logo
Bank of Maldives

Bank of Maldives

ޚަބަރު

ޢީދު ބަންދަށް ފުރާ މީހުން ވަގުތަށް އެއާޕޯޓަށް ދިއުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

ވީއައިއޭގެ އައު ޓާމިނަލް، ފޮޓޯ: އެމްއޭސީއެލް
ވީއައިއޭގެ އައު ޓާމިނަލް، ފޮޓޯ: އެމްއޭސީއެލް

ޢީދު ބަންދަށް ފުރާ ދަތުރުވެރިން ވަގުތަށް ޚާއްސަ ސަމާލުކަމެއް ދީގެން އެއާޕޯޓަށް ދިއުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ، އެމްއޭސީއެލްއިން އިލްތިމާސްކޮށްފިއެވެ.

އެމްއޭސީއެލްއިން ވަނީ، މިއަހަރުގެ އަޟުޙާ ޢީދު ބަންދާއި ދިމާކޮށް ގިނަ ޢަދަދެއްގެ ދަތުރުވެރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ބޭނުން ކުރާނެ ކަމަށް ލަފާކުރެވޭތީ، މިއަދުން ފެށިގެން މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އެއާޕޯޓު ބޭނުން ކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

ޚާއްސަކޮށް މި ދުވަސްތަކުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ އެންމެހާ ދަތުރުވެރިންވެސް ވަގުތަށް ޚާއްސަ ސަމާލުކަމެއްދިނުމާއެކު، އެއާލައިންތަކުން ދެއްވާ އިރުޝާދަށް ފުރިހަމައަށް ތަބާވުމަށް އެމްއޭސީއެލްއިން ވަނީ އެދިފައެވެ.

އަދި މި ދުވަސްތަކުގައި ދަތުރުވެރިންނަށް ދިމާވެދާނެ ދަތިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެއާޕޯޓުގެ މުވައްޒަފުން ހަރަކާތްތެރިވަމުންދާނެ ކަމަށްވެސް އެމްއޭސީއެލްއިން ބުނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވީއައިއޭގެ ފަޅުތެރޭގެ އޮޕަރޭޝަންތައް ހަރުދަނާކޮށް އަވަސްކުރުމަށްޓަކައި ޚާއްސަ ޑިޖިޓަލް ޕްލެޓްފޯމެއް ތަޢާރަފުކޮށްފިޚަބަރު | 15 ދުވަސް ކުރިން އެއާޕޯޓުގެ ހިދުމަތްތައް ތަރައްގީކުރުމަށް އަބަދުވެސް މަސައްކަތްކުރާނަން: އެމްއޭސީއެލްޚަބަރު | 21 ދުވަސް ކުރިންވީއައިއޭގެ އިންކްލޫސިވް ޚިދުމަތުގެ ދަތުރުގައި މިއީ ހާސިލްކުރެވުނު މުހިންމު ލަނޑުދަނޑިއެއް: އެމްއޭސީއެލް އެމްޑީވިޔަފާރި | މަހެއް ކުރިންހައްޖާޖީން ރާއްޖެ އައުމާ ދިމާކޮށް އެއާޕޯޓުގެ ބާރު ބޮޑުވާނެތީ ސަމާލުވުމަށް އެދިއްޖެ!ޚަބަރު | މަހެއް ކުރިން