logo
Bank of Maldives

Bank of Maldives

ޚަބަރު

ކަރަންޓުގެ މައްސަލަ ހައްލުކޮށް، ހުރިހާ ސަރަހައްދަކަށް އަލުން ކަރަންޓު ދީފި

މަރިޔަމް މާޙީ
23 މޭ 2026 - 10:43
ކަރަންޓުގެ މައްސަލަ ހައްލުކޮށް، ހުރިހާ ސަރަހައްދަކަށް އަލުން ކަރަންޓު ދީފި

މާލެއާއި ހުޅުމާލޭގެ ބޮޑު ބަޔަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަށްފަހު، އެ މައްސަލަ ހައްލުކޮށް ހުރިހާ ސަރަހައްދަކަށް އަލުން ކަރަންޓު ފޯރުކޮށްދީފައިވާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފިއެވެ.

މިއަދު ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލެއާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް ވަނީ މެދުކެނޑިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސްޓެލްކޯއިން ބުނީ، މާލެއާއި ހުޅުމާލެއިން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާ ހުރިހާ ސަރަހައްދަކަށް މިހާރު އަލުން ކަރަންޓު ދެވިފައިވާ ކަމަށެވެ. ނަމަވެސް، އެއްވެސް ސަބަބަކާ ހެދި އަދިވެސް ކަރަންޓުގެ ޚިދުމަތް ނުލިބޭ ފަރާތެއްވާނަމަ، އެ ކުންފުނީގެ އެމަރޖެންސީ ހޮޓްލައިން 104 ނުވަތަ ކޯލް ސެންޓަރުގެ ނަންބަރު 1545 އަށް ގުޅުއްވައި އެކަން އެންގުމަށް ސްޓެލްކޯއިން ވަނީ އެދިފައެވެ.

ކަރަންޓުގެ ޚިދުމަތް މެދުކެނޑުމުގެ ސަބަބުން އާންމު ރައްޔިތުންނަށް ދިމާވި ދަތިތަކަށްޓަކައި ސްޓެލްކޯއިން ވަނީ މަޢާފަށް އެދިފައެވެ.

މާލެ ސަރަހައްދުގެ ކަރަންޓުގެ ވިއުގައަށް ދިމާވާ މިފަދަ މައްސަލަތައް ހައްލުކުރުމަށް ސްޓެލްކޯއިން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން، މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށާއި، ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ގިނަ މަޝްރޫޢުތަކެއް އެ ކުންފުނިން ދަނީ ހިންގަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މ. އަތޮޅުގެ ރަށްތަކަށް ބޭނުންވާ ސްޓޯރޭޖް ޓޭންކުތައް ފޮނުވުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފިޚަބަރު | 21 ދުވަސް ކުރިންހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓު ނެޓްވަރކް ސްޓެލްކޯއާ ޙަވާލުކޮށްފިޚަބަރު | މަހެއް ކުރިންހުޅުމާލެއިން  ކަރަންޓު ކެނޑުނު ބައެއް ސަރަހައްދުތަކަށް ކަރަންޓް ދީފިޚަބަރު | މަހެއް ކުރިންއިތުރުވާ ލޯޑަށް ޚިދުމަތްދޭން ކޮންމެ އަހަރަކުވެސް ދުރާލާ ތައްޔާރުވާންޖެހޭ: އަޒްވަރުޚަބަރު | 2 މަސް ކުރިން