logo
MPL

MPL

ޚަބަރު

ކަރަންޓުގައި ޖެހިގެން ފިހުނު ކުއްޖާގެ ހާލު ސީރިއަސް، ފަރުވާދެނީ ވެންޓިލޭޓަރުގައި

އައިޝަތު އިނާޝާ
28 މޭ 2026 - 06:56
ކަރަންޓުގައި ޖެހިގެން ފިހުނު ކުއްޖާގެ ހާލު ސީރިއަސް، ފަރުވާދެނީ ވެންޓިލޭޓަރުގައި

ލ. ގަމުގައި ހިނގި ހާދިސާއެއްގައި ކަރަންޓުގައި ޖެހި އަނިޔާވި ކުޑަކުއްޖާ ފަރުވާ ދެމުން ދަނީ، އައިސީޔޫގެ ވެންޓިލޭޓަރުގައި ކަަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އިން ބުނެފިއެވެ.

މި ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 14 އަހަރުގެ ފިރިހެން ކުއްޖަކަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ހާދިސާ ހިނގަން މެދުވެރިވީ އެ ރަށުގައި އީދު ކުޅިވަރު ބޭއްވުމަށް ތަނަކަށް ކަރަންޓު ދިނުމަށްޓަކައި މަގުމަތީގައި ހުރި ކަރަންޓު ފޮށްޓަކުން އެކްސްޓެންޝަން ބޯޑަކަށް ކަރަންޓު ގުޅަން އުޅުމުގެ ތެރޭގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހާދިސާ ހިނގި ވަގުތުން ފެށިގެން އެ ކުއްޖާއަށް ފުރަތަމަ ފަރުވާ ދީފައިވަނީ ގަމު ރީޖަނަލް ހޮސްޕިޓަލުގައެވެ. ނަމަވެސް، ކުއްޖާގެ ހާލު ވަރަށް ބޮޑަށް ސީރިއަސްވުމާ ގުޅިގެން، ވެންޓިލޭޓަރުގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް ވަނީ މާލެ ގެނެސްފައެވެ.

މެންދުރު ޓީވީއަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ކުއްޖާގެ ހާލު ސީރިއަސް ކަމަށާއި، މިހާރު ފަރުވާ ދެމުންދަނީ އައިސީޔޫގައި ވެންޓިލޭޓަރުގައިކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސިއްހީ ދާއިރާ އާ ހަރުފަތަކަށް: އެކި ދާއިރާތަށް ހާއްސަ 16 ދިވެހި ޑޮކްޓަރުން މައި ދެ ހޮސްޕިޓަލްގެ ޚިދުމަތް ފައްޓަވައިފިޚަބަރު | މަހެއް ކުރިންކާޑިއެކް ސެންޓަރުން ދެނީ ނަމޫނާ ޚިދުމަތެއް، އާންމުންގެ އިތުބާރު ބޮޑު: ހަލީމްޚަބަރު | 2 މަސް ކުރިންނޭޝަނަލް ކާޑިއެކް ސެންޓަރަށް 10 އަހަރު ފުރުން މެޑަމް ސާޖިދާ ޝަރަފުވެރިކޮށްދެއްވައިފިޚަބަރު | 2 މަސް ކުރިންބޭރަށް ހިންގުމާއި ހޮޑުލުން ދަނީ އިތުރުވަމުން، ސަމާލުވޭ!ޚަބަރު | 2 މަސް ކުރިން