ގެއްލުނު 4 ޑައިވަރުންގެ ހަށިހަނޑު ހޮހޮޅައިގެން ތެރެއިން ފެނިއްޖެ!
18 މޭ 2026 - 10:15
.webp&w=2048&q=75)
ވ. އަތޮޅުގެ ކަނޑުއަޑީގެ ހޮހޮޅައަކަށް ޑައިވްކުރަން ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ހަތަރު ޑައިވަރުންގެ ހަށިގަނޑު ފެނިއްޖެއެވެ.
ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު 4 ފަތުރުވެރިން ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑާއި، ފުލުހުންގެ ޚިދުމަތާއި އަދި އިޓަލީ ސަރުކާރުން ހަމަޖެއްސި ބޭރުގެ ތަޖުރިބާކާރު ޑައިވަރުން ގުޅިގެން މިއަދު ހިންގި އޮޕަރޭޝަނުގައި، އެމީހުންގެ ހަށިގަނޑުތައް ލޮކޭޓްކުރެވިފައި ވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.

Ad by Hajj Corporation
ގެއްލުނު 4 ފަތުރުވެރިންގެ ހަށިގަނޑު ފެނިފައިވަނީ އެމީހުން ޑައިވް ކުރި ކޭވް (ހޮހަޅަ) ތެރެއިންކަމށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ. އަދި ކުރިއަށް ހުރި ޑައިވްތަކުގައި އެމީހުންގެ ހަށިގަނޑުތައް ކޭވްއިން ނެގުމުގެ މަސައްކަތް ކުރުމަށް ރޭވިފައިވާ ކަމަށް ވެސް އެމްއެންޑީއެފްއިން މައުލޫމާތުދެއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ވ. އަތޮޅުގެ ކަނޑުއަޑީގެ ހޮހޮޅައަކަށް ޑައިވްކުރަން ގޮސް އުޅެނިކޮށް ގެއްލުނީ އިޓަލީގެ ހަތަރު ޑައިވަރަކާއި އެމީހުން އިންސްޓްރަކްޓަރެވެ. އިޓަލީގެ އިންސްޓްރަކްޓަރު ބުރާސްފަތި ދުވަހު ފެނިފައިވާއިރު،އޭނާ ފެނުނީ ގާތްގަނޑަކަށް 60 މީޓަރު (197 ފޫޓް) އަޑިން ހޮހަޅައިގެ ތެރެއިންނެވެ.
މި އޮޕަރޭޝަނުގައި ބައިވެރިވުމަށް ރާއްޖޭން ބޭރުން އައިސްފައިވަނީ 3 ޑައިވަރުންނެވެ. އެއީ ފިންލޭންޑުގެ މިފަދަ ނުރައްކާތެރި އޮޕަރޭޝަންތަކަށް ހާއްސަ، ކޭވް ޑައިވިން ފަދަ ޑައިވިންތައް ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައިވާ ބޭފުޅުންނެވެ.
މިކަމާގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ވިދާޅުވީ ވ. އަތޮޅު ކަނޑުއަޑީގެ ހޮހަޅައެއްގެ ތެރެއިން، ގެއްލިގެން ހޯދަމުންދިޔަ އިޓަލީގެ ހަތަރު ފީނުންތެރިންގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ. އަދި މި ހަށިގަނޑުތައް ފެނިފައިވަނީ އެމްއެންޑީއެފް ކޯސްޓްގާޑާއި، މޯލްޑިވްސް ޕޮލިސް ސާވިސްގެ އިތުރުން، އިޓަލީ ސަރުކާރުގެ އިސްނެގުމާއެކު ހަމަޖެއްސި ފުންކަނޑުތަކަށް ފީނުމުގެ ހާއްސަ ތަޖުރިބާކާރުންގެ ޓީމަކުން ގުޅިގެން ހިންގި ހޯދުމުގެ އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ.
މި ހަށިގަނޑުތައް ކަނޑުއަޑިން ނެގުމުގެ މަސައްކަތް ކުރިއަށް އޮތް ދުވަސްތަކުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.


