logo
MPL

MPL

ޚަބަރު

ޓެކްނިކަލް މައްސަލައެއް ދިމާވެ ކަރަންޓް ކެނޑުނު ހުޅުމާލޭގެ ސަރަހައްދުތަކަށް އަލުން ކަރަންޓް ދޭން ފަށައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
22 އޯގަސްޓު 2026 - 19:06
ޓެކްނިކަލް މައްސަލައެއްގައި ކަރަންޓް ކެނޑުނު ހުޅުމާލޭގެ ސަރަހައްދުތަކަށް އަލުން ކަރަންޓް ދޭން ފަށައިފި

 

ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ހުޅުމާލޭގެ ދެ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑުމަށްފަހު، އެ ސަރަހައްދުތަކަށް އަލުން ކަރަންޓު ދެމުން އަންނަކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ހާމަކޮށްފިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސްޓެލްކޯއިން މައުލޫމާތު ދިން ގޮތުގައި ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑެން މެދުވެރިވީ ފީޑަރ ކޭބަލެއް ގްރައުންޑުވުމާ ގުޅިގެންނެވެ.

މި މައްސަލަ ދެނެގަނެ، ވީއެންމެ އަވަހަކަށް ހައްލުކޮށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، މިހާރު ކަރަންޓު ކެނޑުނު ސަރަހައްދުތަކަށް އަލުން ހިދުމަތް ދެމުން އަންނަ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ކަރަންޓުގެ ހިދުމަތް މެދުކެނޑުމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށްޓަކައި ސްޓެލްކޯއިން ވަނީ މާފަށް އެދިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސްޓެލްކޯއިން ފުވައްމުލަކުގެ ކަރަންޓުގެ ޚިދުމަތާ ހަވާލުވެއްޖެޚަބަރު | 4 ދުވަސް ކުރިންހއ. އަތޮޅުގެ ކަރަންޓާއި ޔުޓިލިޓީ ހިދުމަތްތައް ދިނުމާ ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވެއްޖެޚަބަރު | 6 ދުވަސް ކުރިންމަގު ކޮންނަ މީހުންގެ އިހުމާލުން ސްޓެލްކޯގެ ކަރަންޓު ކޭބަލެއް ބުރިވެއްޖެ ނަމަ ހަރަދު ހޯދަން ނިންމައިފިޚަބަރު | 23 ދުވަސް ކުރިންޔުޓިލިޓީ ހިދުމަތް ހަރުދަނާކުރަން މަޝްވަރާކޮށްފިޚަބަރު | 24 ދުވަސް ކުރިން