logo
Bank of Maldives

Bank of Maldives

ޚަބަރު

ބީއެމްއެލްގެ މުވައްޒަފުންނަށް ހާއްސަކޮށް "ޗާޓަރޑް ބޭންކަރ ޕްރޮގްރާމް" އިފްތިތާހުކޮށްފި

މަރިޔަމް މާޙީ
20 މޭ 2026 - 05:34
ބީއެމްއެލްގެ މުވައްޒަފުންނަށް ހާއްސަކޮށް "ޗާޓަރޑް ބޭންކަރ ޕްރޮގްރާމް" އިފްތިތާހުކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ބައިނަލްއަގުވާމީ ފެންވަރުގެ ޕްރޮފެޝަނަލް ސަނަދު ލިބިފައިވާ ފަންނީ ބަޔަކަށް ހެދުމުގެ މަގުސަދުގައި، އެ ބޭންކުން ހާއްސަ "ޗާޓަރޑް ބޭންކަރ ޕްރޮގްރާމް" އެއް ފަށައިފިއެވެ.

ބީއެމްއެލް އިން ބުނީ މި ޕްރޮގްރާމަކީ ރާއްޖޭގެ މާލީ ދާއިރާއަށް ބޭނުންވާ މާހިރު ބޭންކަރުން ބިނާކުރުމަށްޓަކައި، ޗާޓަރޑް ބޭންކިންގ ކޮލިފިކޭޝަންތަކާއި ފަންނީ ތަރައްގީގެ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށްޓަކައި އޭޝިއަން އިންސްޓިޓިއުޓް އޮފް ޗާޓަރޑް ބޭންކާސް (އޭ.އައި.ސީ.ބީ) އާއެކު ސޮއިކުރި ފަހުމުނާމާ (އެމްއޯޔޫ) ގެ ދަށުން ހިންގޭ މުހިންމު މަޝްރޫއެެއް ކަމަށެވެ. މި ފަހުމުނާމާގައި ސޮއިކޮށްފައިވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ޕްރޮގްރާމްގެ ފުރަތަމަ ބެޗުގައި ބޭންކް އޮފް މޯލްޑިވްސްގެ 30 މުވައްޒަފުން މިހާރު ވަނީ ބައިވެރިވެފައެވެ. ބީއެމްއެލް އިން ބުނީ މި މުވައްޒަފުން ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މި ކޯސް ފުރިހަމަކޮށް، ޕްރޮފެޝަނަލް ބޭންކަރުންގެ ގޮތުގައި ތަމްރީނުވެގެން ނުކުންނާނެ ކަމަށެވެ.

މިކަމާ ގުޅޭގޮތުން ބޭންކުގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ބޭންކުގެ އެންމެ ބޮޑު ރައުސްމާލަކީ މުވައްޒަފުން ކަމުގައި އަބަދުވެސް ގަބޫލުކުރައްވާ ކަމަށެވެ.

"މެދުނުކެނޑި ފަންނީ ތަރައްގީއަށް ކުރެވޭ މަސައްކަތަކީ މި މުއައްސަސާ ވަރުގަދަކުރުމަށާއި މުސްތަގުބަލުގެ ލީޑަރުން ބިނާކުރުމަށް ވަރަށް މުހިންމު ކަމެއް. މި ޕްރޮގްރާމްގެ ތެރެއިން ލިބޭ އިލްމާއި ތަޖުރިބާއަކީ މުވައްޒަފުންގެ އަމިއްލަ ކުރިއެރުމަށާއި ބޭންކުގެ ދެމެހެއްޓެނިވި ތަރައްގީއަށް ލިބިގެންދާނެ މުހިންމު ބާރެއް ކަމުގެ ޔަގީންކަން އަޅުގަނޑަށް އެބައޮތް" : ޝަރީފް

މި ޗާޓަރޑް ބޭންކަރ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މުވައްޒަފުން ތަމްރީނުކުރުމަށް ބޭންކުން ހާއްސަކޮށްފައިވާ "ބީއެމްއެލް އެކަޑަމީ" މެދުވެރިކޮށެވެ.

މިއީ މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމަށާއި، ބޭންކަށް ގެންނަމުންދާ ޒަމާނީ ބަދަލުތައް ހަރުދަނާކަމާއެކު ތަންފީޒުކުރުމަށް ބޭންކުން ކުރާ ބޮޑު އިންވެސްޓްމަންޓެކެވެ. މީގެ އިތުރުން، މިއީ މުޅި ރާއްޖެއަށް ފެންވަރު ރަނގަޅު، އިތުބާރު ހުރި ބޭންކިންގ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ބީއެމްއެލް އިން ދޭ އިސްކަން ހާމަކޮށްދޭ ކަމެއްވެސްމެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބީއެމްއެލްގެ މުވައްޒަފުންނަށް ހާއްސަކޮށް "ޗާޓަރޑް ބޭންކަރ ޕްރޮގްރާމް" އިފްތިތާހުކޮށްފިޚަބަރު | ގަޑިއިރެއް ކުރިން"ކޯ.ލެބް 26" ގެ ނަމުގައި ޤައުމީ ފެންވަރުގެ ޚާއްސަ ހަރަކާތެއްޚަބަރު | 5 ދުވަސް ކުރިންބީއެމްއެލް އިން އޭ.އައި.ސީ.ބީ އާ ގުޅިގެން ޗާޓަރޑް ބޭންކަރ ޕްރޮގްރާމް ފަށައިފިޚަބަރު | 6 ދުވަސް ކުރިންބޭންކް ފަންޑަށް ޕްރޮޕޯސަލް ހުށައަޅަން ހުޅުވާލައިފިޚަބަރު | 7 ދުވަސް ކުރިން