logo
Bank of Maldives

Bank of Maldives

ދުނިޔެ

އިންޑިއާގައި ކައިވެންޏަށް ނުރުހި ބައްޕައަކު ދަރިފުޅު ވަޅަކަށް ވައްޓާލައި ގަލުންތަޅާ މަރާލައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
17 މޭ 2026 - 11:42
އިންޑިއާގައި ގަލުންތަޅައި ދަރިފުޅުމަރާލި ރަހުމްކުޑަ ބައްޕަ އާއި ދަރިފުޅު
އިންޑިއާގައި ގަލުންތަޅައި ދަރިފުޅުމަރާލި ރަހުމްކުޑަ ބައްޕަ އާއި ދަރިފުޅު

އިންޑިއާގެ ކަރްނާޓަކާ ސްޓޭޓްގެ ތުމަކުރު ޑިސްޓްރިކްޓްގައި، ގެއްލިގެން ހޯދަމުންދިޔަ 17 އަހަރުގެ އަންހެން ކުއްޖަކު، އޭނާގެ އަމިއްލަ ބައްޕަ ރަހުމްކުޑަ ގޮތަކަށް މަރާލާފައިވާ ކަމަށް އެ ސްޓޭޓްގެ ފުލުހުން ބުނެފިއެވެ.

މި ހާދިސާގައި މަރުވެފައިވަނީ ޝީރާ ތާލޫކުގެ ނިމްބެމަރަދަހައްލީ އަވަށަށް ނިސްބަތްވާ މޭގްނާ ނަމަކަށް ކިޔާ ކުއްޖެކެވެ. ފުލުހުން ހާމަކުރި ގޮތުގައި މޭގްނާ މަރާލާފައިވަނީ އޭނާގެ ބައްޕަ، ތިއްމަރައްޔައްޕާއެވެ. މި ރަހުމްކުޑަ އަމަލު ހިންގާފައިވަނީ އާއިލާގެ ތެރޭގައި ކުއްޖާގެ ކައިވެންޏާ ގުޅޭގޮތުން އުފެދުނު ދެބަސްވުންތަކެއްގެ ނަތީޖާއެއްގެ ގޮތުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މޭގްނާ ގެއްލިފައިވަނީ މިދިޔަ އޭޕްރިލް މަހުގެ 16 ވަނަ ދުވަހުއެވެ. އޭނާގެ މަންމަ، ނިރްމަލާ، މަސައްކަތް ނިންމާފައި ހަވީރު 6:30 ހާއިރު ގެއަށް އައިއިރު މޭގްނާ ގޭގައި ނެތުމުންނާއި، ފޯނު ނިވާލާފައި އޮތުމުން ޝައްކު އުފެދި ފުލުހުންނަށް މައްސަލަ ހުށަހެޅިއެވެ.

ތަހުގީގުން އެނގުނު ގޮތުގައި، މޭގްނާގެ މަންމަގެ އާއިލާގެ ފަރާތުން މޭގްނާއަށް ކައިވެންޏެއް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދިޔަ ނަމަވެސް، ބައްޕަ ތިއްމަރައްޔައްޕާ އެކަމާ ވަނީ ވަރަށް ބޮޑަށް ދެކޮޅު ހަދާފައެވެ. މި މައްސަލާގައި އާއިލާގެ ތެރޭގައި ޒުވާބު ހިނގަމުންދާތާ ހަތަރު ފަސް މަސް ދުވަސް ވެފައިވާ ކަމަށްވެއެވެ.

ފުލުހުންގެ ސުވާލުކުރުންތަކުގައި ތިއްމަރައްޔައްޕާ ވަނީ ކުށަށް އިއުތިރާފުވެފައެވެ. އޭނާ ފުރަތަމަ މޭގްނާ ވަޅަކަށް ވައްޓާލުމަށްފަހު، އޭނާގެ ގަޔަށް ގާ އުކައިގެން މަރާލީއެވެ. އެއަށްފަހު، ވަޅުން ހަށިގަނޑު ނަގައިގެން ގޮސް އެކަހެރި ސަރަހައްދެއްގައި ވަނީ ވަޅުލާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މި ޖަރީމާ ހިންގުމަށްފަހު ފުލުހުންނަށް ޝައްކުވިޔަ ނުދިނުމަށްޓަކައި، ކުއްޖާ ގެއްލިގެން ރިޕޯޓް ކުރަން ދިޔައިރުވެސް ތިއްމަރައްޔައްޕާ ވަނީ އޭނާގެ އަންހެނުންނާއެކު ފުލުސް އޮފީހަށް ގޮސްފައެވެ. ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިންޑިއާގައި ކައިވެންޏަށް ނުރުހި ބައްޕައަކު ދަރިފުޅު ވަޅަކަށް ވައްޓާލައި ގަލުންތަޅާ މަރާލައިފިދުނިޔެ | ގަޑިއިރެއް ކުރިންއިޒްރޭލް ފެއިލްކޮށްލައި ބަލްގޭރިއާއިން ޔޫރޯވިޜަން ކާމިޔާބުކޮށްފިދުނިޔެ | ގަޑިއިރެއް ކުރިން މައުންޓް އެވަރެސްޓަށް އެރުމުގެ އަމިއްލަ ރެކޯޑްތައް އަލުން މުގުރާލައިފިދުނިޔެ | 2 ގަޑިއިރު ކުރިންވެއްޓިފައިވާ ޔޫއެފްއޯތަކުން ހަތަރު ބާވަތެއްގެ އޭލިއަން ފެނުނު: އެމެރިކާގެ ކުރީގެ ރިސާޗަރެއްދުނިޔެ | 20 ގަޑިއިރު ކުރިން