logo
Bank of Maldives

Bank of Maldives

ދުނިޔެ

އިޒްރޭލް ފެއިލްކޮށްލައި ބަލްގޭރިއާއިން ޔޫރޯވިޜަން ކާމިޔާބުކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
17 މޭ 2026 - 11:30
އިޒްރޭލް ފެއިލްކޮށްލައި  ބަލްގޭރިއާއިން ޔޫރޯވިޜަން ކާމިޔާބުކޮށްފި

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބޭއްވި 70 ވަނަ ޔޫރޯވިޜަން ލަވަ މުބާރާތް ބަލްގޭރިއާއިން ކާމިޔާބުކޮށް، އެ ގައުމަށް ތާރީޚީ ކާމިޔާބީއެއް ހޯދައިދީފިއެވެ.

ބަލްގޭރިއާއިން މި މުބާރާތް ކާމިޔާބުކުރި ނަމަވެސް، މިއަހަރުގެ މުބާރާތް ފާހަގަކުރެވިގެން ގޮސްފައިވަނީ އިޒްރޭލުން ގައްޒާގައި ހިންގަމުންދާ އުދުވާނާ ގުޅިގެން ގިނަ ގައުމުތަކަކުން މުބާރާތް ބޮއިކޮޓްކުރުމުގެ ސަބަބުން ކުރިމަތިވި ހަމަނުޖެހުންތަކުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބަލްގޭރިއާގެ ފަރާތުން މި މުބާރާތުގައި ބައިވެރިވި ލަވަކިޔުންތެރިޔާ "ޑާރާ" އޭނާގެ ފޯރިގަދަ ނެށުމުގެ ލަވަ "ބަންގަރަންގާ" އިން މުބާރާތް ކާމިޔާބުކުރީ، އާންމުންގެ ބޮޑު ސަޕޯޓަކާއެކު އިޒްރޭލުން ދެވަނަ ހޯދާފައި ވަނިކޮށެވެ. މިއީ ބަލްގޭރިއާއިން މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.

މުބާރާތުގެ ފައިނަލް ކުރިއަށް ދިޔައިރު، އިޒްރޭލުން ގައްޒާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން އިހުތިޖާޖު ކުރުމުގެ ގޮތުން ސްޕެއިން، ނެދަލޭންޑްސް، އަޔަލޭންޑް، އައިސްލޭންޑް އަދި ސްލޮވީނިއާގެ ރަސްމީ ބްރޯޑްކާސްޓަރުން ވަނީ މިއަހަރުގެ މުބާރާތުގައި ބައިވެރިނުވާން ނިންމާފައެވެ. ނަމަވެސް އިޒްރޭލުން ބުނަމުންދަނީ މިއީ އެ ގައުމާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި ހިންގާ ދޮގު މައުލޫމާތު ފެތުރުމުގެ ކެމްޕޭނެއް ކަމަށެވެ.

މުބާރާތް ކާމިޔާބުކުރުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑާރާ ބުނީ، މި ކާމިޔާބީއަކީ ގަބޫލުކުރަންވެސް ދަތި ކާމިޔާބީއެއް ކަމަށެވެ. ސިޔާސީ އެއްވެސް ކަމެއް ހިމަނާފައިނުވާ އޭނާގެ ލަވަ "ބަންގަރަންގާ" އަކީ އަމިއްލަ ނަފްސުގެ ބާރުވެރިކަމާއި، ބިރުވެރިކަމެއް ނެތި ލޯބިވުމުގެ މައްޗަށް ބިނާކޮށްފައިވާ ލަވައެއް ކަމަށް އޭނާ ކިޔައިދިނެވެ.

މި މުބާރާތުގައި އިޒްރޭލުގެ ފަރާތުން ހުށަހެޅި "މިޝޭލް" ލަވައަށް އާންމުންގެ ވޯޓުން ބޮޑު އަދަދެއް ލިބި، ތާވަލުގެ އަށްވަނައިން ދެވަނައަށް ޖެހިލި ވަގުތު، މުބާރާތް ބަލަން ތިބި ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށް އަޑުގަދަކޮށްފައެވެ. މީގެ އިތުރުން، އިޒްރޭލުގެ ރަސްމީ ބްރޯޑްކާސްޓަރު "ކާން" އިން ވޯޓު ހޯދުމަށް މާ ބޮޑަށް ބާރުއަޅައި ވީޑިއޯތައް އާންމުކުރުމާ ގުޅިގެން، މުބާރާތް އިންތިޒާމުކުރާ ފަރާތުން ވަނީ އެ ފަރާތަށް ރަސްމީކޮށް އިންޒާރުވެސް ދީފައެވެ.

ޔޫރަޕްގެ ގައުމުތަކުގެ މެދުގައި ބާއްވާ މި މުބާރާތަށް މިއަހަރު 70 އަހަރު ފުރުނުއިރު، މިއީ މުބާރާތުގެ ތާރީޚުގައިވެސް ސިޔާސީ ގޮތުން އެންމެ ބޮޑު ހަލަބޮލިކަމެއް ކުރިމަތިވި އެއް އަހަރެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިންޑިއާގައި ކައިވެންޏަށް ނުރުހި ބައްޕައަކު ދަރިފުޅު ވަޅަކަށް ވައްޓާލައި ގަލުންތަޅާ މަރާލައިފިދުނިޔެ | ގަޑިއިރެއް ކުރިންއިޒްރޭލް ފެއިލްކޮށްލައި ބަލްގޭރިއާއިން ޔޫރޯވިޜަން ކާމިޔާބުކޮށްފިދުނިޔެ | ގަޑިއިރެއް ކުރިން މައުންޓް އެވަރެސްޓަށް އެރުމުގެ އަމިއްލަ ރެކޯޑްތައް އަލުން މުގުރާލައިފިދުނިޔެ | ގަޑިއިރެއް ކުރިންވެއްޓިފައިވާ ޔޫއެފްއޯތަކުން ހަތަރު ބާވަތެއްގެ އޭލިއަން ފެނުނު: އެމެރިކާގެ ކުރީގެ ރިސާޗަރެއްދުނިޔެ | 20 ގަޑިއިރު ކުރިން