރު ފެންވަރުގެ ބޭފުޅުންނަށް ބައިވެރިނުވެވޭތީ: ފޮރިން މިނސްޓްރީޚަބަރު | މަހެއް ކުރިން