logo
ގެއްލުނު 4 ފަތުރުވެރިންގެ ހަށިހަނޑު ހޮހޮޅައިގެން ތެރެއިން ފެނިއްޖެ!Bank of Maldives

Bank of Maldives

ދުނިޔެ

އޮސްޓްރޭލިއާގެ މަޝްހޫރު ފަތުރުވެރި ސަރަހައްދެއްގައި މިޔަރެއްގެ ހަމަލާގައި ޑައިވަރަކު މަރުވެއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ
18 މޭ 2026 - 12:24
އޮސްޓްރޭލިއާގެ މަޝްހޫރު ފަތުރުވެރި ސަރަހައްދެއްގައި މިޔަރެއްގެ ހަމަލާގައި ޑައިވަރަކު މަރުވެއްޖެ

އޮސްޓްރޭލިއާގެ ޕާތު ކައިރީގައި އޮންނަ މަޝްހޫރު ފަތުރުވެރި މަންޒިލެއް ކަމަށްވާ ރޮޓްނެސްޓް އައިލެންޑް ކައިރިން 16 ފޫޓުގެ ބޮޑު ހުދު މިޔަރެއް (Great White Shark) ދިން ހަމަލާއެއްގައި އުމުރުން 38 އަހަރުގެ ޑައިވަރަކު މަރުވެއްޖެއެވެ.

މިއީ ދުނިޔޭގައި އެންމެ ގިނައިން މިޔަރުގެ ހަމަލާތައް ރިޕޯޓްކުރާ އެއް ސަރަހައްދެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފޮކްސް ނިއުސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ މެއި މަހުގެ 16 ވަނަ ދުވަހުގެ ހެނދުނު 10 ޖަހާކަންހާއިރު، ޕާތުގެ އައްސޭރިފަށުން ގާތްގަނޑަކަށް 19 މޭލު ބޭރުގައި އޮންނަ، މަސްވެރިކަމާއި ޑައިވްކުރުމަށް މަޝްހޫރު "ހޯސްޝޫ ރީފް" ގައެވެ.

ކަމާބެހޭ ފަރާތްތަކުން މައުލޫމާތު ދޭ ގޮތުގައި، މަރުވި މީހާއަކީ އޭނާގެ ރައްޓެހިންނާއެކު ބަޑިޖަހައިގެން މަސްހިފަން (spearfishing) އުޅުނު މީހެކެވެ. އޭނާ އުޅަނދެއްގެ ކައިރީގައި މޫދުގައި އޮއްވައި، މިޔަރު ހަމަލާދީފައިވަނީ އޭނާގެ ފައިގެ ބައިތަކަށެވެ. މި ހަމަލާ ދިން މިޔަރަކީ ގާތްގަނޑަކަށް 16 ފޫޓު ހުރި ބޮޑު ހުދު މިޔަރެއް ކަމަށް ބެލެވެއެވެ. މިއީ މިޔަރުގެ ބާވަތްތަކުގެ ތެރެއިން އެންމެ ބާރުގަދަ އަދި ބޮޑު އެއް ބާވަތެވެ.

އެ މީހާއަށް ހަމަލާދިނުމާއެކު، އޭނާގެ ރައްޓެހިން ވަނީ ވަގުތުން އޭނާ ފެނުން މައްޗަށް ނަގައިގެން ލޯންޗެއްގައި އެއްގަމަށް ގެންގޮސްފައެވެ. އެއްގަމަށް ގެންދެވުނުއިރު އިމަޖެންސީ ފަރާތްތަކުން ސީޕީއާރު ދީފައިވީ ނަމަވެސް، އޭނާގެ ފުރާނަ ސަލާމަތް ކުރެވޭ ގޮތް ވަނީ ނުވެފައެވެ.

