logo
Bank of Maldives

Bank of Maldives

ދުނިޔެ

ދުނިޔޭގެ އެންމެ ބޯތަލަ މީހުން ގިނަ ގައުމަކަށް ސްޕެއިން

މުހައްމަދު މޫސާމުހައްމަދު މޫސާ
19 މޭ 2026 - 07:02
ދުނިޔޭގެ އެންމެ ބޯތަލަ މީހުން ގިނަ ގައުމަކަށް ސްޕެއިން

ދުނިޔޭގެ އެކި ގައުމުތަކުގެ ފިރިހެނުންގެ މެދުގައި އިސްތަށި ފޭބުމާއި ތަލަވުމުގެ މައްސަލަ ހުރި މިންވަރަށް ބަލައި ތައްޔާރުކޮށްފައިވާ ދިރާސާތަކުން ދުނިޔޭގެ އެންމެ ބޯތަލަ މީހުން ގިނަ ގައުމަކީ ސްޕެއިންކަމަށް ދައްކައިފިއެވެ.

ތަފާތު އެކި ކްލިނިކްތަކާއި ސިއްހީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ސްޕެއިންގެ ފިރިހެން އާބާދީގެ ގާތްގަނޑަކަށް 44.5 އިންސައްތަ މީހުންނަކީ އިސްތަށި ފޭބުމުގެ މައްސަލަ (androgenetic alopecia) ކުރިމަތިވެފައިވާ މީހުންނެވެ. ނަމަވެސް، މިފަދަ ތަފާސްހިސާބުތަކަކީ އެކި ދިރާސާތަކުގައި ތަފާތުކޮށް ހުންނަ މައުލޫމާތުތަކެއްކަން ފާހަގަކުރެވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިގޮތުން ބައެއް ރިޕޯޓްތަކުގައިވާ ގޮތުން ސްޕެއިން އެއްވަނައިގައި އޮތް ނަމަވެސް، "ވިންޗީ ހެއާ ކްލިނިކް" ފަދަ ބައެއް އިދާރާތަކުން މީގެ ކުރިން ބުނެފައިވަނީ ދުނިޔޭގެ އެންމެ ބޯތަލަ މީހުން ގިނަ ގައުމަކީ ޗެކް ރިޕަބްލިކް ކަމަށެވެ. އެ ގައުމުގެ ފިރިހެނުންގެ 42.8 އިންސައްތަ މީހުންނަކީ ތަލަ މީހުން ކަމަށް އެ ރިޕޯޓްތަކުގައި ބުނެފައިވެއެވެ.

މިފަދަ ރޭންކިންގްތައް އެކުލަވައިލުމުގައި ގޮންޖެހުންތަކެއް ހުރިކަން ދިރާސާވެރިން ފާހަގަކުރެއެވެ. ސަބަބަކީ މިއީ ދުނިޔޭގެ ފެންވަރުގައި ސަރުކާރުތަކުން ރަސްމީކޮށް ބަލަމުންދާ ހިސާބުތަކަކަށް ނުވުމެވެ. ގިނަ ފަހަރަށް މި ތަފާސްހިސާބުތަކަކީ އަމިއްލަ ހެއާ ޓްރާންސްޕްލާންޓް ކްލިނިކްތަކުންނާއި ސިއްހީ ދިރާސާ ކުރާ ޖަމިއްޔާތަކުން ކުދި ސާމްޕަލްތަކެއް ބޭނުންކޮށްގެން ތައްޔާރުކުރާ އަންދާޒާ ތަކެކެވެ.

ޖީންސްގެ ގޮތުންނާއި ސަރަހައްދީ ގޮތުން ބަލާއިރު، ދިރާސާތަކުން ދައްކާ ގޮތުގައި ޔޫރަޕް އަދި އުތުރު އެމެރިކާގެ ގައުމުތަކުގެ މީހުންގެ މެދުގައި ތަލަވުމުގެ މައްސަލަ، އޭޝިއާ އަދި އެފްރިކާގެ ގައުމުތަކުގެ މީހުންނަށްވުރެ ބޮޑެވެ. މީގެ މައިގަނޑު ސަބަބަކީ ޖީންސްގައި ހުންނަ ތަފާތުތަކެއްގެ ސަބަބުން އިސްތަށި ފޭބުމަށް މަގުފަހިވުން ކަމަށް ސިއްހީ މާހިރުން ބުނެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދުނިޔޭގެ އެންމެ ބޯތަލަ މީހުން ގިނަ ގައުމަކަށް ސްޕެއިން ދުނިޔެ | ގަޑިއިރެއް ކުރިންއޮސްޓްރޭލިއާގެ މަޝްހޫރު ފަތުރުވެރި ސަރަހައްދެއްގައި މިޔަރެއްގެ ހަމަލާގައި ޑައިވަރަކު މަރުވެއްޖެދުނިޔެ | 20 ގަޑިއިރު ކުރިންޓެކްސް އަށް މަކަރުހެދިކަމުގެ ދައުވާއިން ޝަކީރާ ސަލާމަތްވެ، އޭނާ އަށް 70 މިލިއަން ޑޮލަރު އަނބުރާ ދިނުމަށް ހުކުމެއްދުނިޔެ | 20 ގަޑިއިރު ކުރިންބަލިމީހުންގެ ފާރުގަނޑު ސާފުކުރުމަށް ފަނި ބޭނުންކުރުން: ޒަމާނީ ބޭސްވެރިކަމުގެ އާ އުކުޅެއް؟ދުނިޔެ | 2 ދުވަސް ކުރިން