logo
Bank of Maldives

Bank of Maldives

ޚަބަރު

ހޮރްމޫޒް ކަނޑުއޮޅިއާ ގުޅޭގޮތުން އދ އަށް ހުށަހަޅާފައިވާ ޤަރާރު ރާއްޖެއިން ކޯ-ސްޕޮންސާ ކޮށްފި

ހޮރްމޫޒް ކަނޑުއޮޅިއާ ގުޅޭގޮތުން އދ އަށް ހުށަހަޅާފައިވާ ޤަރާރު ރާއްޖެއިން ކޯ-ސްޕޮންސާ ކޮށްފި

ހޮރްމޫޒް ކަނޑުއޮޅިއާ ގުޅޭގޮތުން، ބަހުރައިން، ކުވައިތު، ޤަތަރު، ސައޫދީ އަރަބިއްޔާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް، އަދި ޖޯޑަން އިން އދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހަޅާފައިވާ ޤަރާރު ދިވެހިރާއްޖެއިން ކޯ-ސްޕޮންސާ ކޮށްފިއެވެ.

މި ގަރާރަކީ ހޮރްމޫޒު ކަނޑުއޮޅިއާއި, ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާއި، މިނިވަންކަމާއެކު އުޅަނދު ފަހަރު ދަތުރުފަތުރުކުރުމުގެ ޙައްޤުތަކާއި ބައިނަލްއަގުވާމީ ވިޔަފާރިއާއި މުދާ އުފުލާ ނިޒާމުތައް ހިމާޔަތްކުރުމާ ގުޅޭގޮތުން ހުށަހަޅާ ފައިވާ ގަރާރެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ގަރާރު ދިވެހިރާއްޖެ އިން ކޯ ސްޕޮންސާ ކުރަން ނިންމި ނިންމުމުގެ ސަބަބުން، ޔުނައިޓަޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ ހިމެނޭހެން ކަނޑުގެ ޤާނޫނުތަކާ ގުޅޭގޮތުން ރާއްޖެއިން ޤަބޫލުކުރާ އުޞޫލުތަކާއި، މިނިވަންކަމާއެކު އުޅަނދުފަހަރު ދަތުރުފަތުރުކުރުމުގެ ޙައްޤު ދެމެހެއްޓުމާއި، އަދި ކަނޑުގެ ގާނޫނުގެ ދަށުން ދިވެހިރާއްޖެ ފަދަ، އާޗިޕެލަޖިކް ޤައުމުތަކަށް ލިބިގެންވާ ޚާއްސަ ޙައްޤުތަކާއި އިހްތިޞާޞްތަކަށް އެއްވެސް އުނިކަމެއް ނާންނާނެ އެވެ.

މި ނިންމުން ނިންމާފައިވަނީ މި ޤަރާރުގެ ސަބަބުން ރާއްޖޭގެ ޤައުމީ މަޞްލަޙަތަށް، ނުވަތަ ކަނޑުގެ ސަރަޙައްދީ އިޚްތިޞާޞަށް، ނުވަތަ ބައިނަލްއަޤުވާމީ ޤާނޫނުގެ ދަށުން ޖަޒީރާ ޤައުމުތަކަށް ލިބިގެންވާ ޙައްޤުތަކަށް އަސަރުކޮށްފާނެ ފަދަ އެއްވެސް މާނަކުރުމަކަށް އަމަލުކުރަން ދިވެހިރާއްޖެ އިން އިސްތިސްނާވާ ގޮތުގެ މަތިންނެވެ.

ގަލްފުގެ މަސްރަޙު އިތުރަށް ގޯސްވިޔަނުދީ, ބައިނަލްއަޤުވާމީ ވިޔަފާރިއާއި މުދާ އުފުލާ ނިޒާމުތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުގެ ސަބަބުން ކުރިމަތިވަމުންދާ އަދި ކުރިމަތިވެދާނެ ދަތިތައް ކުޑަކުރުމަށް އިސްކަން ދިނުމަށް ދިވެހިރާއްޖެ އިން ދަނީ ބާރުއަޅަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސައުދީ އަރަބިއްޔާއަށް ކުރާ ތުހުމަތުތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފިޚަބަރު | 13 ދުވަސް ކުރިންވިސާއާނުލާ ދިވެހިންނަށް ތައިލެންޑަށް ދަތުރުކުރެވޭ މުއްދަތު 30 ދުވަހަށް އިތުރުކޮށްފިޚަބަރު | 15 ދުވަސް ކުރިންސަޢޫދީ އަށް ދިން ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިޚަބަރު | 22 ދުވަސް ކުރިންހާމަނާއީގެ ޖަނާޒާގައި ބައިވެރިނުވެވުނީ ސަފީރު ފެންވަރުގެ ބޭފުޅުންނަށް ބައިވެރިނުވެވޭތީ: ފޮރިން މިނސްޓްރީޚަބަރު | މަހެއް ކުރިން