ޔުއެފާ ނޭޝަންސް ލީގު: އިނގިރޭސިން ފަސޭހަކަމާއެކު ފިންލެންޑް ބަލިކޮށްފި

.jpg&w=3840&q=75)
14 އޮކްޓޯބަރު 2024 - 13:53
ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުގައި އިނގިރޭސިވިލާތުން ފިންލަންޑު ބަލިކޮށްފިއެވެ.
ފިންލަންޑުގެ ވެރިރަށް ހެލްސިންކީގައި ކުޅުނު މި މެޗުން ފިންލަންޑް ބަލިވެފައިވަނީ ތިން ލަނޑު، އެއް ލަނޑުންނެވެ.
އެ މެޗުގެ 18 ވަނަ މިނެޓުގައި އެންމެ ފުރަތަމަ ގޯލު ޖެހީ ޖެކް ގްރީލިޝް އެވެ. އަދި ދެވަނަ ލަނޑު74 ވަނަ މިނެޓުގައި އެލެކްޒެންޑަ އާނޯލް ޖެހިއިރު. މެޗުގެ 87 ވަނަ މިނެޓުގައި ޑެކްލަން ރައިސް ވަނީ އިތުރު ލަނޑެއް ޖަހައިދީފަ އެވެ.ފިންލަންޑުގެ ހަމައެކަނި ލަނޑު ޖެހީ މެޗު ނިމެން ކައިރިވެފައި ވަނިކޮށް ޖަހައިދިނީ އާތޫ ހޮސްކޮންނެވެ.
އެ މެޗުގެ ނަތީޖާއާއެކު، އިނގިރޭސިވިލާތަށް ވަނީ އެ ގްރޫޕުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން 9 ޕޮއިންޓާއެކު ގްރޫޕްގެ ދެވަނަ މަގާމު ލިބިފަ އެވެ. އެއްވަނައިގައިވާ ގްރީސްއަށް ވަނީ ހަތަރު މެޗުން 12 ޕޮއިންޓް ލިބިފައެވެ.
އިތުރު ލިޔުންތައް

ގޯލު ފުންޏެއް ޖަހައި ބާސާގެ ސަޕޯޓަރުންނަށް އުފާވެރިކަން
7 މަސް ކުރިން
ޔޫތް ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުރިމަތިލާނީ ވަރުގަދަ ދެ ޓީމާ
7 މަސް ކުރިން
ޔުއެފާ ނޭޝަން ލީގު: ގްރީސް އަށް ތާރީޚީ މޮޅެއް، ބެލްޖިއަމް އާއި އިޓަލީ އެއްވަރު
6 މަސް ކުރިން