logo
Bank of Maldives

Bank of Maldives

ޚަބަރު

އިތުރުވާ ލޯޑަށް ޚިދުމަތްދޭން ކޮންމެ އަހަރަކުވެސް ދުރާލާ ތައްޔާރުވާންޖެހޭ: އަޒްވަރު

އިތުރުވާ ލޯޑަށް ޚިދުމަތްދޭން ކޮންމެ އަހަރަކުވެސް ދުރާލާ ތައްޔާރުވާންޖެހޭ: އަޒްވަރު

އިތުރުވާ ލޯޑަށް ޚިދުމަތްދޭން ކޮންމެ އަހަރަކުވެސް ދުރާލާ ތައްޔާރުވާންޖެހޭ ކަމަށް ސްޓެލްކޯގެ މެނޭޖންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ ގްރޭޓަރ މާލެ ސަރަހައްދާއި އެ ކުންފުނިން ޚިދުމަތް ދޭ އެހެނިހެން ރަށްރަށުގެ ކަރަންޓު އުފެއްދުމުގެ ޤާބިލުކަން ނުވަތަ ކެޕޭސިޓީ މިހާރު 222 މެގަވޮޓަށް އަރާފައިވާ ކަމަށެވެ. އެގޮތުން ކަރަންޓުގެ ޚިދުމަތް އެންމެ އެކަށޭނަ ގޮތުގައި ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެއިތުރުން ސްޓެލްކޯއިން މިހާރު ގްރޭޓަރ މާލެ ސަރަހައްދާއި މާލެ ކައިރީގައިވާ ހަތަރު އަތޮޅެއްގެ ރަށްރަށަށް ކަރަންޓުގެ ޚިދުމަތް ދެމުންދާ ކަމަށާއި ބައެއް ރަށްރަށުގެ ފެނާއި ނަރުދަމާގެ ޚިދުމަތްވެސް ބަލަހައްޓަމުން އަންނަކަން ފާހަގަކުރެއްވިއެވެ. އަދި މާލެ ސަރަހައްދަކީ، ކަރަންޓުގެ ލޯޑު ނުވަތަ ޑިމާންޑް އާދަޔާ ޚިލާފަށް ބޮޑުވަމުންދާ ތަނެއްކަން ވެސް ފާހަގަކުރެއްވިއެވެ. އަދި އިމާރާތްތައް އުސްވެ، އާބާދީ ތޮއްޖެހެމުންދާއިރު، ކޮންމެ އަހަރަކުވެސް ކަރަންޓު ބޭނުންކުރާ ނިސްބަތް މަތިވަމުންދާ ކަމަށާއި މިއިތުރުވަމުން އަންނަ ލޯޑަށް ކޭޓަރ ކުރުމަށް ކޮންމެ އަހަރަކުވެސް ދުރާލާ ތައްޔާރުވާންޖެހޭކަން ވެސް އެމްޑީ ފާހަގަކުރައްވާފައި ވެއެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒުވަރު ވިދާޅުވީ ހޫނު މޫސުމުގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާތީ، ޕީކް ސީޒަނަށް ތައްޔާރުވުމަކީ ސްޓެލްކޯއިން ވަރަށް ބޮޑަށް އިސްކަމެއްދޭ ކަމެއް ކަމަށެވެ. އެގޮތުން ޖަނަރޭޝަން ކެޕޭސިޓީ އިތުރު ކުރުމާއި ކަރަންޓު ފޯރުކޮށްދޭ ޑިސްޓްރިބިއުޝަން ނެޓްވޯކް ވަރުގަދަކޮށް، ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްގެންދާ ކަމަށްވެސް ވިދާޅުވިއެވެ.

ސްޓެލްކޯގެ ޚިދުމަތުގެ ދާއިރާ ކުރިއަށްވުރެ ބޮޑަށް ފުޅާވަމުން އަންނައިރު، ސަރުކާރުގެ ހިންގުމުގެ ނިޒާމަށް ގެނައި ބަދަލުތަކުގެ ތެރެއިން، ފެނަކަ ކޯޕަރޭޝަނުން ބ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް ދިން ޚިދުމަތްތައް މިހާރު ވަނީ ސްޓެލްކޯއާ ހަވާލުކޮށްފައެވެ. މިއީ އެ ސަރަހައްދުތަކުގެ ރައްޔިތުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު އިތުރަށް ހަރުދަނާ ވެގެންދާނެ ބަދަލެކެވެ.

ސްޓެލްކޯގެ އުންމީދަކީ، އާބާދީ އިތުރުވަމުންދާ މިންވަރަށް ބަލައި، ޒަމާނީ ވަސީލަތްތަކާއެކު ރައްޔިތުންނަށް އިތުބާރު ހުރި ޚިދުމަތްތަކެއް ދިނުމެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިތުރުވާ ލޯޑަށް ޚިދުމަތްދޭން ކޮންމެ އަހަރަކުވެސް ދުރާލާ ތައްޔާރުވާންޖެހޭ: އަޒްވަރުޚަބަރު | 13 ދުވަސް ކުރިންކަރަންޓުގެ މައްސަލަ ހައްލުކޮށް، ހުރިހާ ސަރަހައްދަކަށް އަލުން ކަރަންޓު ދީފިޚަބަރު | 18 ދުވަސް ކުރިންބައެއް ސަރަހައްދުތަަކަށް ކަރަންޓު ދޭން ފަށައިފިޚަބަރު | 18 ދުވަސް ކުރިންމާލެ އަދި ހުޅުމާލެއިން ކަރަންޓު ކެނޑިއްޖެޚަބަރު | 18 ދުވަސް ކުރިން