logo
Bank of Maldives

Bank of Maldives

ޚަބަރު

ޑްރޯނެއްގެ އެހީގައި މާފުށީ ޖަލަށް ޑްރަގް އެތެރެކުރަން އުޅެނިކޮށް އަތުލައިގަނެފި

މުހައްމަދު މޫސާމުހައްމަދު މޫސާ
27 މޭ 2026 - 13:00
ޑްރޯން ބޭނުންކޮށްގެން އެރެކުރަން އުޅުނު ޑްރަގް، ފޮޓޯ: ޕޮލިސް
ޑްރޯން ބޭނުންކޮށްގެން އެރެކުރަން އުޅުނު ޑްރަގް، ފޮޓޯ: ޕޮލިސް

ޑްރޯނެއް ބޭނުންކޮށްގެން މާފުށީ ޖަލަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ފުލުހުންނާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަނެފިއެވެ.

މި ތަކެތި އަތުލައިގަނެފައިވަނީ މެއި މަހުގެ 24 ވަނަ ދުވަހުގެ ރޭ 12:45 އެހައިކަންހާއިރު ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އޮޕަރޭޝަނަކީ މާފުށީ ޕްރިޒަންއާއި، މާފުށީ ޕޮލިސް ސްޓޭޝަން އަދި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ކާމިޔާބުކަމާއެކު ކުރިއަށް ގެންދިޔަ މަސައްކަތެކެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި އޮޕަރޭޝަންގައި، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ފަސް ރަބަރު ޕެކެޓު ވަނީ ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 395.92 ގުރާމް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕީއެންސީ އިންތިހާބުގައި ހަމަނުޖެހުން ހިންގި މައްސަލައިގައި 2 މީހަކު ހައްޔަރުކޮށްފިޚަބަރު | 6 ގަޑިއިރު ކުރިންބޮޑުތަކުރުފާނު މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެޚަބަރު | 10 ގަޑިއިރު ކުރިންބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީޚަބަރު | 14 ގަޑިއިރު ކުރިންވިނަރެސް ފުލެޓުތަކުގެ ކަރަންޓު ފޮށިތަކަށް ގެއްލުންދިން މީހަކު ހައްޔަރުކޮށްފިޚަބަރު | 4 ދުވަސް ކުރިން