logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖެ-އިންޑިއާ ގުޅުމަށް 60 އަހަރު: ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކޮށްފި

މަރިޔަމް މާޙީ
18 މޭ 2026 - 04:44
ރާއްޖެ-އިންޑިއާ ގުޅުމަށް 60 އަހަރު: ގުޅުން ބަދަހިކުރުމަށް ފުޅާދާއިރާއެއްގައި މަޝްވަރާކޮށްފި

ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ސިޔާސީ ގުޅުމަށް 60 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ޚާއްސަ ސެމިނާރ އެއްގައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ގުޅިގެން ކުރިއަށްގެންދާނެ ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފިއެވެ.

މި ސެމިނާރގައި ވޭތުވެދިޔަ ހަ އަހަރުދުވަހުގެ ތެރޭގައި ދެ ގައުމުގެ ދެމެދުގައި އޮތް ތާރީޚީ ގުޅުންތަކުގެ މައްޗަށް ފުންކޮށް ބަލާލައި، ތަފްސީލީ ދިރާސާތަކެއް ވަނީ ހުށަހަޅާފައެވެ. ސެމިނާރގެ ބައިވެރިން ވަނީ ދެ ގައުމުގެ ގުޅުމަކީ ހަމައެކަނި ވަކިވަކި ދާއިރާތަކަކަށް މަހްދޫދުވެފައިވާ ގުޅުމެއްގެ ބަދަލުގައި، މުޅި ގުޅުން އެކުލެވިގެންވާ ގޮތުގެ މައްޗަށް ބިނާކޮށް ފުރިހަމަ ތަސައްވުރެއް ހުށަހަޅައިދީފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން، ތިމާވެއްޓަށް އަންނަ ބަދަލުތަކާއި، ދެމެހެއްޓެނިވި ތަރައްގީއާއި، ދެ ގައުމުގެ ދެމެދުގައި އޮތް ތާރީޚީ އަދި ސަގާފީ ގުޅުންތަކުގެ މައްޗަށް މި ބައްދަލުވުމުގައި އަލިއަޅުވާލާފައިވެއެވެ. އަދި ސިއްހީ ދާއިރާއިން ދެ ގައުމު ގުޅިގެން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނެވެ.

މީގެ އިތުރުން، މި ސެމިނާރގެ ސެޝަންތަކުގައި އިގްތިސާދީ ކުރިއެރުމާއި، ވިޔަފާރިއާއި، ތައުލީމާއި އިންސާނީ ވަސީލަތްތައް ތަރައްގީކުރުމުގެ މުހިންމުކަމުގެ މައްޗަށް ވާހަކަދެކެވުނެވެ. އަދި ބައިނަލްއަގުވާމީ ގުޅުންތަކުގެ އިތުރުން އުމްރާނީ ތަރައްގީ ފަދަ ސްޓްރެޓެޖިކް ގޮތުން މުހިންމު ދާއިރާތަކާ ގުޅޭ ތަފްސީލީ މައުލޫމާތުތައް ބައިވެރިންނާ ހިއްސާކޮށްފައިވެއެވެ.

މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު، ހައި ކޮމިޝަނަރު ބާލަސުބްރަމާނިއަން ދެއްކެވި ވާހަކަފުޅުގައި، ދެ ގައުމުގެ ދެމެދުގައި އޮތް ގާތް އަދި ތާރީޚީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، މިފަދަ ހަރަކާތެއް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް 60 އަހަރުވީ ބަދަހި ޚާރިޖީ ގުޅުމާއި، އެ ގުޅުމުގެ ސަބަބުން ދެ ގައުމުގެ ރައްޔިތުންނަށް ލިބިފައިވާ ކުރިއެރުންތައް ފާހަގަކުރުމެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފައިސާގެ އަގު ދަށްވުމާއި ވިސާގެ ހަރުކަށި އުސޫލުތަކުގެ ސަބަބުން އިންޑިއާ ކިޔަވާ ކުދިން ދެވަނަ ވިސްނުމަކަށްދުނިޔެ | މަހެއް ކުރިންއިމްތިހާނު ކަރުދާސް ލީކުވި މައްސަލައިގައި އިންޑިއާއިން ޓެލެގްރާމް ބްލޮކްކޮށްފިދުނިޔެ | މަހެއް ކުރިންޓްރަމްޕް އިންޑިއާއަށް ވަޑައިގަންނަވާނެކަމަށް ވައުދުވެވަޑައިގެންފިދުނިޔެ | މަހެއް ކުރިންމަޝްހޫރު މޮޑެލް އަދި ބަތަލާ ޓްވިޝާގެ މަރުގެ މައްސަލާގައި މައިދައިތަ ހައްޔަރުކޮށްފިދުނިޔެ | 2 މަސް ކުރިން