logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖެއާއި އޮސްޓްރޭލިއާއާއި ދެމެދު ސީދާ ދަތުރުތައް ފަށައިފި

ރާއްޖެއާއި އޮސްޓްރޭލިއާއާއި ދެމެދު ސީދާ ދަތުރުތައް ފަށައިފި

ރާއްޖެއާއި އޮސްޓްރޭލިއާއާއި ދެމެދު ސީދާ ދަތުރުތައް ފަށައިފިއެވެ.

ރާއްޖޭގެ ގައުމީ އެއަރލައިން، މޯލްޑިވިއަން އޮސްޓްރޭލިއާއަށް ފެށި ދަތުރުތަކުގައި ފުރަތަމަ ފްލައިޓް މެލްބަންއިން ރާއްޖެއަށް އައިސްފައިވަނީ މެއި 19 ވަނަ ދުވަހުގެ ހެނދުނުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއީ ރާއްޖެއާއި އޮސްޓްރޭލިއާ ދެމެދު ސީދާ ދަތުރުތައް ފެށި ފުރަތަމަ ފަހަރެވެ.

މި ދަތުރުތައް އޮސްޓްރޭލިއާއަށް ފެށުން ފާހަގަކުރުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. ޓްރާންސްޕޯޓު މިނިސްޓަރ މުހައްމަދު އަމީން އާއި ފޮރިން މިނިސްޓްރ އިރްތިޝާމް އާދަމް އާއި ބައެއް އިއްޒަތްތެރިން ވަނީ ބައިވެރިވެފައެވެ.

މި ރަސްމިއްޔާތުގައި އެ ފްލައިޓުން ރާއްޖެ އައި ފަތުރުވެރިންނަށް ދިވެހި ސަޤާފީ ބޮޑުބެރާއިއެކު މަރުހަބާ ކިޔާފައި ވެއެވެ. ފުރަތަމަ ފްލައިޓްގައި 240 ފަތުރުވެރިން އައިސްފައިވާކަމަށް މޯލްޑިވިއަން އިން ބުނެއެވެ.

މޯލްޑިވިއަން އިން ހާމަކޮށްފައިވާ ގޮތުގައި ހަފުތާއަކު 1 ދަތުރު އޮސްޓްރޭލިއާއަށް ކުރުމަށް ވަނީ ހަމަޖެހިފައެވެ. ރާއްޖެއިން އޮސްޓްރޭލިއާއަށް ދާނީ އާދިއްތަ ދުވަހުއެވެ. އަދި އޮސްޓްރޭލިއާ އިން އެނބުރި ރާއްޖެއަށް އަންނާނީ އަންގާރަ ދުވަހުއެވެ. މިއީ، 11 ގަޑިއިރުގެ ދިގު ދަތުރެކެވެ. މި ދަތުރުތައް ކުރާނީ މޯލްޑިވިއަންގެ ވައިޑް ބޮޑީ އެއަރކްރާފްޓްގައެވެ.

ގައުމީ އެއަރލައިންގެ އަމާޒަކީ އަހަރަކު 11000 ފަތުރުވެރިން އޮސްޓްރޭލިއާ އިން ގެނައުން ކަމަށް އެކުންފުނިން ހާމަކޮށްފައިވާއިރު، އެ ކުންފުނިން ބުނީ އޮސްޓްރޭލިއާގެ މެލްބަންއަށް ދަތުރުތައް ފެށުމަށް ނިންމީ ވަރަށް ބޮޑަށް ދިރާސާކުރުމަށްފަހުގައި ކަމަށެވެ. އަދި އެއީ މެލްބާންއަކީ ރާއްޖޭގެ ޓޫރިސްޓުން އެންމެ ގިނަ އެއް ޤައުމުކަމަށްވުން ކަމަށް ބުންޏެވެ.

މޯލްޑިވިއަނުން އޮސްޓްރޭލިއާއަށް ފަށާ ސީދާ ދަތުރުތަކަށް ޑިމާންޑް ވަރަށް ބޮޑު ކަމަށާއި އެގޮތުން ފްލައިޓްތައް މިހާރުވެސް %50 ފުލްވެފައިވާ ކަމަށް ގައުމީ އެއަރލައިނުން ހާމަކުރެއެވެ. އަދި ނޮވެމްބަރއާއި ހިސާބަށް ފްލައިޓްތައް ހުރީ %50 ފުލްވެފައި ކަމަށާާއި ފުރަތަމަ 3 ފްލައިޓް %100 ފުލްވެފައިވާ ކަމަށް ވެސް ބުނެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖެއާއި އޮސްޓްރޭލިއާއާއި ދެމެދު ސީދާ ދަތުރުތައް ފަށައިފިޚަބަރު | ގަޑިއިރެއް ކުރިންގައުމީ އެއަރލައިންގެ އަމާޒަކީ އަހަރަކު 11000 ފަތުރުވެރިން އޮސްޓްރޭލިއާ އިން ގެނައުންޚަބަރު | ދުވަހެއް ކުރިންމޯލްޑިވިއަންގެ ދަތުރުތައް ބަންގްލަދޭޝަށް ފަށައިފިޚަބަރު | 2 މަސް ކުރިންއަނަންތަޕޫރީ ހޮސްޕިޓަލުން، މޯލްޑިވިއަންގެ ޕަސިންޖަރުންނަށް ޑިސްކައުންޓް ލިބޭ ފަހުމުނާމާއެއްޚަބަރު | 2 މަސް ކުރިން