logo
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ޢަބްދުﷲ ޞާދިޤް ކާމިޔާބު ކުރައްވައިފިBank of Maldives

Bank of Maldives

ޚަބަރު

އިޖްތިމާޢީ ފޭރާން ރަނގަޅުކުރަން ޖެހެނީ ބަދަހި އާއިލާތަކަކުން: ރައީސް

މަރިޔަމް މާޙީ
15 މޭ 2026 - 05:04
އިޖްތިމާޢީ ފޭރާން ރަނގަޅުކުރަން ޖެހެނީ ބަދަހި އާއިލާތަކަކުން: ރައީސް

ޤައުމެއްގެ އިޖްތިމާޢީ ފޭރާން ރަނގަޅުކުރުމަށްޓަކައި އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ބަދަހި އަދި ހަރުދަނާ ޢާއިލާތަކެއް ބިނާކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ ބައިނަލްއަގްވާމީ އާއިލާތަކުގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސް ވިދާޅުވީ، ޢާއިލާއެއްގެ ފެށުމަކީ މައިންބަފައިން ކަމަށްވާއިރު، މާތްﷲގެ އެއްކައުވަންތަކަން ޤަބޫލުކުރުމަށްފަހު މުސްލިމަކު ދެން އެންމެ ބޮޑު އިސްކަމެއް ދޭން އަމުރުވެވިގެންވާ އެއް ކަމަކީ މަންމައާއި ބައްޕައަށް ހެޔޮކޮށްހިތުމާއި ކިޔަމަންގަތުން ކަމަށެވެ. މާތްވެގެންވާ އިސްލާމްދީނުގައި ޢާއިލާއަށް ދީފައިވާ މަތިވެރި ޤަދަރާއި އަހުމިއްޔަތުކަން، ހަމައެކަނި މިކަމުންވެސް ވަރަށް ސާފުކޮށް ހާމަވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، ޢާއިލާގެ ތެރެއިން އުފައްދައިދޭ ލޭގެ މަތިވެރި ގުޅުމަކީ ދުވަހަކުވެސް ކެނޑިގެންދާނެ ގުޅުމެއް ނޫން ކަމަށެވެ. އަދި ޤައުމުގެ އިޖްތިމާޢީ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި، ކޮންމެ އާއިލާއަކީވެސް އެކަކު އަނެކަކަށް އަޅާލާ، ބަދަހި ބިންގަލެއްގެ މަތީގައި އޮތް އާއިލާއަކަށް ވާންޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި އުފާވެރި ދުވަހުގެ ތަހުނިޔާ ހުރިހާ ދިވެހި ރައްޔިތުންނަށް ފޮނުއްވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮންމެ ދިވެހި ރައްޔިތަކަށްމެ ޢާއިލީ ލޯތްބާއި އަޅާލުމާއެކު ބާއްޖަވެރި ޙަޔާތަކަށް އެދިވަޑައިގެން ދުޢާކުރައްވާފައެވެ.

ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ އާއިލާތަކުގެ ދުވަހަކީ ކޮންމެ އަހަރެއްގެވެސް މެއި މަހުގެ 15 ވަނަ ދުވަހެވެ. މި ދުވަސް ފާހަގަކުރުމުގެ މަގްސަދަކީ މުޖުތަމައުގައި އާއިލީ ގުޅުންތައް ބަދަހިކުރުމުގެ މުހިންމުކަމާމެދު ހޭލުންތެރިކަން އިތުރުކުރުމެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރަޝާދު ނިޔާވުމާ ގުޅިގެން ރައީސްގެ ތަޢުޒިޔާޚަބަރު | 3 ގަޑިއިރު ކުރިންތިމާވެށީގެ ކަންކަމުގައި ރާއްޖެއަކީ ގޮތްހުސްވެފައި އޮންނަ ގައުމެއް ނޫން: ރައީސްޚަބަރު | 7 ގަޑިއިރު ކުރިންކުޅިވަރުތައް ނަމާދަށް މެދުކަނޑާލުމާއި ކުޅިވަރު ކުޅޭ މައިދާންތަކުގައި ނަމާދު ކުރެވޭގޮތް ހެދުމަށް އެ ތިން ރައީސުން ގަޔާނުވަނީތަ؟ރިޕޯޓް | 8 ގަޑިއިރު ކުރިންތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ކޮންމެ އަހަރަކު 7 މިލިއަން ރުފިޔާ ގްރީން ފަންޑުން ޚަރަދު ކުރަނީޚަބަރު | 8 ގަޑިއިރު ކުރިން