logo
Bank of Maldives

Bank of Maldives

ޚަބަރު

"ޢީދު ހަވީރު 1447" ގައި އެމްއޭސީއެލް އިން ބައިވެރިވާނެ

30 މާރިޗު 202:
30 މާރިޗު 202:

"ޢީދު ހަވީރު 1447" ގައި އެމްއޭސީއެލް އިން ބައިވެރިވާނެކަން އެ ކުންފުނިން ހާމަކޮށްފިއެވެ.

މިއީ އަޟްޙާ ޢީދާ ގުޅުވައިގެން މުޖުތަމަޢުގެ އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަށް، ދިވެހި ސަރުކާރުގެ ފަރާތުން ކުރިއަށްގެންދާ ހަރަކާތެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމްއޭސީއެލް އިން ބުނީ މޭ މަހުގެ 27 ވަނަ ދުވަހުން ފެށިގެން 29 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހަވީރު 4.00 އިން ފެށިގެން 6.00 އާ ހަމައަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ޢީދު ހަވީރު 1447" ފެސްޓިވަލުގައި އެކުންފުނީގެ ސްޓޯލްތަކާއި ކުޅިވަރުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ދިވެހިވަންތަ އަދި ސަޤާފީ ފަރުމާތަކާއި އާދަތައް ހިމެނޭގޮތުން އިންތިޒާމުކުރެވޭ މި ހަރާކާތުގައި ކޯޑީއާއި ބޮޑުބެރާއެކު މާލީގެ އެކިއެކި ހަރަކާތްތައްވެސް ކުރިއަށް ދާނެ ކަމަށާއި މީގެ އިތުރުން ކުޑަކުދިންގެ މެދުގައި މަޤުބޫލު ކާޓޫން ކެރެކްޓާސްގެ މެސްކޮޓްތައް ވެސް އެމްއޭސީއެލްގެ ސްޓޯލްގައި އެކި ދުވަސްތައް މަތިން ހަރަކާތްތެރި ވަމުންދާނެ ކަމަށް ވަނީ ބުނެފައެވެ.

މީގެއިތުރުން އެ ކުންފުނީގެ ސްޓޯލްގެ މެދުގައި ކުޑަކުދިންނަށް އެރޭނެ ގޮތަށް ފަނުން ޒީނަތްތެރިކޮށްފައިވާ ޓްރީހައުސް އަކާއި ރެކިން ބޯލް، ވައިޕް އައުޓް އިންފްލެޓަބަލް، ބަބުލް ހައުސް ފަދަ ޢާއިލީ ކުޅިވަރަށް ފަރުމާކުރެވިފައިވާ ކުޅިވަރުތައް ވެސް ހުންނާނެ ކަމަށް ވަނީ ބުނެފައެވެ. މިއާއެކު ކުޑަކުދިންނަށް ޚާއްސަ ހަރަކާތެއްގެ ގޮތުގައި ހީނާ އާޓް އަދި ފޭސް ޕެއިންޓިންގ ކޯނަރތައްވެސް މި ސްޓޯލްގައި ޤާއިމްކުރެވިފައި ހުންނާނެކަަމަށް ބުނެއެވެ.

އެމްއޭސީއެލް އިން އިތުރަށް ބުނީ އެމްއޭސީއެލްގެ ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޚާއްސަ ކުރެވިގެން، ހުޅުމާލޭ ސެންޓްރަލް ޕާރކުގެ އިރުމަތީ އެންޓްރެންސްގައި ބެހެއްޓިފައި ހުންނާނެ ކަމަށާއި މިއަހަރުގެ ޢީދު ޚާއްސަކުރުމުގެ ގޮތުން މަޝްހޫރު ފުޓުބޯޅަކުޅުންތެރިޔާ ޢަލީ އަޝްފާޤުގެ ހުނަރުތައްވެސް އެމްއޭސީއެލްގެ ސްޓޯލްގައި ދައްކާލުމަށް ހަމަޖެހިފައިވާކަަމަށް ވަނީ ހާމަކޮށްފައެވެ.

އަޟްޙާ ޢީދުގެ އުފާވެރި އަދި ޢާއިލީ މި ހަރަކާތްތަކުގައި ބައިވެރިވުމުގެ ދަޢުވަތު އެމްއޭސީއެލްގެ ފަރާތުން ދިވެހި ލޮބުވެތި އެންމެހާ ރައްޔިތުންނަށް އަރުވައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"ޢީދު ހަވީރު 1447" ގައި އެމްއޭސީއެލް އިން ބައިވެރިވާނެޚަބަރު | ގަޑިއިރެއް ކުރިންޢީދު ބަންދަށް ފުރާ މީހުން ވަގުތަށް އެއާޕޯޓަށް ދިއުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފިޚަބަރު | 3 ދުވަސް ކުރިން ޙައްޖާޖީން ފުރުވާލުމުގެ މަސައްކަތް އެމްއޭސީއެލްއިން ކާމިޔާބުކަމާއެކު ފުރިހަމަކޮށްފިޚަބަރު | 6 ދުވަސް ކުރިންތަރައްޤީއަށް އެހީތެރިކަން ފޯރުކޮށްދޭ އެއަރޕޯޓެއްގެ ގޮތުގައި ދެމިއޮންނާނަން: އެމްއޭސީއެލް ޝަރީފްޚަބަރު | 12 ދުވަސް ކުރިން