logo
Bank of Maldives

Bank of Maldives

ޚަބަރު

ޢީދު ދަރުބާރަކަށްފަހު ހަވާ އަރުވައި، ރ. ވާދޫގައި ޢީދުގެ ރަސްމީ ހަރަކާތްތައް ފަަށައިފި

ޢީދު ދަރުބާރަކަށްފަހު ހަވާ އަރުވައި، ރ. ވާދޫގައި ޢީދުގެ ރަސްމީ ހަރަކާތްތައް ފަަށައިފި

ޢީދު ދަރުބާރަކަށްފަހު ހަވާ އަރުވައި، ރ. ވާދޫގައި ޢީދުގެ ރަސްމީ ހަރަކާތްތައް ފަަށައިފިއެވެ.

މިއީ މިފަހުގެ ތާރީޚެއްގައި އެ ރަށުގައި މިހާ ކުލަގަދަކޮށް ޢީދު ފާހަގަކުރާ ފުރަތަމަ ފަހަރެވެ. މިރޭ އެ ރަށުގައި ހަރަކާތް ފަށާފައި ވަނީ 8:30ގައި ރ. ވާދޫ ކައުންސިލް އިދާރާގެ ކުރިމަތިންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުރަތަމަ ކަމަކަށް ހަތްކޮޅާއި ބޮޑުބެރުގެ އިއްޒަތުގައި ރަށުގެ ކައުންސިލްގެ ރައީސް މުޙައްމަދު ރިޔާޟް އަދި، ރަށުގެ ކައުންސިލްގެ މެމްބަރުންނާއި ޑަބްލިޔުޑީސީގެ މެމްބަރުން އަދި ރަށުގެ މުއައްސަސާތަކުގެ ވެރިން މައިދާނަށް ގެންދިޔައެވެ. މި ހަރަކާތް ކުރިއަށް ގެންދިޔައީ ރަށުގެ ބޮޑުމަގު، އަމީނީމަގުން ކުރިއަށް ގޮސް، ސްޓޭޖު ކުރިމައްޗަށެވެ.

ދެން އޮތީ، ޢީދުގެ ހަރަކާތްތަކުގެ ރަސްމީ ހުއްދަ، ކައުންސިލްގެ ރައީސްގެ އަރިހުން ހޯދުމެވެ. އެ ހުއްދަ ދެއްވުމާއެކު، ރަށުގެ އަންހެން އަދި ފިރިހެން ޘަޤާފީ ޓީމުގެ ފަރި ޘަޤާފީ ހަރަކާތްތަކެއް ހުށަހެޅިއެވެ.

މި މި ދަރުބާރު ނިންމާލުމުން، 10:15ގައި ވަނީ އެ ރަށުގައި ހަވާ އަރުވާފައެވެ.

ވާދޫގެ ތާރީޚުގައި ވެސް ނުދެކޭ ފަދަ ކުލަގަދަ ހަރަކާތްތަކަކާ އެކު މިއަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމަށް އެ ރަށުން ވަނީ ދުރާލާ ތައްޔާރުވެފައެވެ.

އެންމެ ޚާއްޞަ ކަމަކަށް އޮތީވެސް ޢީދުވިލާރޭ ރަށުގައި ފުރަތަމަ ފަހަރަށް ހަވާ އެރުވުމެވެ. ހަވާގެ އިތުރުން މެއި 30 ވަނަ ދުވަހުގެ ރޭ ބާއްވާ ޢީދު ޝޯގައި ރަށާއި ރަށުން ބޭރުގެ ފަންނާނުން ބައިވެރިވާ އިރު، "ހިޔަލަ" ގުރޫޕުގެ ފަންނުވެރިންގެ ޚާއްޞަ ހުށަހެޅުންތައް ފެނިގެންދާނެއެވެ.

ކޯޑިކުޅުމާއި ތަކުރުނެރުން ފަދަ ކޮންމެ އަހަރަކު ވެސް ޢީދުގައި ކުޅޭ ސަގާފީ ކުޅިވަރުތައް މިފަހަރު ވެސް އޮންނާނެއެވެ. އެއާ އެކު ފެންކުޅި ހިމެނޭ ގޮތަށް ތަފާތު އިތުރު ކުޅިވަރުތައް ވެސް ރާވާފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޢީދު ދަރުބާރަކަށްފަހު ހަވާ އަރުވައި، ރ. ވާދޫގައި ޢީދުގެ ރަސްމީ ހަރަކާތްތައް ފަަށައިފިޚަބަރު | ގަޑިއިރެއް ކުރިންވާވެރިންގެ ރަށް: ރ. ވާދޫރިޕޯޓް | 2 ދުވަސް ކުރިންޢީދުވިލޭރޭ ރ. ވާދޫގައި ހަވާއަރުވަނީޚަބަރު | 18 ދުވަސް ކުރިންއާބާދީ ކުޑަ ވާދޫ މިއުޅެނީ ޒަމާނީ ދަނޑުވެރިކަމުގައިވެސް ކުރީގައި!ޚަބަރު | 4 މަސް ކުރިން