logo
Bank of Maldives

Bank of Maldives

ޚަބަރު

ކާބޯތަކެއްޗާއި އަސާސީ ސާމާނު ގެނައުމުގައި ހުރި ދަތިތައް ނައްތާލުމަށް ޔޫރަޕާއި ޢަރަބި ޤައުމުތަކުގެ އެހީތެރިކަން ދަނީ ހޯދަމުން: އިރުތިޝާމް

މުހައްމަދު މޫސާމުހައްމަދު މޫސާ
19 މޭ 2026 - 15:31
 ކާބޯތަކެއްޗާއި އަސާސީ ސާމާނު ގެނައުމުގައި ހުރި ދަތިތައް ނައްތާލުމަށް ޔޫރަޕާއި ޢަރަބި ޤައުމުތަކުގެ އެހީތެރިކަން ދަނީ ހޯދަމުން: އިރުތިޝާމް

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެއަށް ކާބޯތަކެއްޗާއި އަސާސީ ސާމާނު ގެނައުމުގައި ކުރިމަތިވާ ދަތިތައް ނައްތާލުމަށްޓަކައި ޔޫރަޕާއި ޢަރަބި ޤައުމުތަކުގެ އެހީތެރިކަން ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އިރުތިޝާމް ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްފަދައިން ރާއްޖެއަށްވެސް މުދާ އެތެރެކުރުމުގައި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށެވެ. އެހެންނަމަވެސް، ކާބޯތަކެއްޗާއި އަސާސީ ސާމާނު މެދުކެނޑުމެއް ނެތި ރާއްޖެއަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި އެކުވެރި ޤައުމުތަކާއެކު ސަރުކާރުން މުހިންމު މަޝްވަރާތަކެއް ކުރަމުންދާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މަސައްކަތުގެ ދަށުން، ރާއްޖެއަށް ބޭނުންވާ މުދާ ގެނައުމުގައި ހުރި ދަތިތައް ޙައްލުކުރުމަށް ޔޫރަޕްގެ ޤައުމުތަކާއި ޢަރަބި ޤައުމުތަކުގެ އެހީތެރިކަން ހޯދުމަށް އިސްކަންދޭކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ރާއްޖޭގެ ޚާރިޖީ ސިޔާސަތު މިހާރު ބައްޓަން ކުރެވެމުންދަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ "މޯލްޑިވްސް ފަސްޓް" ނުވަތަ ދިވެހީންނަށް އިސްކަންދިނުމުގެ ސިޔާސަތުގެ ދަށުން، ދިވެހި ދައުލަތާއި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތަށް ބަލައިގެން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، ކުދި ޖަޒީރާ ޤައުމުތަކަށް ދުނިޔޭގެ މަސްރަޙުގައި ހިނގާ މިފަދަ ހަމަނުޖެހުންތަކުގެ ސަބަބުން ކުރިމަތިވާ ނޭދެވޭ އަސަރުތަކާއި ގޮންޖެހުންތަކާ ބެހޭގޮތުން ބައިނަލްއަޤުވާމީ މައިދާނުގައި ވަކާލާތުކޮށް، އެހީތެރިކަން ހޯދުމުގެ މަޝްވަރާތައް ދަނީ ކުރެވެމުންނެވެ.

ވަޒީރު އިރުތިޝާމް އާދަމް އިތުރަށް ވިދާޅުވީ، ހަމަނުޖެހުން ހިނގަމުންދާ ސަރަޙައްދުތަކުގައި ދިރިއުޅޭ ދިވެހި ރައްޔިތުންގެ ރައްކާތެރިކަމާއި އެމީހުންގެ ހާލަތު ޚާރިޖީ ވުޒާރާއިން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި މި ދަނޑިވަޅުގައި ދިވެހި ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކާއި ތަކެތި ފޯރުކޮށްދިނުމުގައި ސަރުކާރުން އެއްވެސް ދުލެއް ނުދޭނެކަމުގެ ޔަޤީންކަން ވަޒީރު ވަނީ ދެއްވާފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކާބޯތަކެއްޗާއި އަސާސީ ސާމާނު ގެނައުމުގައި ހުރި ދަތިތައް ނައްތާލުމަށް ޔޫރަޕާއި ޢަރަބި ޤައުމުތަކުގެ އެހީތެރިކަން ދަނީ ހޯދަމުން: އިރުތިޝާމްޚަބަރު | 2 ގަޑިއިރު ކުރިންރާއްޖޭގެ އިގްތިސާދީ އަދި އިޖުތިމާއީ ކުރިއެރުމުގައި ސައުދީ އަކީ މުހިންމު ބައިވެރިއެއް: މިނިސްޓަރ އިރުތިޝާމްޚަބަރު | ދުވަހެއް ކުރިން