logo
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ޢަބްދުﷲ ޞާދިޤް ކާމިޔާބު ކުރައްވައިފިBank of Maldives

Bank of Maldives

ޚަބަރު

ޑައިވިން ހާދިސާއާ ގުޅިގެން ރައީސް މުޢިއްޒު އިޓަލީގެ ރައީސަށް ތަޢުޒިޔާ ފޮނުއްވައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
15 މޭ 2026 - 11:46
ޑައިވިން ހާދިސާއާ ގުޅިގެން ރައީސް މުޢިއްޒު އިޓަލީގެ ރައީސަށް ތަޢުޒިޔާ ފޮނުއްވައިފި

ވ. އަތޮޅުގައި އިއްޔެ ހިނގި ހިތާމަވެރި ޑައިވިން ހާދިސާއާ ގުޅިގެން، އިޓަލީގެ ރައީސް ސާޖިއޯ މަޓަރެއްލާއަށާއި އެ ގައުމުގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ފުން ތަޢުޒިޔާއެއް ފޮނުއްވައިފިއެވެ.

މި ހާދިސާގެ ސަބަބުން ލިބުނު ފުން ހިތާމަ ފާޅުކުރައްވައި ރައީސް މުޢިއްޒު ފޮނުއްވި މެސެޖުގައި ވިދާޅުވީ، މި ހިތާމަވެރި ވަގުތުގައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ހަމްދަރުދީ އޮތީ އިޓަލީގެ ރައްޔިތުންނާ އެކުގައި ކަމަށެވެ. މި ހާދިސާގައި މަރުވި އިޓަލީ ރައްޔިތާ އާއި، ގެއްލިފައިވާ ހަތަރު މީހުންގެ އިތުރުން މި ހާދިސާގައި އަސަރުކުރި ހުރިހާ އާއިލާތަކަށް ރައީސްގެ މެސެޖުގައި ކެތްތެރިކަން އެދިވަޑައިގެންފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ގެއްލިފައިވާ ހަތަރު ޑައިވަރުން ހޯދުމުގެ މަސައްކަތަކީ މިވަގުތު ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތް ކަމަށެވެ. އަދި ގެއްލުނު މީހުން ހޯދުމަށްޓަކައި މިހާރު ކުރިއަށްދާ ވަރުގަދަ އޮޕަރޭޝަނުގައި އިޓަލީ ސަރުކާރުގެ ފަރާތުން ލިބެމުންދާ އެއްބާރުލުމާއި އެހީތެރިކަން ދިވެހި ސަރުކާރުން ބަލައިގަންނަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ވ. އަތޮޅުގައި ހިނގި މި ހާދިސާގައި ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ހުއްޓުމެއް ނެތި އަންނަނީ ކުރަމުންނެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރަޝާދު ނިޔާވުމާ ގުޅިގެން ރައީސްގެ ތަޢުޒިޔާޚަބަރު | 4 ގަޑިއިރު ކުރިންތިމާވެށީގެ ކަންކަމުގައި ރާއްޖެއަކީ ގޮތްހުސްވެފައި އޮންނަ ގައުމެއް ނޫން: ރައީސްޚަބަރު | 7 ގަޑިއިރު ކުރިންކުޅިވަރުތައް ނަމާދަށް މެދުކަނޑާލުމާއި ކުޅިވަރު ކުޅޭ މައިދާންތަކުގައި ނަމާދު ކުރެވޭގޮތް ހެދުމަށް އެ ތިން ރައީސުން ގަޔާނުވަނީތަ؟ރިޕޯޓް | 8 ގަޑިއިރު ކުރިންތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ކޮންމެ އަހަރަކު 7 މިލިއަން ރުފިޔާ ގްރީން ފަންޑުން ޚަރަދު ކުރަނީޚަބަރު | 8 ގަޑިއިރު ކުރިން