އަނިޔާކޮށް ފޭރުނު ތިން މީހުންގެ މައްސަލަ ކޯޓަށް


14 އޮކްޓޯބަރު 2024 - 12:54
ދިލްބަހާރުމަގުގައި ހުރި މީހަކަށް ގޮވައި އޭނާ އެ ސަރަހައްދުގެ ގެއަކަށް ވައްދައި ވަޅިން ބިރު ދައްކާ އޮރިޔާންކޮށް، އަނިޔާކޮށް އޭނާގެ ފޯނު އަތުލައި އޭނާގެ އެކައުންޓުން ފައިސާ ޓްރާންސްފަރކޮށް އަދި އޭނާގެ ކޭޝް ކާރޑް ބޭނުންކޮށްގެން އޭޓީއެމްއިން ފައިސާ ނަގާފައިވާ މައްސަލައިގައި 3 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށައަޅައިފިއެވެ.
މި ތިން މީހުންގެ މައްޗަށް އުފުލާފައިވަނީ ތިން ދައުވާއެކެވެ. އެއީ:
1. ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ގެ 120 ވަނަ މާއްދާގެ ދަށުން، އަނިޔާއެއް ދިނުމުގެ ދައުވާ2. ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ގެ 232 ވަނަ މާއްދާގެ ދަށުން، އެނގިހުރެ ހުއްދަނޫން ގޮތެއްގައި މަޢުލޫމާތު ހޯދުމުގެ ދައުވާ3. ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ގެ 213 ވަނަ މާއްދާގެ ދަށުން، ފޭރުުގެ ދައުވާ
މި ހާދިސާ ހިނގާފައިވަނީ 24 ޖުލައި 2024 ދުވަހުގެ ވަގުތެއްގައެވެ. މި މައްސަލައިގައި ދައުވާ ކޮށްފައިވަނީ ސ. ހިތަދޫ، ސޯމާ، ޝަފީޤު އިބްރާހީމްއާއި، މއ. މަސްފެން، މުޙައްމަދު ރީހާންއާއި، މއ. މަސްފެން، ޢާއިޝަތުގެ މައްޗަށެވެ.