logo
Bank of Maldives

Bank of Maldives

ޚަބަރު

ދިގު މުއްދަތަކަށް ދައުލަތަށް ޚިދުމަތްކުރެއްވި ފާރޫޤް އަޙްމަދު ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

މަރިޔަމް މާޙީ
18 މޭ 2026 - 06:08
ދިގު މުއްދަތަކަށް ދައުލަތަށް ޚިދުމަތްކުރެއްވި ފާރޫޤް އަޙްމަދު ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

ދިވެހި ދައުލަތަށް 41 އަހަރަށްވުރެ ދިގު މުއްދަތަކަށް އަގުހުރި ޚިދުމަތްތަކެއް ކުރެއްވި، ފުވައްމުލައް ސިޓީ، މާދަނޑު، ސަމާ، ފާރޫޤް އަޙްމަދު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އެޢާއިލާއަށް ތަޢުޒިޔާ ފޮނުއްވައިފިއެވެ.

ފާރޫޤް އަޙްމަދު އަވަހާރަވުމުގެ ހިތާމައިގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ކުރެއްވި ސޯޝަލް މީޑިއާ މެސެޖެއްގައި، މަރްޙޫމްގެ ޢާއިލާއަށާއި ފުވައްމުލަކު ސިޓީގެ ރައްޔިތުންނަށް ވަނީ ފުން ހިތާމައާއެކު ތަޢުޒިޔާ ދަންނަވާފައެވެ. ރައީސްގެ މެސެޖުގައި ވިދާޅުވީ، ފާރޫޤް އަޙްމަދަކީ ދިވެހި ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރެއްވި، ޚާއްޞަކޮށް ފުވައްމުލަކު އަތޮޅުވެރިކަމާއި އިދާރީ ހިންގުމުގެ އެކި މަޤާމުތަކުގައި ބޮޑެތި ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެއިތުރުން، ފާރޫޤް އަޙްމަދަކީ ދިވެހި އަދަބިއްޔާތަށާއި، ދިވެހި ތާރީޚަށް ވެސް ގިނަގުނަ ޚިދުމަތްތަކެއް ކުރެއްވި ތަޖުރިބާކާރު އަގުހުރި ޝަޚްޞިއްޔަތެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ސިފަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ މަރްޙޫމް ފާރޫޤް އަޙްމަދަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވައި، މާތްﷲގެ ތަނަވަސް ރަޙްމަތުގައި ލަހައްޓެވުން އެދި ދުޢާ ކުރައްވަމުންނެވެ.

ފާރޫޤް އަޙްމަދު ނިޔާވިއިރު އޭނާއަކީ ފުވައްމުލަކުގެ ތަރައްޤީއަށާއި، އެ ރަށުގެ އިޖުތިމާޢީ އަދި ސަގާފީ ދާއިރާއަށް ނުހަނު ބޮޑު މަސައްކަތްތަކެއް ކޮށްދެއްވާފައިވާ، ރައްޔިތުންގެ އިޙްތިރާމް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިގު މުއްދަތަކަށް ދައުލަތަށް ޚިދުމަތްކުރެއްވި ފާރޫޤް އަޙްމަދު ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފިޚަބަރު | ގަޑިއިރެއް ކުރިންދިވެހި ވަޠަނީ ޚިދުމަތުގެ 2 ވަނަ ބުރު ނިންމި ދަރިވަރުންނަށް ރައީސް މަރުހަބާ ވިދާޅުވެއްޖެޚަބަރު | 18 ގަޑިއިރު ކުރިންކުރިނބީ ކައުންސިލް އިދާރާގެ އައު އިމާރާތް ހުޅުވައިފިޚަބަރު | 2 ދުވަސް ކުރިންމަރުޙޫމް މުޙައްމަދު މަހުދީ ގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެޚަބަރު | 2 ދުވަސް ކުރިން