logo
MPL

MPL

ޚަބަރު

ހާމަނާއީގެ ޖަނާޒާގައި ބައިވެރިނުވެވުނީ ސަފީރު ފެންވަރުގެ ބޭފުޅުންނަށް ބައިވެރިނުވެވޭތީ: ފޮރިން މިނސްޓްރީ

އައިޝަތު ނަޝާއައިޝަތު ނަޝާ
8 ޖުލައި 2026 - 13:51
ހާމަނާއީގެ ޖަނާޒާގައި ބައިވެރިނުވެވުނީ ސަފީރު ފެންވަރުގެ ބޭފުޅުންނަށް ބައިވެރިނުވެވޭތީ: ފޮރިން މިނސްޓްރީ

މި މަހުގެ ތިންވަނަ ދުވަހު އޮތް ޚާމަނާއީގެ ރަސްމީ ޖަނާޒާގައި ރާއްޖޭގެ ފަރާތުން އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިނުގަނެވުނީ ފަހުވަގުތު އިރާނުގެ ޕްރޮޓޮކޯލަށް އައި ބަދަލަކާ ގުޅިގެން ކަމަށް ދިވެހި ރާއްޖޭގެ ފޮރިން މިނިސްޓްރީން ހާމަކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ހާމަކުރި ގޮތުގައި، މި މަހުގެ ތިންވަނަ ދުވަހު އޮތް ޚާމަނާއީގެ ރަސްމީ ޖަނާޒާގައި ބައިވެރިވުމަށް ދިވެހި ސަރުކާރަށް ދައުވަތު ލިބުނެވެ. އަދި ރާއްޖޭގެ ފަރާތުން އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނީ ސައުދީ އަރަބިއްޔާއަށާއި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަޙްމަދު ސަރީރު ކަމަށް އިރާން ސަރުކާރަށް ރަސްމީކޮށް އޮތީ އަންގާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނަމަވެސް، ސަފީރު ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ފުރާވަޑައިގަންނަވާ ވަގުތު ކައިރިވެފައި ވަނިކޮށް އިރާން އެމްބަސީން އަންގާފައިވަނީ، ބޭރު ގައުމުތަކުގެ ވަފުދުތަކަށް ޕްރޮޓޮކޯލް އިންތިޒާމް ހަމަޖެއްސުމުގެ އުސޫލަށް ގެނައި ބަދަލަކާ ގުޅިގެން، ސަފީރުންގެ ފެންވަރުގައި ޖަނާޒާގައި ބައިވެރިނުވެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މި މައުލޫމާތު ލިބުމާއެކު، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ ފެންވަރުގެ ބޭފުޅަކު ޖަނާޒާގައި ބައިވެރިވުމަށް ފޮނުވުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދިޔަ ކަމަށް ވެސް ބުންޏެވެ.

އެހެންނަމަވެސް، ތެހެރާނަށް ދިއުމަށް ފްލައިޓްތަކަށް ހުއްދަ ދެވޭ ސުންގަޑި ކައިރިވެފައިވުމާއި، ސްޓޭޓް މިނިސްޓަރަށް ތެހްރާނަށް ވަޑައިގެންނެވޭނީ ޖަނާޒާގެ ރަސްމީ ބައި ނިމޭ ފަހުން ކަމަށް ވާތީ އެ ދަތުރުފުޅު ކުރެވޭ ގޮތް ވަނީ ނުވެފައި ކަމަށް މިނިސްޓްރީން ބުންޏެވެ.މިކަމާ ގުޅިގެން އިރާން ސަރުކާރުން ވަނީ ރާއްޖެއިން ސްޓޭޓް މިނިސްޓަރެއް ފޮނުވުމަށް ނިންމި ނިންމުމަށް ޝުކުރު އަދާކޮށްފައި ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

އަދި މި ވަގުތު ދަތުރުފުޅު ކުރެއްވުމުގެ ބަދަލުގައި، ފަހުގެ ތާރީޚެއްގައި ސަރުކާރުގެ އިސް ބޭފުޅަކު އެ ގައުމަށް ޒިޔާރަތް ކުރެއްވުމަށް އިރާނުން ލަފާދިން ކަމަށް ވަނީ ބުނެފައެވެ،.

އިރާނުގެ ސުޕްރީމް ލީޑަރު އަވަހާރަވުމާ ގުޅިގެން، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރާއްޖޭގެ ޚާރިޖީ ވަޒީރު ވަނީ އިރާނުގެ ޚާރިޖީ ވަޒީރަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވާފައި ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަލަސްތީނަށް މިނިވަން ދައުލަތެއް ހޯދައިދޭން ގުޅިގެން މަސައްކަތް ކުރުމަށް އޯއައިސީގައި ރާއްޖެއިން ގޮވާލައިފިޚަބަރު | 7 ދުވަސް ކުރިންމިނިސްޓަރު އިރުތިޝާމު އިރާގުގައިޚަބަރު | 7 ދުވަސް ކުރިންސައޫދީގެ ދެ އެއާޕޯޓަކަށް ދިން ހަމަލާ: އެއްވެސް ދިވެއްސަކަށް އަސަރެއް ނުކުރޭ!ޚަބަރު | 13 ދުވަސް ކުރިންއިތުރު ހަތަރު ގައުމެއްގައި އެމްބަސީތައް ގާއިމު ކުރަނީޚަބަރު | 14 ދުވަސް ކުރިން