logo
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ޢަބްދުﷲ ޞާދިޤް ކާމިޔާބު ކުރައްވައިފިBank of Maldives

Bank of Maldives

ޚަބަރު

ޔާމީންގެ ވެރިކަމުގައި އޮތީ ކޮރަޕްޝަނާއި އަނިޔާވެރިކަން: ރައީސް މުއިއްޒު

 ޔާމީންގެ ވެރިކަމުގައި އޮތީ ކޮރަޕްޝަނާއި އަނިޔާވެރިކަން: ރައީސް މުއިއްޒު

ޕީއެންސީން ރޭ ބޭއްވި ޖަލްސާއެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމަށް ވަރުގަދަ ރައްދެއް ދެއްވައި، ކިތަންމެ ވަރަކަށް ތަރައްގީކުރިޔަސް އެ ދައުރުގައި ގައުމުގައި އޮތީ ކޮރަޕްޝަނާއި އަނިޔާވެރިކަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ވިދާޅުވީ ކުރީގައި ވެގެންދިޔަ ކަންކަމަކީ ނުވާ ކަމެއްގެ ގޮތުގައި ނުހެދޭނެ ކަމަށާއި މާޒީގެ ސަފުހާތައް ނިއުޅާލައި ބަލާލުމުން ވެރިކަން ކުރެއްވި ބޭފުޅުންގެ ހަގީގަތް ހުރީ ފެންނަން ކަމަށެވެ. މީގެ ކުރިން މީހަކު ކިރިޔާ އެއްޗެއް ބުނާއިރަށް ޖަލަށްލީ ދުވަސް ވެސް ދިޔަ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"ތަރައްގީގެ މަޝްރޫއުތައް ވަރަށް ގިނައިން ހިންގި، އަޅުގަނޑު މިއީ އޭގެ އެންމެ ބޮޑު ޒިންމާއެއް ހަވާލުކޮށްފައި ހުރި އެކަކު. ދެން މިތާ އެބަތިބި ބައެއް ވަޒީރުން އެ ޒިންމާގައި ބައިވަރު އިހުލާސްތެރި މަސައްކަތްކުރެއްވި. އެކަމަކު ތަރައްގީކުރިޔަސް، ގައުމުގައި އޮތީ ކޮރަޕްޝަނާއި އަނިޔާވެރިކަން. ސިޔާސީ ހުރިހާ އެންމެން ޖަލުގައި. އެއީ ގައުމުވެސް ފެންނަން ހުރި ހަގީގަތް. އެހެންވީމާ ޓްރެކް ރެކޯޑު މިއޮތީ ވަރަށް ސާފުކޮށް ޑިސްޕްލޭ ވެފައި،" ރައީސް ވިދާޅުވިއެވެ.

ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރަން މި ސަރުކާރު އޮތީ ވަރަށް އެކުވެރިކަމާއެކު، ވަރަށް ބަދަހިކަމާއެކު ކަމަށް ރައީސް ވިދާޅުވިއެވެ. ކޮރަޕްޝަންގެ އަމަލު ހިންގަން ހިތަށް އަރާ ބޭފުޅަކު ވިޔަސް، ގާތުގައި ބަސްކިޔަން ހުންނަވަން ހައްދަވާނެ ކަމެއް ނެތް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރަޝާދު ނިޔާވުމާ ގުޅިގެން ރައީސްގެ ތަޢުޒިޔާޚަބަރު | 3 ގަޑިއިރު ކުރިންތިމާވެށީގެ ކަންކަމުގައި ރާއްޖެއަކީ ގޮތްހުސްވެފައި އޮންނަ ގައުމެއް ނޫން: ރައީސްޚަބަރު | 7 ގަޑިއިރު ކުރިންކުޅިވަރުތައް ނަމާދަށް މެދުކަނޑާލުމާއި ކުޅިވަރު ކުޅޭ މައިދާންތަކުގައި ނަމާދު ކުރެވޭގޮތް ހެދުމަށް އެ ތިން ރައީސުން ގަޔާނުވަނީތަ؟ރިޕޯޓް | 7 ގަޑިއިރު ކުރިންތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ކޮންމެ އަހަރަކު 7 މިލިއަން ރުފިޔާ ގްރީން ފަންޑުން ޚަރަދު ކުރަނީޚަބަރު | 8 ގަޑިއިރު ކުރިން