logo
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ޢަބްދުﷲ ޞާދިޤް ކާމިޔާބު ކުރައްވައިފިBank of Maldives

Bank of Maldives

ޚަބަރު

ޙައްޖާޖީން ފުރުވާލުމުގެ މަސައްކަތް އެމްއޭސީއެލްއިން ކާމިޔާބުކަމާއެކު ފުރިހަމަކޮށްފި

 ޙައްޖާޖީން ފުރުވާލުމުގެ މަސައްކަތް އެމްއޭސީއެލްއިން ކާމިޔާބުކަމާއެކު ފުރިހަމަކޮށްފި

ޙައްޖާޖީން ފުރުވާލުމުގެ މަސައްކަތް އެމްއޭސީއެލްއިން ކާމިޔާބުކަމާއެކު ފުރިހަމަކޮށްފިއެވެ.

އެ ކުންފުނިން ބުނީ، 1447 ވަނަ އަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ސަޢުދީ އަރަބިއްޔާއަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ އެންމެހާ ޙައްޖާޖީން ފުރުވާލުމުގެ ކާމިޔާބު މަސައްކަތް އެމްއޭސީއެލްއިން ފުރިހަމަކޮށްފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިހާ ފުރިހަމަ ގޮތެއްގައި މި މަސައްކަތް ކުރިއަށް ގެންދެވުނީ އެ ކުންފުނީގެ އިތުރުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސްއާއި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން އިތުރުން ކަމާ ގުޅުންހުރި އިދާރާތައް ގުޅިގެން ކުރެވުނު އިންތިޒާމު ރަނގަޅު މަސައްކަތްތަކުގެ ތެރެއިންކަން އެ ކުންފުނިން ފާހަގަކުރިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ޙައްޖާޖީން ފުރުމުގެ އިންތިޒާމުތަކުގެ އެންމެހާ ކަންކަން ކަށަވަރުކުރުމަށްޓަކައި އެމްއޭސީއެލްގެ މެނޭޖްމަންޓާއި، ޕެސެންޖަރ ސަރވިސަސްގެ މުވައްޒަފުންނާއި، ޓަރމިނަލް ސަރވިސަސްގެ މުވައްޒަފުންނާއި، އެސްޓޭޓް ސެކިއުރިޓީ ސަރވިސަސްގެ މުވައްޒަފުންނާއި ޖުމްލަކޮށް އެމްއޭސީއެލްގެ ހީވާގި އެންމެހާ މުވައްޒަފުން ގުޅިގެން ފުރިހަމަ އަދި ތަރުތީބު ތައްޔާރީތަކެއް ހަމަޖައްސައިދެވުނުކަން ވެސް ވަނީ ފާހަގަކޮށްފައެވެ.

WhatsApp Image 2026-05-19 at 15.39.23 (1).jpeg

މި ތައްޔާރީތަކުގެ ތެރޭގައި، ވޯޓަރ ފްރަންޓު އިމާރާތުގައި ޙައްޖާޖީންނަށް ހުކުރު ނަމާދުކުރުމުގެ އިންތިޒާމު ހަމަޖައްސައިދިނުމާއި، ކުރީގެ ޑޮމެސްޓިކް ޓަރމިނަލްގައި ޙައްޖުވެރިންނާއި ޢާއިލާތަކަށް މަޑުކޮށްގެން ތިބުމުގެ އިންތިޒާމުތައް ހަމަޖެއްސުމާއި، ޙައްޖުވެރިންނަށް ބޭނުންވާނެ ފެން ފޯރުކޮށްދިނުމާއި، ވުޟޫކުރުމަށް ފަސޭހަ އިންތިޒާމުތައް ހަމަޖެއްސުން ހިމެނެއެވެ.

މި އަހަރު ރާއްޖެއިން ޙައްޖަށް ދަތުރުކުރާ ޙައްޖާޖީންނަށް ލުއިފަސޭހަ، އަދި ފުރިހަމަ ޚިދުމަތެއް ދިނުމަށް އެމްއޭސީއެލްގެ ފަރާތުން ކުރެވުނު އިންތިޒާމުތައް ކާމިޔާބުކޮށް ފުރިހަމަކުރުމަށް އެހީތެރިވެދެއްވި އެންމެހާ ފަރާތްތަކަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ވަނީ ޝުކުރު އަދާކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހައްޖާޖީން ރާއްޖެ އައުމާ ދިމާކޮށް އެއާޕޯޓުގެ ބާރު ބޮޑުވާނެތީ ސަމާލުވުމަށް އެދިއްޖެ!ޚަބަރު | 3 ދުވަސް ކުރިން"ޢީދު ހަވީރު 1447" ގައި އެމްއޭސީއެލް އިން ބައިވެރިވާނެޚަބަރު | 12 ދުވަސް ކުރިންޢީދު ބަންދަށް ފުރާ މީހުން ވަގުތަށް އެއާޕޯޓަށް ދިއުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފިޚަބަރު | 15 ދުވަސް ކުރިން ޙައްޖާޖީން ފުރުވާލުމުގެ މަސައްކަތް އެމްއޭސީއެލްއިން ކާމިޔާބުކަމާއެކު ފުރިހަމަކޮށްފިޚަބަރު | 18 ދުވަސް ކުރިން