logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖޭގެ އިގްތިސާދީ އަދި އިޖުތިމާއީ ކުރިއެރުމުގައި ސައުދީ އަކީ މުހިންމު ބައިވެރިއެއް: މިނިސްޓަރ އިރުތިޝާމް

މަރިޔަމް މާޙީ
18 މޭ 2026 - 06:18
ރާއްޖޭގެ އިގްތިސާދީ އަދި އިޖުތިމާއީ ކުރިއެރުމުގައި ސައުދީ އަކީ މުހިންމު ބައިވެރިއެއް: މިނިސްޓަރ އިރުތިޝާމް

ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް، ސައުދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރު ހިޒް ހައިނަސް ޕްރިންސް ފައިސަލް ބިން ފަރްހާން އަލް ސައުދާ ފޯނުން ގުޅުއްވައި، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުންތަކާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރައްވައިފިއެވެ.

މި ފޯނު ކޯލުގައި ދެ ވަޒީރުން ވަނީ ރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮތް ގާތް އަދި ޒަމާންވީ އުޚުއްވަތްތެރި ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި، ދެ ގައުމުގެ ދެމެދުގައި އޮތް އެއްބާރުލުން އިތުރަށް ހަރުދަނާކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަފުޅު ދައްކަވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޚާރިޖީ ވަޒީރު އިރުތިޝާމް ވަނީ ސައުދީ ސަރުކާރުން ރާއްޖޭގެ ތަރައްގީއަށް ފޯރުކޮށްދެމުންދާ މެދުކެނޑުމެއްނެތް އެހީތެރިކަމާއި އެއްބާރުލުމަށް ޓަކައި އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ. ވަޒީރުގެ ވާހަކަފުޅުގައި، ރާއްޖޭގެ އިގްތިސާދީ އަދި އިޖުތިމާއީ ކުރިއެރުމުގައި ސައުދީ އަރަބިއްޔާއަކީ މުހިންމު ބައިވެރިއެއްކަން ފާހަގަކުރެއްވިއެވެ.

ޚާއްޞަގޮތެއްގައި، ޖެހިޖެހިގެން ދެވަނަ އަހަރަކަށް "މައްކާ ރޫޓް އިނީޝިއޭޓިވް" ގައި ރާއްޖެ ހިމަނާފައިވާތީ، އެކަމަށްޓަކައި ވަޒީރު ޝުކުރު އަދާކުރެއްވިއެވެ. މީގެ އިތުރުން ރަސްމީ ދަތުރުފުޅުތަކުގައި ސައުދީ ސަރުކާރުން ބަހައްޓަވާ ގާތްކަމާއި ދެއްވާ މެހެމާންދާރީ ވަޒީރު ވަނީ ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.

މި މަޝްވަރާގައި ސަރަހައްދީ ގޮތުން މިހާރު ހިނގަމުންދާ މުހިންމު ކަންތައްތަކާ ގުޅޭގޮތުންވެސް ދެ ވަޒީރުން ޚިޔާލު ބަދަލުކުރެއްވިއެވެ.

ވާހަކަދައްކައިގެންނާއި ގުޅިގެން މަސައްކަތްކޮށްގެން ސަރަހައްދީ ސުލްހަ މަސަލަސްކަމާއި، ސަލާމަތާއި ރައްކާތެރިކަން އަދި ހަމަޖެހުން ގާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ދިވެހި ސަރުކާރުގެ ފުރިހަމަ ތާއީދު އޮތްކަން ވަޒީރު އިރުތިޝާމް މި މަޝްވަރާގައި ތަކުރާރުކުރެއްވިއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ އިގްތިސާދީ އަދި އިޖުތިމާއީ ކުރިއެރުމުގައި ސައުދީ އަކީ މުހިންމު ބައިވެރިއެއް: މިނިސްޓަރ އިރުތިޝާމްޚަބަރު | ގަޑިއިރެއް ކުރިން