logo
Bank of Maldives

Bank of Maldives

ޚަބަރު

ޔާމީނާއި، ސޯލިހް އަދި ނަޝީދު ރައްޔިތުންނަކީ މޮޔައިން ކަމުގައި ދެކޭތީ ހައިރާންވޭ: މުހައްމަދު އިސްމާއީލް

މުހައްމަދު މޫސާމުހައްމަދު މޫސާ
15 މޭ 2026 - 18:20
 ޔާމީނާއި، ސޯލިހް އަދި ނަޝީދު ރައްޔިތުންނަކީ މޮޔައިން ކަމުގައި ދެކޭތީ ހައިރާންވޭ: މުހައްމަދު އިސްމާއީލް

ކުރީގެ ތިން ރައީސުން އެކުވެގެން ސިޔާސީ މަސައްކަތްޕުޅުކުރެއްވުމަށް އެއްބަސްވެ ބައިއަތުހިފާފައިވާއިރު، ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް އެ ބޭފުޅުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

މުހައްމަދު އިސްމާއީލް ވިދާޅުވީ، ކުރީގެ ތިން ރައީސުން އެއްގަލަކަށް އަރައި، ރައްޔިތުންގެ ކުރިމައްޗަށް ނުކުންނަވާއިރު، ރައްޔިތުންނަކީ އެއްވެސް އެއްޗެއް ހަނދާން ނުހުންނަ މޮޔައިން ކަމަށް އެ ބޭފުޅުން ދެކޭތީ ހައިރާންވާ ކަމަށެވެ. އެ ބޭފުޅުންގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ހިންގާފައިވާ "ޖަރީމާތައް" ދިވެހި ރައްޔިތުންގެ ހަނދާނުގައި މިއަދުވެސް ވަރަށް ތާޒާކޮށް އެބަހުރި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

"ދާދިދެންމެޔަކު ކުރި ކަމެއްހެން މި ތިން ވެރިންގެ ދައުރުގައި ހިންގާފައި ހުރި ކަންކަން ރައްޔިތުންގެ ހަނދާނުގައި އެބަހުރި. އަޅުގަނޑު ހިތަށް އަރަނީ މި ބޭފުޅުން ރައްޔިތުންނަކީ މޮޔައިން ކަމަށް ދެކެނީ ކީއްވެބާއޭ،" މުހައްމަދު އިސްމާއީލް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، މި ބޭފުޅުން މިއަދު "ނޫސްވެރިކަމުގެ ދިފާއުގައި" ނުވަތަ "ގައުމުގެ ދިފާއުގައި" ކަމަށް ވިދާޅުވެ ނުކުންނަވާއިރު ލަދުގަންނަން ޖެހޭނެ ކަމަށެވެ. އަދި މި އުޅުއްވަނީ ގައުމަށް ހެޔޮއެދިގެން ނޫން ކަމަށާއި، ކުރިން ލިބެމުންދިޔަ "ބައިބަރުތައް" ނުލިބި ލަސްވާތީ، އަލުން ވެރިކަމުގެ ދަހިވެތިކަމުގައި ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.

މި މޭރުމުން ވާހަކަ ދައްކަވަމުން މުހައްމަދު އިސްމާއީލް ވަނީ މާޒީގައި ހިނގާފައިވާ ބައެއް ކަންކަން ހަނދާންކޮށްދެއްވާފައެވެ. އެގޮތުން ޖީއެމްއާރު (GMR) އެގްރީމަންޓާއި، އެމްޑަބްލިއުއެސްސީ (MWSC) އަދި ދިރާގުން އަމިއްލަ ޖީބުތަކަށް ފައިސާ އެޅި ކަމަށް ބުނާ މައްސަލަތަކަށް އޭނާ އިޝާރާތް ކުރެއްވިއެވެ. މީގެ އިތުރުން، ފަނޑިޔާރުން ވަގަށް ނެގުމާއި، ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައި ފަނޑިޔާރުން ހައްޔަރުކުރުމާއި، ގާނޫނާ ހިލާފަށް ފަނޑިޔާރުން ވަކިކުރި ހާދިސާތައް އޭނާ ފާހަގަކުރެއްވިއެވެ.

މީޑިއާތަކަށް ދީފައިވާ ހަމަލާތަކަށް އަލިއަޅުއްވާލަމުން އޭނާ ވިދާޅުވީ، ޑީޓީވީގަޔާއި ރާއްޖެ ޓީވީގައި ހުޅުޖެހިއިރު ވެރިކަމުގައި ތިއްބެވީ ކޮން ބޭފުޅުންނެއްކަން ރައްޔިތުން ހަނދާން ނުނެތޭނެ ކަމަށެވެ.

"ވެރިކަމާ ހެދި ލޮލަށް ނިދިނައިސްގެން ތިޔަ އުޅޭ އުޅުމުން ރައްޔިތުންނަށް ކަންކަން ވަރަށް ސާފުވޭ. މާބޮޑަށް ދަހިވެތިވެ ފެންބޮވައިގަތުމުން ތިހެން ވެދާނެ. އެކަމަކު ދަންނަވަންތޯ، ދެނެއް ދިވެހި ރައްޔިތުން ތި ތިން ބޭފުޅުންގެ ތެރެއިން އެއްވެސް ބޭފުޅަކާ މި ގައުމުގެ ހުންގާނެއް ހަވާލެއް ނުކުރާނެ،" މުހައްމަދު އިސްމާއީލް ވިދާޅުވިއެވެ.

މުހައްމަދު އިސްމާއީލް އިތުރަށް ވިދާޅުވީ، މިއަދު ރައްޔިތުން ޔަގީންކުރަނީ ގައުމާއި ރައްޔިތުންދެކެ ހެޔޮއެދޭ، ގައުމީވަންތަ ވެރިއަކު (ރައީސް ޑރ. މުހައްމަދު މުއިއްޒު) ރާއްޖެއަށް ލިބިއްޖެ ކަމަށެވެ. އޭނާ ވަނީ އިދިކޮޅު ފަރާތްތަކަށް ކެތްތެރިކަން އިސްކުރުމަށް ގޮވާލައްވާފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔާމީނާއި، ސޯލިހް އަދި ނަޝީދު ރައްޔިތުންނަކީ މޮޔައިން ކަމުގައި ދެކޭތީ ހައިރާންވޭ: މުހައްމަދު އިސްމާއީލްޚަބަރު | ގަޑިއިރެއް ކުރިންރައީސް ޔާމީންގެ އަސްލު ފިކުރު މިރޭ ހާމަވެގެންދާނެ: ޝުޖާޢުޚަބަރު | 4 ގަޑިއިރު ކުރިންޕާޓީގެ އެންމެން ތިބީ ރައީސް އާއެކު، ބައިބައިކުރަން ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ: މަޖިލިސް ރައީސްޚަބަރު | ދުވަހެއް ކުރިންކިތަންމެ ފާޑުކިޔުމެއް އަމާޒުވިޔަސް މި ސަރުކާރު ދެމިއޮންނާނީ އިސްލާމް ދީން ހިމާޔަތް ކުރުމުގަ: ރައީސްޚަބަރު | ދުވަހެއް ކުރިން