ނިއުސް ސެވަން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ސަރަހައްދުގެ "ޑިޕާޓްމަންޓް އޮފް ޕްރައިމަރީ އިންޑަސްޓްރީޒް އެންޑް ރީޖަނަލް ޑިވެލޮޕްމަންޓް" އިން ވަނީ މި ހާދިސާގެ ކުރިން ވެސް އެ ސަރަހައްދުން ބޮޑު ހުދު މިޔަރެއް ފެނިފައިވާކަން ކަށަވަރުކޮށްދީފައެވެ. އަދި އެ ސަރަހައްދުގެ ގޯޑީ ބޭ އާއި ރޮޓްނެސްޓް އައިލެންޑް ސަރަހައްދުގައި އުޅޭ މީހުން އިތުރަށް ސަމާލުވުމަށާއި، ބަންދުކޮށްފައިވާ ބީޗްތަކަށް ނޭރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މިއީ 2026 ވަނަ އަހަރުގެ ތެރޭގައި އޮސްޓްރޭލިއާގައި މިޔަރު ހަމަލާދީގެން މަރުވި ދެވަނަ މީހާއެވެ. އަދި މިއީ މިއަހަރު ވެސްޓަން އޮސްޓްރޭލިއާގައި ހިނގި ފުރަތަމަ ފުރާނަގެއްލުނު ހާދިސާއެވެ.

 

 

މާހިރުން ބުނާ ގޮތުގައި މިޔަރަކީ އާންމުކޮށް އިންސާނުން ޝިކާރަކުރާ އެއްޗެއް ނޫނެވެ. ނަމަވެސް މިފަދަ ހަމަލާތައް ދިމާވަނީ ތިމާވެށީގެ ސަބަބުންނާއި އިންސާނުންގެ އަމަލުތައް ހުންނަ ގޮތުންނެވެ. މި ހާދިސާގައި، ބަޑިޖަހައިގެން މަސްހިފުމަކީ މިޔަރު ކައިރިވުމަށް މެދުވެރިވި ސަބަބަކަށް ވެދާނެއެވެ. މަސް ހިފާއިރު އުފެދޭ ލޯޑުތަކާއި (vibrations) އަދި މަހުގެ ލޭގެ ސަބަބުން މިޔަރުތައް ދުރު ރާސްތާއަކުން ވެސް އެ ސަރަހައްދަށް ޖަމާވެއެވެ.

މީގެ އިތުރުން، އޮޅުމަކުން ނުވަތަ އެއީ ކޯއްޗެއްތޯ ބަލަން މިޔަރު ދަތްޖަހާ ފަހަރުތައް ވެސް އާދެއެވެ. އަދި ކަނޑުގެ ލޮނުގަނޑު ހޫނުވުމާއި ކާނާ ހޯދަން މިޔަރުތައް އައްސޭރިފަށާ ގާތަށް އައުމަކީ ވެސް މިފަދަ ހާދިސާތައް އިތުރުވާ ސަބަބެކެވެ.

މިފަދަ ހިތާމަވެރި ހާދިސާތައް ހިނގި ނަމަވެސް، ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިޔަރުގެ ހަމަލާތަކަކީ ވަރަށް މަދުން ނޫނީ ނުހިނގާ ހާދިސާތަކެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޮސްޓްރޭލިއާގެ މަޝްހޫރު ފަތުރުވެރި ސަރަހައްދެއްގައި މިޔަރެއްގެ ހަމަލާގައި ޑައިވަރަކު މަރުވެއްޖެދުނިޔެ | ގަޑިއިރެއް ކުރިންޓެކްސް އަށް މަކަރުހެދިކަމުގެ ދައުވާއިން ޝަކީރާ ސަލާމަތްވެ، އޭނާ އަށް 70 މިލިއަން ޑޮލަރު އަނބުރާ ދިނުމަށް ހުކުމެއްދުނިޔެ | ގަޑިއިރެއް ކުރިންބަލިމީހުންގެ ފާރުގަނޑު ސާފުކުރުމަށް ފަނި ބޭނުންކުރުން: ޒަމާނީ ބޭސްވެރިކަމުގެ އާ އުކުޅެއް؟ދުނިޔެ | 21 ގަޑިއިރު ކުރިންއިންޑިއާގައި ކައިވެންޏަށް ނުރުހި ބައްޕައަކު ދަރިފުޅު ވަޅަކަށް ވައްޓާލައި ގަލުންތަޅާ މަރާލައިފިދުނިޔެ | ދުވަހެއް ކުރިން